ބަންގާޅު

ވިކިޕީޑިއާ އިން

গণপ্রজাতন্ত্রী বাংলাদেশ
Gônoprojatontri Bangladesh
People's Republic of Bangladesh
Flag of Bangladesh Coat of arms of Bangladesh
Flag Coat of arms
AnthemAmar Shonar Bangla
My Golden Bengal

ވެރިކަން ކުރާ ރަށް
(and largest city)
Dhaka
23°42′N, 90°21′E
ރަސްމީ ބަހުރުވަs Bengali
Demonym Bangladeshi
ސަރުކާރު Parliamentary republic[1]
 -  President Zillur Rahman
 -  Prime Minister Sheikh Hasina
 -  Speaker Abdul Hamid
Independence from Pakistan 
 -  Declared March 26, 1971 
 -  Victory Day December 16, 1971 
Area
 -  Total 147,570 km² (94th)
55,599 sq mi 
 -  Water (%) 7.0
Population
 -  2009 estimate 162,221,000[2] (7th)
 -  Density 1,099.3/km² (5th)
2,917.6/sq mi
GDP (PPP) 2008 estimate
 -  Total $226.205 billion[3] (48th)
 -  Per capita $1,398[3] (153rd)
GDP (nominal) 2008 estimate
 -  Total $84.196 billion[3] (58th)
 -  Per capita $520[3] (157th)
Gini (2000) 33.4 (medium
HDI (2007) Green Arrow Up Darker.svg 0.543[4] (medium) (146th)
Currency Taka (BDT)
Time zone BST (UTC+6)
 -  Summer (DST) BDST (UTC+7)
Internet TLD .bd
Calling code +00880
1 Adjusted population, p.4,


ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލާދޭޝް ނުވަތަ ބަންގާޅަކީ ދެކުނު އޭޝިޔާ ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ. ބަންގްލާދޭޝަކީ ޤުދުރަތީ ކާރިސާތަކާ އަބަދުމެ ކުރިމަތިލާން ޖެހިފައި އޮންނަ ޤައުމެކެވެ. އާބާދީއަށް ބަލާއިރު މުޅި ދުނިޔޭގައި ވެސް ހަތް ވަނަ އެންމެ ބޮޑު އާބާދީއެއް އޮތް ޤައުމަކީ ބަންގާޅެވެ.

[އުނިއިތުރު ގެންނަވާ] ނަން

ބަންގްލާދޭޝް މިނަމަކީ ބެންގާލީ ނުވަތަ ބަންގްލާ ބަހުގެ ނަމެކެވެ. މި ނަމުގެ މާނައަކީ “ބަންގާޅީންގެ ޤައުމު” މިއެވެ.

[އުނިއިތުރު ގެންނަވާ] ޖުގުރާފީ

ބަންގާޅުގެ ކުޑަތަންކޮޅެއް ފިޔަވައި ހުރިހާ ފަރާތަކުން ސީމާވެފައިވަނީ އިންޑިޔާއާއެވެ. ބަންގާޅުގެ ދެކުނުގައި އޮތީ ޚަލީޖު ބަންގާޅެވެ. އިންޑިޔާގެ ވެސްޓް ބެންގާލް ސްޓޭޓާއެކު ބަންގްލާދޭޝަކީ ތާރީޚީ ބަންގާޅެވެ.

