މޫނު

ވިކިޕީޑިއާ އިންވިކިޕީޑިއާ
މޫނު
The human face (Mona Lisa).
Latin facies
MeSH Face
Dorlands/Elsevier f_01/12350945

މޫނު(އިނގިރޭސި ބަހުން: Face) އަކީ ބޮލުން ކުރިމައްޗަށް ފެންނަން އިންނަ ބައެވެ. އެހެން ގޮތަކަށް ބުނާނަމަ ދަތް ދޮޅިން ފެށިގެން މައްޗަށް ނިއްކުރި ނިމޭ ހިސާބަށް ވާ ބައެވެ. އަނގަ، ތުންފަތް، ލޯ، ނޭފަތް ހުންނަނީ މޫނު މަތީގައެވެ. ތަފާތު ކަންކަމާއި ގުޅިގެން އިންސާނާ އަށް ކުރާ އަސަރު އެންމެ ރަގަޅަށް ފާޅުކޮށްދޭ އެއް ތަނަކީ މޫނެވެ. މިސާލަކަށް މީހަކު ދެރަވެފައި ހުންނަކަން، އުފާވެފައި ހުންނަކަން ، ނުވަތަ ރުޅި އައިސްފައި ހުންނަކަން އެންމެ ފަސޭހައިން ދެނެގަނެވޭނީ އެމީހެއްގެ މޫނު މައްޗަށް އަރާ ކުލަަވަރުތަކާއި އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.