ބޮނޑަނަ ބަލި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ބޮނޑަނަ ބަލި(އިނގިރޭސި ބަހުން: Marasmus) އަކީ އެބަލި ޖެހުމުން މީހާ ގެ ހަކަތަ ހުސްވެ،ވަރުދެރަވެ، ހިކި އަނަރޫފަވެގެންދާ ބައްޔެކެވެ. ބޮޑަނަ ބަލި ޖެހޭ މީހުން ތިބޭނީ ވަރަށް ނިކަމެތިކޮށެވެ. މިއީ ޕްރޮޓިން އެނާޖީން މެލްނިއުޓްރިޝަންގެ ސަބަބުން ކުރިމަތިވާ ބައްޔެކެވެ. ބަލިޖެހިފައި ތިބޭ މީހުންގެ ބަރުދަން އާދައިގެ ގޮތެއްގައި ހުންނަން ޖެހޭ ވަރަށް ވުރެ، 80 އިންސައްތަ ތިރީގައި ހުންނަކަން ފާހަގަ ކުރެވެއެވެ. ބޮނޑަނަ ބައްޔާއި އެއްގޮތް ސިފަތަކެއް އެކުލެވޭ އަނެއް ބައްޔަކީ ކާޑު ބަލި އެވެ.