[އުނިއިތުރު ގެންނަވާ] ތާރީޚު

ބަންގާޅު އޮތް ސަރަޙައްދަކީ މީގެ 4000 އެއްހައި އަހަރު ކުރީއްސުރެ ވެސް ތާރީޚީ ގޮތުން މުހިއްމު ހާދިސާތަކެއް ހިނގާފައިވާ ސަރަޙައްދެކެވެ. މި ސަރަޙައްދުގައި ދިރާވަރުންނާއި ޓިބެޓޯބަރުމާ މީހުންނާއި އޮސްޓްރޯއޭޝިއެޓިކް މީހުން ވަޒަންވެރިވެފައިވެއެވެ. މީގެ އިތުރުން އިންޑޯ-އާރިޔަން ނަސްލުގެ މީހުން ވެސް މި ސަރަޙައްދުގައި ވަޒަންވެރިވެފައިވެއެވެ. ބަންގްލާ ނުވަތަ ބެންގާލް މި ބަހުގެ އަޞްލަކީ ކޮބައިކަމެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް މިއީ ޢީސާއީ މީލާދުގެ 1000 އަހަރު ކުރީން މި ސަރަޙައްދުގައި ވަޒަންވެރިވި ދިރާވަރީ ޤަބީލާއެއް ކަމުގައިވާ “ބަންގް” އަށް ނިސްބަތްކޮށް ކިޔާފައިވާ ނަމެއް ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ. ބަންގާޅުގައި ގަންގާރިދާއީ ރަސްކަން ފެށިފައިވަނީ ޢީސާއީ މީލާދުގެ ހަތް ޤަރުނު ކުރީންނެވެ. އޭގެ ފަހުން ބިހާރާއެކު އެއް ވެރިކަމެއްގެ ދަށުގައި ވެސް ބަންގާޅު ސަރަޙައްދު އޮތެވެ. އެއީ މަގާދާހ އާއި ނަންދާ އާއި މައުރިޔަން އަދި ސުންގާ ރަސްކަމުގެ ދުވަސްވަރުގައެވެ. އޭގެ ފަހުން ބަންގާޅު އޮތީ ގުޕްތާއިންގެ ވެރިކަމުގެ ދަށުގައެވެ. ދެން ހަރްޝާއިންގެ ވެރިކަމުގެ ދަށުގައެވެ. މީގެ ފަހުން ކުޑަ ދުވަސްކޮޅަކަށް ވެރިކަން ކޮށްފައިވަނީ ނަން މަޝްހޫރު ބަންގާޅީއެއް ކަމުގައިވާ ޝަޝަންކާއެވެ. ޝަޝަންކާއަކީ މުޅި ބަންގާޅުގެ ތާރީޚުގައި ވެސް ފާހަގަކުރެވޭ ފުރަތަމަ އަމިއްލަ ރަސްގެފާނެވެ. މީގެ ފަހުން ޕާލާ އިންނާއި ސޭނާއިން ބަންގާޅުގެ މައްޗަށް ވެރިކަން ހިންގާފައިވެއެވެ. ބަންގާޅަށް އިސްލާމްދީން ފޯރާފައިވަނީ މީލާދީން 12 ވަނަ ޤަރުނުގެ ތެރޭގައެވެ. 16 ވަނަ ޤަރުނާ ހިސާބުން ބަންގާޅު އޮތީ މުޣޫލުންގެ ވެރިކަމުގެ ދަށުގައެވެ. އަދި މިއަދު ބަންގާޅުގެ ވެރި ރަށުގެ ގޮތުގައި އޮތް ދާހކާ ވެފައިވަނީ އިދާރީ ގޮތުން މުހިއްމު ރަށަކަށެވެ. ޔޫރަޕުގެ ވިޔަފާރިވެރިން މި ސަރަޙައްދަށް އައިސްފައިވަނީ މީލާދީން 15 ވަނަ ޤަރުނުގެ ތެރޭގައެވެ. ފަހުން ބަންގާޅު އޮތީ ބްރިޓިޝް އިންޑިޔާގެ ބައެއްގެ ގޮތުގައެވެ. 