އަނގަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަނގަ
Head and neck.
A human mouth, closed.
Latin cavitas oris
MeSH Oral+cavity
Dorlands/Elsevier c_16/12220513

އަނގަ(އިނގިރޭސި ބަހުން: Mouth) ލެއްޕިފައި އިންނަނީ ދެތުންފަތްގެ އެހީގައެވެ. ހަޖަމުކުރުމުގެ މަސައްކަތް ފެށިގެން އަންނަނީ އަނގައިގެ ތެރޭގައި ކާތެކަތި ހަފަން ފަށާ ހިސާބުންނެވެ. އަނގައިގެ ތެރޭގައިވާ ތެތް ދުލިފަށް(އިނގިރޭސި ބަހުން: Buccal mucosa) ގައި ކުޅުބޭރުކުރާ ގޮށްތައް ވެއެވެ. މީގެ އިތުރުން ދޫ، ކުޑަ ދޫ، އަދި ދަތް ތަކާއި، ހިރުގަނޑު ވެސް ހުންނަނީ އަނގައިގެ ތެރޭގައެވެ.

އަނގަ ތެރޭގައި ކުރިމަތިންނާއި އަރިމަތިން ހުންނަނީ ދަތް ތަކާއި، ހިރުގަނޑު އެވެ. މަތިން ހުންނަނީ މަތީ ތަލިގެ ބައިތައްކަމަށްވާ ހަރު ތަލި އަދި މަޑު ތަލި އެވެ. ދޫ އޮންނަނީ އަނގަތެރޭގެ ތިރީގައެވެ. ފަހަތުން އަނގަތެރެ އޯރޯފެރިންޖީއަލް އިސްމަސް ހުރަސްކޮށް ގުޅެނީ އަރުތެރެ އާއެވެ. އަނގައިގެ ދަށް އަކީ ތިރީ ތަލި އެވެ.

ވަޒީފާ[އުނިއިތުރު ގެންނަވާ]

އަނގަޔަކީ ތަފާތު މުހިއްމު އެތައް ވަޒީފާތަކެއް ފުރިހަމަކުރުމުގައި ހަރަކާތްތެރިވެ، ބައިވެރިވާ ގުނަވަނެކެވެ. މިގޮތުން ވާހަކަ ދެއްކުން ކެއުން، ބުއިން، މޫނު މައްޗަށް ވައްތަރު ޖެއްސުން، ނޭވާލުން، ބޮސްދިނުން، އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަމުގައި އަނގައިގެ ބޭނުން ހިފައެވެ.

ތުއްތު ދަރިފުޅު އުފަންވާއިރު ސަކިންގ ރިފްލެކްސް އޭ ކިޔޭ ރިފްލެކްސް އެއް ދަސްވެފައި ހުރެއެވެ. މިރިފްލެކްސްގެ ސަބަބުން މައިމީހާގެ އުރަމަތިން ކިރު ތުންފަތުގެ އެހީގައި ދަމައިގެން ބޯން ދަސްވެފައި ހުރެއެވެ.

އަނގަތެރެ

ކާތަކެތި ދިރުވުމުގެ މަރުޙަލާ އެއް އަނގައިގެ ތެރޭގައި ވެސް ހިގައެވެ. އެގޮތުން ކާތަކެތި ދިރުވުމުގައި އަނގައިގެ ތެރޭގައި ހިގާ މަރުޙަލާ އަކީ އަހަރެމެންގެ ބާރާއެކު ހިގާ މަރުޙަލާއެކެވެ. އަނގައިގެ ތެރޭގައި ހެފުނު ކާތަކެތި އަރުތެރެ އަށް ފޮނުވާލުމަށްޓަކައި، ދޫ މަތީ ތަލި ނުވަތަ ހަރު ތަލި އާއި ދިމާލަށް އުފުލަން ޖެހެއެވެ. މިގޮތަށް އުފުލުމުން ކާތަކެތިކޮޅު އަރުތެރެ އަށް ދެއެވެ. އަދި ކާތަކެތި ދިރުވިގެންދާއިރު އަނގަޖެހޭނީ ބަންދުވެފައި ހުންނާށެވެ. އެހެންނޫނީ ބައެއް ފަހަރު ކާތަކެތި ދިރުވަން އުދަގޫވެދާނެއެވެ.

އުފެދިގެން އައުން[އުނިއިތުރު ގެންނަވާ]

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފޮޓޯތައް[އުނިއިތުރު ގެންނަވާ]