އައިވަރީ ކޯސްޓު
| Republic of Côte d'Ivoire
République de Côte d'Ivoire
|
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: "Union - Discipline - Travail" "Unity, Discipline and Labour"ފަންވަތް:Nbsp(translation) | ||||||
| Anthem: L'Abidjanaise |
||||||
| Capital | Yamoussoukro 6°51′N 5°18′W / 6.85°N 5.3°W |
|||||
| (and largest city) | Abidjan | |||||
| Official languages | French | |||||
| Vernacular languages | Dioula (Bambara) | |||||
| Demonym | Ivorian/Ivoirian | |||||
| Government | Republic | |||||
| - | President | Laurent Gbagbo[1] | ||||
| - | Prime Minister | Guillaume Soro[1] | ||||
| Independence | from France | |||||
| - | Date | 7 August 1960 | ||||
| Area | ||||||
| - | Total | 322,460 km2 (68th) 124,502 sq mi |
||||
| - | Water (%) | 1.4[2] | ||||
| Population | ||||||
| - | 2009 estimate | 21,075,000[3] (141st) | ||||
| - | 1998 census | 15,366,672 | ||||
| - | Density | 65.3/km2 169.3/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $34.104 billion[4] | ||||
| - | Per capita | $1,642[4] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $23.508 billion[4] | ||||
| - | Per capita | $1,132[4] | ||||
| Gini (2002) | 44.6 (medium) | |||||
| HDI (2007) | ||||||
| Currency | West African CFA franc (XOF) |
|||||
| Time zone | GMT (UTC+0) | |||||
| - | Summer (DST) | not observed (UTC+0) | ||||
| Drives on the | right | |||||
| Internet TLD | .ci | |||||
| Calling code | 225 | |||||
| a Estimates for this country take into account the effects of excess mortality due to AIDS; this can result in lower population than would otherwise be expected. | ||||||
ރިޕަބްލިކް އޮފް ކޮޓް ޑިވަރ ނުވަތަ އައިވަރީ ކޯސްޓަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ. ޢާއްމު ގޮތެއްގައި މި ޤައުމަށް އައިވަރީ ކޯސްޓޭ ކީ ކަމުގައި ވިޔަސް އައިވޯރީ ސަރުކާރުން މި ނަމާމެދު އެހާ ހިތެއް ހަމައެއް ނުޖެހެއެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
އައިވަރީ ކޯސްޓުގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން އައިވަރީ ކޯސްޓުގެ މީހުންނަށް ކިޔަނީ އައިވޯރިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޔަމޫސޫކްރޯއެވެ. ޤައުމުގެ ވެރިރަށަކީ ވެސް ޔަމޫސޫކްރޯއެވެ. އައިވަރީ ކޯސްޓަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 21 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 55 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.3 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ci. އެވެ. ކޯލިން ކޯޑަކީ +225 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ވެސްޓް އެފްރިކަން ސީ.އެފް.އޭ ފްރޭންކެވެ.
[އުނިއިތުރު ގެންނަވާ] ނަން
އައިވަރީ ކޯސްޓަށް އައިވަރީ ކޯސްޓުގެ ނަން ދެވިފައިވަނީ އެ އައްސޭރިއަކީ އެތްދަތުގެ ވިޔަފާރި އެންމެ ގަދައަށް ކޮށްފައިވާ ސަރަޙައްދު ކަމުގައިވާތީއެވެ.
[އުނިއިތުރު ގެންނަވާ] ޖުޣުރާފީ
އައިވަރީ ކޯސްޓުގެ ހުޅަނގުގައި އޮތީ ލައިބީރިއާ އާއި ގީނިއާއެވެ. އުތުރުގައި އޮތީ މާލީ އާއި ބުރުކީނާ ފާސޯއެވެ. އިރުމަތީގައި އޮތީ ގާނާއެވެ. ދެކުނުގައި އޮތީ ޚަލީޖު ގީނިއާއެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
އައިވަރީ ކޯސްޓުގެ ސަރަޙައްދުން ދުވަސްވެފައިވާ އިންސާނުންގެ ބާކީ ލިބެން ނުހުންނާތީ އިންސާނުންގެ ބާކީ ދިރާސާކޮށްގެން ތާރީޚީ ހޯދުންތައް ހޯދުންވަނީ ނާމުމްކިން ކަމަކަށް ވެފައެވެ. މީގެ ސަބަބެއް ކަމުގައިވަނީ އެ ޤައުމުގެ ވައިގެ ތެތްކަން މަތިވުމުގެ ސަބަބުން ގިނަ ދުވަސްވަންދެން އިންސާނުންގެ ކަށި ފަދަ ތަކެތި ނުހުންނާތީއެވެ. އެހެން ކަމުން މިފަދަ ތަންތަނުގައިި ތާރީޚީ ދިރާސާތަކަށް ބޭނުންކުރަނީ ބޯދާ ޒަމާނުގައި މީހުން ބޭނުންކޮށްފައިވާ ތަފާތު ތަކެއްޗެވެ. މި ގޮތުން ބަދިގޭގައި ބޭނުންކޮށްފައިވާ ތަކެއްޗާއި ކެޔޮޅުކަމުގައި ބޭނުންކޮށްފައިވާ ތަކެތި ދިރާސާކޮށް ބަލާއިރުގައި އައިވަރީ ކޯސްޓުގައި ޢީސާއީ މީލާދުގެ 15000 އަހަރު ކުރީއްސުރެ މީހުން ދިރިއުޅެން ފަށާފައިވާކަމަށް ހެކިލިބެއެވެ. އައިވަރީ ކޯސްޓާ އަވަށްޓެރި ޤައުމުތަކުގެ މީހުން އަޅުންގެ ވިޔަފާރީގައި ވިކެވުނު ގޮތަށް، ނުވަތަ އެ މިންވަރަށް އައިވަރީ ކޯސްޓުގެ މީހުން ވިކެވިފައިނުވާކަން ފާހަގަކުރެވެއެވެ. މީގެ އެންމެ ބޮޑު ސަަބަބަކަށް ވެފައިވަނީ އަވަށްޓެރި ޤައުމުތަކުގެ ބަނދަރުތައް އައިވަރީ ކޯސްޓުގެ ބަނދަރަށް ވުރެ ރަނގަޅުވެފައި، ފަސޭހަވުމެވެ. ހުޅަނގު އެފްރިކާގެ އައްސޭރިއަށް ފަރަންސޭސީން އެންމެ ފުރަތަމައަށް އައިސްފައިވަނީ 1483 ވަނަ އަހަރުގައެވެ. ހުޅަނގު އެފްރިކާގައި އެންމެ ފުރަތަމައަށް ފަރަންސޭސި އާބާދީއެއް ޤާއިމުވީ 17 ވަނަ ޤަރުނުގެ މެދުތެރޭގައެވެ. އެއީ ސެނެގާލުގައި ޤާއިމްވި ސެއިންޓް ލުއީއެވެ. އައިވަރީ ކޯސްޓުގައި ފަރަންސޭސީން އެމީހުންގެ ފައިތިލަތައް ވަރުގަދަކުރީ 19 ވަނަ ޤަރުނުގެ މެދުތެރޭގައެވެ. އައިވަރީ ކޯސްޓަށް ފަރަންސޭސީންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 7 އޯގަސްޓް 1960 ގައެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
އައިވަރީ ކޯސްޓުގެ އާބާދީގެ 77% މީހުންނަކީ އައިވޯރިއަންސްއެވެ. އައިވަރީ ކޯސްޓުގެ ވަޒަންވެރިންގެ ތެރޭގައި ތަފާތު 65 ބަހަކުން މޮށިއުޅެއެވެ. މި ގޮތުން އެންމެ ޢާއްމު އެއް ބަހަކީ ދިޔުލާ ބަހެވެ. މި ބަހަކީ ވިޔަފާރީގައި އެންމެ ބޮޑަށް ބޭނުންކުރެވޭ ބަހެވެ. އަދި ހަމަ އެފަދައިން އައިވަރީ ކޯސްޓުގެ މުސްލިމުންގެ ތެރެއިން ގިނަ ބައެއްގެ ބަހަކީ ވެސް ދިޔުލާ ބަހެވެ. ފަރަންސޭސި ބަހަކީ އައިވަރީ ކޯސްޓުގެ ރަސްމީ ބަހެވެ. އެހެން ކަމުން ސްކޫލުތަކުގައި މި ބަސް ކިޔަވައިދެވެއެވެ. ފަރަންސޭސި ބަސް މިހާރުވެފައިވަނީ އައިވަރީ ކޯސްޓުގެ ލިންގުއާ ފްރާންކާއަށެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
އައިވަރީ ކޯސްޓުގެ އާބާދީގައި ލިޔަން ކިޔަން ނުދަތުމުގެ މައްސަލަ ވަރަށް ބޮޑެވެ. 6 އަހަރާއި 10 އަހަރާ ދެމެދުގެ ކުދީންގެ ތެރެއިން ވަރަށް ގިނަ ކުދީންނަކީ ސްކޫލަށް ނުދާ ކުދީންނެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
އައިވަރީ ކޯސްޓުގެ އިޤްތިޞާދަކީ، އެހާ ރަނގަޅު އިޤްތިޞާދެއް ނޫނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1642 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found