އެޕެންޑިކްސް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

އެޕެންޑިކްސް(އިނގިރޭސި ބަހުން: Appendix) އަކީ ސީކަމްގެ ފަހަތުން ހަށިގަނޑުގެ މެދާ ކައިރިވީ ފަރާތުގައި އިލިއޯސީކަލް ވޭލް އަށްވުރެ 1 އިންޗި ތިރިން ސީކަމްގެ ތެރެއަށް ހުޅުވިފައި އިންނަ ވަރަށް ހަނި ފަންޏެއް ފަދަ ހޮޅި އެކެވެ. އާންމު ގޮތެއްގައި މިބުނި ގޮތަށް ސީކަމްގެ ފަހަތުން ސީކަމްގެ ތެރެއަށް އެޕެންޑިކްސް ހުޅުވިފައި އިންނަނީ 74 އިންސައްތަ މީހުން ގެއެވެ. 21 އިންސައްތަ މީހުންގެ އެޕެންޑިކްސް އިންނަނީ ޅިނދުގެ ތެރޭގައެވެ. 3.5 އިންސައްތަ މީހުންގެ އެޕެންޑިކްސް އިންނަނީ ސީކަމްގެ ދަށުގައެވެ.

އެޕެންޑިކްސް ނުވަތަ (އިނގިރޭސި ބަހުން: Appendix) އަކީ ސީކަމް އާ ގުޅިފައި އިންނަ ހޮޅިއެއް ފަދަ ތަނެކެވެ. ކުޑަ ދަރިފުޅުގެ ހަށިގަނޑުގައި ގުނަވަންތައް އުފެދެމުން އަންނަ އިރު އެޕެންޑިކްސް އުފެދިގެން އަންނަނީ ސީކަމް އިންނެވެ. އެޕެންޑިކްސްގެ ދިގުމިނުގައި ޢާންމު ގޮތެއްގައި 100 މިލިމީޓަރު ހުރެއެވެ. ނަމަވެސް 200 މިލިމީޓަރު ވެސް ބައެއް ފަހަރު ހުރެއެވެ. ވަށަމިނުގައި ހުންނަނީ 8-7 މިލިމީޓަރު އެވެ.