ކަށިމަތި ކަށިގަނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކަށިމަތި ކަށިގަނޑު

ކަށިމަތި ކަށިގަނޑު(އިނގިރޭސި ބަހުން: tibia) އަކީ ފައިގެ ކަށިމަތި ހިމެނޭ ހިސާބުގައިވާ ކަށިގަނޑެވެ. އާންމު ގޮތެއްގައި ކަށިމަތި ކިޔަނީ ވެސް މިކަށިގަނޑަށޭ ބުނެވިދާނެ އެވެ. އެއީ ކުޅިވަރު ކުޅޭއިރު ކަށިމައްޗަށް ހާނީއްކައެއް ވެދާނެތީ ބަންނަ ދާފަރާ ބަންނަނީ ވެސް މިކަށިގަނޑުގެ މަތީގައި ކަމަށްވާތީ އެވެ. އަދި މިއީ ކަކޫގެ ތިރިން ފައިގައި އިންނަ ދެކަށިގަނޑުގެ ތެރެއިން ވަރުގަދަ ކަށިގަނޑެވެ. އަނެއް ކަށިގަނޑަކީ ކުޑަކަޅުވާ ކަށިގަނޑު އެވެ. ކަކޫ ހުޅާއި ތަނބިކަށި ގުޅުވާދޭ މައި ކަށިގަނޑަކީ މިއީ އެވެ. ކަށިމަތި ކަށިގަނޑު އަކީ ހަށިގަނޑުގައިވާ ދެވަނަ އަށް އެންމެ ބޮޑު ކަށިގަނޑެވެ.

ކަށިމަތި ކަށިގަނޑު މަތިން ޖެހިފައިވަނީ އިންނަނީ ފަލަމަސް ކަށިގަނޑު އަދި ފިޔަން ކަށިގަނޑުގައެވެ. އަރިމަތިން ކުޑަކަޅުވާ ކަށިގަނޑު ގައި ޖެހިފައިވާ އިރު ތިރިން ޖެހިފައި އިންނަނީ ތަނބިކަށި އުފެދުމުގައި ބައިވެރިވާ ފައިތިލައިގެ ކަށިގަނޑެއް ކަމަށްވާ ޓޭލަސް އާއެވެ.