އެޕެންޑިކްސް ނެގުން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

އެޕެންޑިކްސް ނެގުން(އިނގިރޭސި ބަހުން: Appendicectomy) އަކީ އޮޕަރޭޝަން ކޮށްގެން އެޕެންޑިކްސް ނެގުމެވެ. އާންމު ގޮތެއްގައި މިއޮޕަރޭޝަން ކުރެވެނީ ކުއްލިއަކަށް އެޕެންޑިކްސް ދުޅަވުން ކުރިމަތިވެ އުދަގޫތައް ތަހައްމަލުކުރުމުން ދެވޭ އިމަޖެންސީ ފަރުވާއެއްގެ ގޮތުގައެވެ.

މިފަހަކަށް އައިސް ތޮރުފައިގެން ވެސް އެޕެންޑިކްސް ނެގުމުގެ އޮޕަރޭޝަން ކުރެވެއެވެ. ރަގަޅަށް އެޕެންޑިކްސް ދުޅަވުން ކަން ދެނެނުގަނެވޭ ޙާލަތްތަކާއި، އަދި އޮޕަރޭޝަން ކުރުމުން އުފެދޭ ލަކުނު ފެންނަށް ބަލިމީހާ ބޭނުންނުވާ ހާލަތުގައި ވެސް ތޮރުފައިގެން އެންޑޮސްކަޕީ ގެ އެހީގައި މިއޮޕަރޭޝަން ކުރެއެވެ.