ކާޑު ބަލި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ކާޑު ބަލި (އިނގިރޭސި ބަހުން: Kwashiorkor) އަކީ ކާންނުލިބުމުގެ ސަބަބުން މާބޮޑަށް ހިކި، ދެރަވެ އަތްފަޔާއި، މޫނާއި ބަނޑު ފޮއްސިވާ ވުމެވެ. ކާޑު ބަލި ޖެހުމުން ފުރަމޭ ގައި ސަރުބީ ޖަމާވެ ބޮޑުވާގޮތް ވެއެވެ. ބުނެވޭ ގޮތުގައި މިއީ ޕްރޮޓީން ކާނާގައި ހިމެނޭ މިންވަރު މަދުވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ދުނިޔޭގެ ފަގީރު ގައުމު ތަކުގައި ކާޑު ބައްޔަކީ ވަރަށް އާންމު ބައްޔެކެވެ. އަދި ވަރަށް ގިނަ ކުޑަކުދިން މިބަލީގައި މަރުވެދާކަން ފާހަގަ ކުރެވެއެވެ.