ކަކޫ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކަކޫ(އިނގިރޭސި ބަހުން: Knee) އަކީ ކަކޫ ހުޅު(އިނގިރޭސި ބަހުން: Knee joint) އެކުލެވިގެންވާ ތަނެވެ. މިއީ ފައިގެ ފަލަމަސްގަނޑާއި، ފައި ދަނޑި ގުޅުވާދޭ ހުޅުވެސް މެއެވެ. ކަކޫ ހުޅު އުފެދިފައިވަނީ ފައިދަނޑީގެ މައި ދެކަށިގަނޑު ކަމުގައިވާ ކުޑަކަޅުވާ ކަށިގަނޑު(އިނގިރޭސި ބަހުން: Fibula) އަދި ކަށިމަތި ކަށިގަނޑު(އިނގިރޭސި ބަހުން: Tibia) އާއި ފަލަމަސް ކަށިގަނޑު(އިނގިރޭސި ބަހުން: Femur) ގުޅިގެންނެވެ. އިންސާނާގެ ހަށިގަނޑުގެ ބަރުދަނުގެ ބޮޑުބައެއް ބަރޯސާވަނީ މިހުޅުގެ މައްޗަށެވެ. ކަކޫ މަތީގައި ކުރިން ބުނި 3 ކަށިގަނޑު ގުޅިގެން އުފެދިފައިވާ ހުޅުގެ މަތީގައި ހަރަކާތްކުރާ ސާބޯންޏެއްގެ ސިފަޔަށް އޮންނަ ކަށިގަނޑެއް ވެއެވެ. މިއަށް ކިޔަނީ ފިޔަން ކަށިގަނޑު(އިނގިރޭސި ބަހުން: Patella) އެވެ.