މަސާނާގެ ކެންސަރު

ވިކިޕީޑިއާ އިން

މަސާނާގެ ކެންސަރު (އިނގިރޭސި ބަހުން: Bladder Cancer)ހެނުންނަށް ވަރަށް ގިނައިން ޖެހޭ ކެންސަރު ގެ ވައްތަރެކެވެ. މަސާނާ އަކީ އިންސާނާގެ ހަށިގަނޑުގައި ގުރުދާ އިން އުފައްދާ ކުޑަކަމުދާ ތަކެތި، ގުރުތާ ހުރަސްކޮށް، އައިސް ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބަހައްޓަދޭ ގުދަނެވެ.

މަސާނާގެ ކެންސަރު ޖެހިއްޖެނަމަ ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާ ތަކެތީގައި ލޭހުރުން، މާގިނައިން ކުޑަކަމުދާން ޖެހުން، ކުޑަކަމުދާއިރު ތަދުވުން، އަދި ކުޑަކަމުދާން ބޭނުންވެ ކުޑަކަމުދެވޭގޮތް ނުވުން ފަދަ ކަންތައްތައް ހިމެނެއެވެ.