އަތަ

ވިކިޕީޑިއާ އިން
ދިވެހި އަތަ

އަތަ އަކީ ރާއްޖޭގައި ހައްދާ މޭވާގެ ބާވަތެކެވެ.އަތަ އަކީ މަޝްހޫރު ފޮނި މޭވާއެކެވެ. މީގެ ދެބާވަތެއްހުރެއެވެ. އެއީ ދިވެހި އަތައާއި ވިލާތު އަތަޔާއެވެ. ދިވެހި އަތަ ހުންނަނީ ފެހިކުލައިގައި ފިތްތަކެއް ހެން ވަށްކޮށެވެ. ވިލާތު އަތަ ހުންނަނީ މުށިކުލައިގައި ބޭރު އޮމާންކޮށެވެ. ދިވެހި އަތަ(ސައިންޓިފިކް ނަން: Annona squamosa)ނުވަތަ (އިނގިރޭސި ބަހުން: Sugar Apple) އަކީ ކެއުމަށް ބޭނުންކުރާ މީރު މޭވާ އެކެވެ.ވިލާތު އަތަ (ސައިންޓިފިކް ނަން: Annona reticulata)ނުވަތަ (އިނގިރޭސި ބަހުން: Custard Apple)އަކީ ވެސް ދޮންވުމުން ކައިއުޅެއެވެ.

ވިލާތު އަތަ


[އުނިއިތުރު ގެންނަވާ] ދިވެހި އަތަ

ދިވެހި އަތަ (ސައިންޓިފިކް ނަން: Annona squamosa)ނުވަތަ (އިނގިރޭސި ބަހުން: Sugar Apple) އަކީ އަތައިގެ ވައްތަރެކެވެ. ދިވެހި އަތަ އަކީ އާންމުކޮށް ދިވެހިރާއްޖޭގައި ހެދޭ އަތައިގެ ވައްތަރެވެ. އަތަ އަކީ މަޝްހޫރު ފޮނި މޭވާއެކެވެ. އަތައިން ތަފާތު ޖޫސް ތައްޔާރު ކުރުމުގެ އިތުރުން ބައެއް ކަހަލަ ފޮނި ކާތަކެތި ތައްޔާރު ކޮށްއުޅެއެވެ.


[އުނިއިތުރު ގެންނަވާ] ވިލާތު އަތަ

ވިލާތު އަތަ(ސައިންޓިފިކް ނަން: Annona reticulata)ނުވަތަ (އިނގިރޭސި ބަހުން: Custard Apple)އަކީ އަތައިގެ ވައްތަރެކެވެ. ވިލާތު އަތަ އަކީ ވެސް މަދުން ނަމަވެސް ދިވެހިރާއްޖޭގައި ހެދޭ ވައްތަރެކެވެ. އަތަ އަކީ މަޝްހޫރު ފޮނި މޭވާއެކެވެ. އަތައިން ތަފާތު ޖޫސް ތައްޔާރު ކުރުމުގެ އިތުރުން ބައެއް ކަހަލަ ފޮނި ކާތަކެތި ތައްޔާރު ކޮށްއުޅެއެވެ.

Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި