މަޑު ތަލި

ވިކިޕީޑިއާ އިންވިކިޕީޑިއާ

މަޑު ތަލި(އިނގިރޭސި ބަހުން: Soft Palate) އަކީ މަތީ ތަލީގެ ފަހަތުގައި އިންނަ މަޑު ބައެކެވެ. ނުވަތަ ހަރު ތަލި ގެ ފަހުބައެވެ. ފައިބަރު އަދި މަހުން އުފެދިފައިވާ މަޑު މިބައި އިންނަނީ ހަރު ތަލީގެ ފަހަތު ބައިގައި ތަތްވެފައެެވެ. މާނައަކީ ހަރު ތަލީގެ ފަހު ބަޔާއި ގުޅިފައެވެ. އަދި މަޑު ތަލި އަކީ މަތީ ތަލީގެ ފަހަތު ތިންބައިކުޅަ އެއްބަޔެވެ. އެހެންކަމުން މަޑު ތަލި އިންނާނީ އަނގައިގެ އެތެރެއިން ފަހަތުން މަތީގައެވެ.

މަޑުތައްޔާއި ހަރުތަލީގެ ތަފާތު[އުނިއިތުރު ގެންނަވާ]

މަޑު ތައްޔާއި ހަރުތަލީގެ ތަފާތަކީ ހަރުތައްޔަކީ ކަށިން އުފެދިފައިވާ ޕްލޭޓް އެކެވެ. މަޑު ތައްޔަކީ މަހުން އުފެދިފައިވާ ފޮއްޗެކެވެ. އެހެންކަމުން ހަރު ތައްޔަށް އިގިރޭސި ބަހުން ކަށި ތަލި(އިނގިރޭސި ބަހުން: Bony Palate) މިހެން ވެސް ކިޔައެވެ. މިހެން ކިޔަނީ ހަރު ތަލި އުފެދިފައިވަނީ ކަށިން ކަމުގައި ވާތީ އެވެ. އަދި މަޑު ތައްޔަށް މަސް ތަލި(އިނގިރޭސި ބަހުން: Muscular Palate) މިހެން ވެސް ކިޔައެވެ.މިހެން ކިޔަނީ މަޑު ތަލި އުފެދިފައިވަނީ މަހުން ކަމުގައިވާތީ އެވެ.

މަޑުތަލީގެ ވަޒީފާ[އުނިއިތުރު ގެންނަވާ]

މަޑު ތައްޔަކީ ހަރަކާތްކުރާ މަސް ފޮއްޗެކެވެ. ކާތަކެތި ދިރުވުމުގެ ތެރޭގައި ނޭފަތުގެ މަގު ބައްދާލަނީ މަޑު ތަލިން ނިކުމެފައިވާ ކުޑަ ދޫއިންނެވެ. މީގެ ބޭނުމަކީ ދިރުވާލެވުނު ކާއެތިކޮޅު ނޭފަތުގެ ތެރެއަށް ދިޔަނުދިނުމެވެ. ގުގުރިދަމާއިރު އިވޭ އަޑަކީ ނޭވާލުމުގެ ތެރޭގައި މަޑު ތަލިން ނިކުމެފައިވާ ކުޑަ ދޫ ތެޅޭތީ އުފެދޭ އަޑެކެވެ. މީހަކު އަމިއްލައަށް އެމީހެއްގެ އަނގައިގެ ތެރެއަށް އަތްބާނައިގެން މަޑު ތަލީގައި ނުވަތަ ކުޑަ ދޫގައި އަތްލަން އުޅެފިނަމަ އެމީހަކަށް ހޮނޑުލެވޭހެން ހީވާފަދަ އިހްސާސެއް ކުރެވޭނެއެވެ. މިހެން ވުމަށްކިޔަނީ ގެގް ރިފްލެކްސް(އިނގިރޭސި ބަހުން: Gag reflex) އެވެ. އަދި މިގޮތަށް އުޅުމުގެ ތެރޭގައި އަތްލެވިއްޖެނަމަ ހޮނޑު ލެވޭގޮތް ވެއެވެ.

  • ނޯޓް: މަތީ ތަލި އަކީ އިގިރޭސި ބަހުން ބުނާނަމަ ޕަލޭޓް އެވެ. މަތީ ތަލީގެ ކުރިމަތީ ތިންބައިކުޅަ ދެބަޔަށް ކިޔަނީ ހާރޑް ޕަލޭޓް އެވެ. އެހެން ކަމުން މިބަޔަށް ހަރު ތަލި ކިޔަމާ ހިގާށެވެ. އަދި މަތީ ތަލީގެ ފަހަތު ތިންބައިކުޅަ އެއްބަޔަށް ކިޔަނީ ސޮފްޓް ޕަލޭޓް އެވެ. އެހެންކަމުން މިބަޔަށް މަޑު ތަލި ކިޔަމާ ހިގާށެވެ.