ކުޑަ ދޫ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކުޑަ ދޫ
Diagram showing the human mouth.
Photograph of oral cavity showing throat
Latin uvula palatina
Gray's subject #241 1112
MeSH Uvula
Dorlands/Elsevier u_04/12841620

ކުޑަ ދޫ(އިނގިރޭސި ބަހުން: Uvula) އަކީ އަނގައިގެ ތެރެއިން ފަހަތުން ފެންނަ އިންނަ ކުޑަކުޑަ މަސްކޮޅެއް ފަދަ އެއްޗެކެވެ. ކުޑަ ދޫ ނިކުމެފައި އިންނަނީ މަތީ ތަލީގެ ފަހަތު ބައި ނުވަތަ މަޑު ތަލި އިންނެވެ.


ކުޑަ ދުލުގެ ވަޒީފާ[އުނިއިތުރު ގެންނަވާ]

ވާހަކަ ދެއްކުމާއި، ތަފާތު އަޑުތައް ލެއްވުމުގައި މުހިއްމު ދައުރެއް ކުޑަ ދޫ އަދާކުރެއެވެ. ކަރުގެ ބުނޑުން ނުވަތަ އެތެރެއިން އުފެއްދޭ ތަފާތު ކަށި އަޑުތައް އުފެއްދުމުގައި، ކުޑަ ދޫ ބައިވެރިވެއެވެ. ބައެއް ކަހަލަ އަކުރުތައް ކިޔުމުގައި ވެސް ކުޑަ ދުލުގެ ބޭނުން ހިފަން ޖެހެއެވެ. އެގޮތުން އިބްރީ، ޢަރަބި، ފަރަންސޭސި، އަދި ޖަރުމަނު ފަދަ ބަސްތަކުން ތަފާތު އަކުރުތައް ކިޔުމުގައި ކުޑަ ދޫ ހަރަކާތްކުރަން ޖެހެއެވެ.


ބައެއް ކަންކަމާއި ކުޑަ ދުލާއި ހުރިގުޅުން[އުނިއިތުރު ގެންނަވާ]

  • ކާތަކެތި ދިރުވުމުގެ ތެރޭގައި ނޭފަތުގެ މަގު ބައްދާލަނީ މަޑު ތަލިން ނިކުމެފައިވާ ކުޑަ ދޫއިންނެވެ. މީގެ ބޭނުމަކީ ދިރުވާލެވުނު ކާއެތިކޮޅު ނޭފަތުގެ ތެރެއަށް ދިޔަނުދިނުމެވެ.
  • ގުގުރިދަމާއިރު އިވޭ އަޑަކީ ނޭވާލުމުގެ ތެރޭގައި މަޑު ތަލިން ނިކުމެފައިވާ ކުޑަ ދޫ ތެޅޭތީ އުފެދޭ އަޑެކެވެ. މީގެ އިތުރުން ކުޑަ ދޫ އާދަޔާ ޚިލާފަށް ދިގުވުމަކީ ވެސް ކުޑަ ދޫ ތެޅި ވައިބްރޭޓްވެ، ގުގުރިދެމުން ކުރިމަތިކުރުވާ ކަމެކެވެ. ބައެއް ޙާލަތްތަކުގައި ނިދާއިރު ނޭވާހުއްޓޭގޮތްވުން ފަދަ ކަންތައް މެދުވެރި ކުރުވައެވެ. މިހާލަތުގައި ކުޑަ ދޫ، ނުވަތަ ކުޑަ ދުލުގެ ބައެއް އޮޕަރޭޝަން ކޮށްގެން ނަގަން ޖެހެއެވެ.
އަނގަތެރެ


  • މީހަކު އަމިއްލައަށް އެމީހެއްގެ އަނގައިގެ ތެރެއަށް އަތްބާނައިގެން މަޑު ތަލީގައި ނުވަތަ ކުޑަ ދޫގައި އަތްލަން އުޅެފިނަމަ އެމީހަކަށް ހޮނޑުލެވޭހެން ހީވާފަދަ އިހްސާސެއް ކުރެވޭނެއެވެ. މިހެން ވުމަށްކިޔަނީ ގެގް ރިފްލެކްސް އެވެ. އަދި މިގޮތަށް އުޅުމުގެ ތެރޭގައި އަތްލެވިއްޖެނަމަ ހޮނޑު ލެވޭގޮތް ވެއެވެ.
  • ބައެއް މީހުންގެ ކުޑަ ދޫ ރަގަޅަށް ކަރުގެ އެތެރެއާއި ކައިރިނުވާގޮތް ވެއެވެ. މިހެން ދިމާވެއްޖެނަމަ ވާހަކަ ދައްކާއިރު ނޯށަށް އަރާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ބައެއް އަކުރުތައް އެފަދަ މީހުންނަށް ކިޔަން އުދަގޫވެއެވެ.
  • ކުޑަ ދޫ ދުޅަވުން: ބައެއް ޙާލަތްތަކުގައި ކުޑަ ދޫ ވަށައިގެންވާ ތެތް ދުލިފަށް ދުޅަވެ، ކުޑަ ދުލުގެ ސައިޒު އޭގެ އަސްލަށްވުރެ ބޮޑުވެގެން ދެއެވެ. މިއީ ކުޑަ ދޫ ދުޅަވުމެވެ. މިހާލަތުގައި ދުލުގައި ނުވަތަ ކަރުތެރޭގައި ކުޑަ ދޫ ބީހޭގޮތް ވާނަމަ ހޮނޑުލެވޭގޮތްވުން، ނުވަތަ ނޭވާތާށިވާގޮތްވުން ފަދަ ކަމެއް ކުރިމަތިވެދާނެއެވެ.

ކުޑަ ދުލުން ބައެއްނެގުން[އުނިއިތުރު ގެންނަވާ]

އެފްރިކާގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެރިތްރިޔާ، އަދި އިތިއޯޕިޔާ ފަދަ ގައުމުތަކުގައި ކަރުތެރޭގެ އިންފެކްޝަން ތަކުން ހިމާޔަތްވެ ތިބުމަށް އާދަކާދައެއްގެ ގޮތުން ކުޑަ ދުލުގެ ބައެއް ނަގައެވެ. މިހާލަތުގައި ކުޑަ ދޫ އިންނާނީ ވަަރަށް ކުރުކޮށެވެ.