ދިވެހި އަތަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ދިވެހި އަތަ

ދިވެހި އަތަ (ސައިންޓިފިކް ނަން: Annona squamosa)ނުވަތަ (އިނގިރޭސި ބަހުން: Sugar Apple) އަކީ އަތައިގެ ވައްތަރެކެވެ. ދިވެހި އަތަ އަކީ އާންމުކޮށް ދިވެހިރާއްޖޭގައި ހެދޭ އަތައިގެ ވައްތަރެވެ. އަތަ އަކީ މަޝްހޫރު ފޮނި މޭވާއެކެވެ. އަތައިން ތަފާތު ޖޫސް ތައްޔާރު ކުރުމުގެ އިތުރުން ބައެއް ކަހަލަ ފޮނި ކާތަކެތި ތައްޔާރު ކޮށްއުޅެއެވެ.ދިވެހިން އަތަ ހުހަށް ކެއުމުގެ އިތުރުން، އަތައިން ފަނި ތައްޔާރު ކުރެއެވެ. އަދި ބޮޑަށް މީރު ކަމަށްވަނީ ދޮންވެ ކޮންމެވެސް ވަރަކަށް ފާވުމުންނެވެ.