ޓޯބީ މެގުއެއަރ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ޓޯބީ މެގުއެއަރ
Tobey.jpg
ޓޯބީ މެގުއެއަރ
އުފަން ތާރީޚް ޖޫން 27, 1975 (1975-06-27) (age 38)
ސެންޓާ މޯނިކާ، ކުލިފޯރނިޔާ
ވަޒީފާ އެކްޓް ކުރުން
Spouse Jennifer Meyer (fiancée)
Tobey Maguire and Jennifer Meyer
photo: David Shankbone

ޓޯބިއަސް ވިންސެންޓް މެގުއެރ (އުފަންވީ 27 ޖޫން 1975 ގައެވެ.) އަކީ އެމެރިކާގެ މަޝްހޫރު ފިލްމީ އެކްޓަރެކެވެ. މީނާ އާންމުންގެ ތެރެއަށް އެންމެ މަޝްހޫރު ވެފައިވަނީ އެނާ ސްޕައިޑަރ މޭންގެ ސިލްސިލާ ފިލްމުތަކުގައި އަދާ ކޮށްފައިވާ ޕީޓާރ ޕާކާރގެ ރޯލުންނެވެ.

ކުރީގެ ހަޔާތް[އުނިއިތުރު ގެންނަވާ]

މެގުއެރ އުފަންވީ ކެލިފޯނިޔާގެ ސަންޓާ މޮނިކާ އަށެވެ. މެގުއެއަރ ގެ ބައްޕަ ވިންސެންޓް އަކީ އިމާރާތް ކުރުމުގެ ދާއިރާގައި މަސައިކަތް ކުރާ މީހެކެވެ. އަދި މޮޅު ކައްކާ މީހެއްވެސް މެއެވެ. އެހެންނަމަވެސް ވިންސެންޓްގެ އާއިލާ އަކީ ފަޤީރު އާއިލާ އެކެވެ. 1993 ގައި ވިންސެންޓް ބޭންކެއް ފަޅާލައި ވައްކަން ކުރުމުން އޭގެ އެއް ގަޑިއިރު ފަހުން އަތުލައިގަނެވުނެވެ. އަދި 2 އަހަރަށް ޖަލަށް ލުމަށް ފަހު މެގުއެއަރ ގެ ބައްޕައަށް ޖަލުން ދޫކޮށްލެވުނެވެ. މެގުއެއަރ ގެ މަންމަ ވެންޑީ ބްރައުން އަކީ ސެކްރެޓަރީ އެކެވެ. އެހެންނަމަވެސް ފަހުން އޭނާ އަކީ ސްކްރީން ރައިޓަރ އެއް އަދި ޕްރޮޑިއުސަރެކެވެ. 2006 ގައި ވެންޑީ އޭޝިއާ އާއި ބެހޭގޮތުން ހެދޭ ފިލްމެއް ހެދުމުގެ މަސައްކަތުގައި ބައިވެރިވިއެވެ.

ކެރިއަރ[އުނިއިތުރު ގެންނަވާ]

ކުރީގެ ކެރިއަރ[އުނިއިތުރު ގެންނަވާ]

ޓޯބީ އަކީ އޭނާގެ އުމުރުން 13 އަދި 14 އަހަރު ތެރޭގައި ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރި ޒުވާން އެކްޓަރެކެވެ. ގިނަ އިޝްތިހާރުތަކުގައި އާއި ބައެއް ފިލްމުތަކުގައި އޭނާ ވަނީ ހަރަކާތްތެރި ވެފައެވެ. އޭނާ އެންމެ ފުރަތަމަ އަދާ ކޮށްފައިވާ ރޯލް އަދީ ކޮށްފައިވަނީ 1998 ގެ ފިލް ދަ ވިޒާރޑް ގައެވެ.

ސްޕައިޑަރ މޭން ރޯލް[އުނިއިތުރު ގެންނަވާ]

މާރވެލް ކޮމިކްގެ ސްޕައިޑަރމޭންގެ މައްޗަށް ބިނާ ކޮށް ހެދޭ ފިލްމު ސްޕައިޑަރމޭން ގައި ޓޯބީ އަދާ ކޮށްފައިވާ ރޯލުގެ ސަބަބުން ދުނިޔޭގެ މަޝްހޫރުކަން އޭނާ ހޯދިއެއެވެ. އެހެންނަމަވެސް އެއީ ޓޯބީގެ ނަމުންނެއް ނޫނެވެ. އެއީ ޕީޓާރ ޕާރކާގެ ނަމުންނެވެ. މިފިލްމުގައި ޓޯބީ އާއި އެއްކޮށް ދެން ހަރަކާތްތެރިވާ އިތުރު ތަރިންނަކީ ކިރްސްޓެން ޑަންސްޓް އަދި ވިލެމް ޑެފޯ އެވެ. މިއީ ސެމް ރެއިމީގެ ޑައިރެކްޓަރު ކަމުގެ ދަށުން ހެދޭ ފިލްމެކެވެ. އެކެޑަމީ އެވޯރޑް ކާމިޔާބު ކުރާ ސްޕައިޑަރ މޭން 2 ގައިވެސް ޓޯބީ ވަނީ އޭނާގެ ހުނަރު ދައްކާފައެވެ. މިފިލްމު ރިލީޒް ކުރެވިފައިވަނީ 2004 ވަނަ އަހރުއެވެ. ސްޕައިޑަރ މޭން 2 އަށް ފަހު ސްޕައިޑަރ މޭން 3 ގައިވެސް ޓޯބީ ވަނީ ހަރަކާތް ތެރިވެފައެވެ. މިފިލްމު ޒިލީޒް ކުރެވޭނެ ކަމަށް ބުނަމުން އަންނަނީ މިހިނގާ 2007 ވަނަ އަހަރުއެވެ. ކޮލަމްބިޔާ ޕިކްޗާރސް އިން ވަރަށް އަވަހަށް ސްޕައިޑަރ މޭން 4 ގައި އޭނާ ބައިވެރިކުރުމާއި ބެހޭގޮތުން ޓޯބީ އާއި ވާހަކަ ދައްކަން ފަށާނެ ކަމުގެ ވާހަކަތައް ވަނީ އިވެން ފަށާފައެވެ.

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

އޭޕްރިލް 2006 ގައި ޓޯބީ ޖެނިފަރ މޭޔަރ އާއި އެންގޭޖް ވިއެވެ. ޖެނިފަރ އަކީ ޔުނިވާރސަލް ސްޓޫޑިޔޯސް ގެ އެކްސެކުއުޓިވް ރޮން މޭޔަރ ގެ ދަރިފުޅެވެ. ޓޯބީ އާއި ޖެނިފާރ އެކުގައި ބޭރަށް ދާން ފެށީ 2003 ގައެވެ. މިދެމީހުންވެސް ގަސްދު ކޮށްގެން ތިބީ އެދެމީހުންގެ ފުރަތަމަ ދަރިފުޅު އުފަންވުމުގެ ކުރިން ކައިވެނި ކުރުމަށެވެ. މިދެމީހުންގެ ދަރިފުޅަކީ ރޫބީ ސްވީޓް ހާރޓް ނަމަކަށް ކިޔާ އަންހެން ކުއްޖެކެވެ.