1947 ވަނަ އަހަރު އިނގިރޭސީންގެ އަތް ދަށުން އިންޑިޔާ އާއި ޕާކިސްތާނަށް މިނިވަންކަން ލިބިގެން ދިޔައިރު ބަންގްލާދޭޝް އޮޮތީ ޕާކިސްތާނުގެ ބައެއްގެ ގޮތުގައެވެ. “އިރުމަތީ ޕާކިސްތާން” ގެ ނަމުގައެވެ. ޕާކިސްތާނުގެ ވެރިކަމުގެ ދަށުގައި ބަންގްލާދޭޝް ހޭދަކުރީ މުސްލިމުވެރިކަމެއްގެ ދަށުގައި މުސްލިމުން ކީއްކުރަންތޯއެވެ ޣައިރު މުސްލިމުން ވެސް ނޫޅޭނެ ފަދަ ޙާލަތެއްގައެވެ. ބަންގާޅު މީހުންގެ އަމިއްލަ ބަސްކަމުގައިވާ ބަންގާޅީ ބަސް ނައްތާލުމުގެ ޙަރަކާތެއް ވެސް ޕާކިސްތާނުން ވަނީ ހިންގާފައެވެ. މިކަމާ ގުޅިގެން ބަންގާޅުގެ މީހުން “ބަންގްލާ ބަހުގެ ޙަރަކާތާ”އިގެން 1952 ވަނަ އަހަރު ތެދުވިއެވެ. މި ޙަރަކާތް ވެގެން ދިޔައީ ޕާކިސްތާނާއި ބަންގްލާދޭޝާ ދެމެދު މައްސަލަތައް އިތުރުވެގެން ދިޔަ ކަމަކަށެވެ. “ބާހޝާ އަންދޮލޮން” ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޙަރަކާތަކީ ޕާކިސްތާނުގެ ރަސްމީ ބަހެއްގެ ގޮތުގައި “ބެންގާލީ ބަސް” އެކަށައެޅުވުމަށްޓަކައި ހިންގުނު ސިޔާސީ ޙަރަކާތެކެވެ. ރަސްމީ ބަހެއްގެ ގޮތުގައި އެ ބަސް ހަމަޖެހިގެން ދިއުމުން، އިސްކޫލުތަކުގައި ބެންގާލީ ބަސް ކިޔަވައި ދިނުމުގެ ފުރުޞަތު ހުޅުވިގެންދާނެތީއެވެ. އަދި ސަރުކާރުގެ އިދާރާތަކުގައި ވެސް އެ ބަސް ބޭނުންކުރެވޭނެތީއެވެ. ޕާކިސްތާނުގެ ސަރުކާރުން ރަސްމީ ބަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ އުރުދޫ ބަހެވެ. މާދަރީ ބަސް ރަސްމީ ބަހެެއްގެ ގޮތުގައި ހަމަޖެއްސުމަށް ޓަކައި ކުރެވެމުންދިޔަ މުޒާހަރާތަކާ ގުޅިގެން ޢާއްމު ތަންތަނުގައި އެއްވެ އުޅުމަކީ މަނާކަމެއް ކަމުގައި ޕާކިސްތާނުގެ ސަރުކާރުން ކަނޑައެޅިއެވެ. މިހިސާބުން ޔުނިވަރސިޓީ އޮފް ދާހކާގެ ޠާލިބުންނާއި ސިޔާސީ ޙަރަކާތްތެރިން ބައިވެގެން، ސަރުކާރުގެ އެންގުންތަކަށް ބެލުމެއް ނެތި 21 ފެބްރުއަރީ 1952 ގައި މުޒާހަރާކުރަން ފެށިއެވެ. މި ދުވަހުގެ މުޒާހަރާގައި ބައިވެރިވި ބައެއް ކިޔަވާކުދީން ވަނީ ފުލުހުން ދިން ޙަމަލާތަކުގެ ޝިކާރައަކަށްވެގެން ގޮސްފައެވެ. ކިޔަވާކުދީންގެ ތެރެއިން ކުދިބަޔަކު މަރުވެގެން ދިއުމުން މަދަނީ ބޭސްނޭހުމުގެ ޙަރަކާތް މުޅި ބަންގާޅުގައި ފެތުރިގެން ދިޔައެވެ. އެތައް ދުވަހެއްގެ ކުރިމަތިލުންތަކަކަށް ފަހު 1956 ވަނަ އަހަރުގައި މަރުކަޒީ ސަރުކާރުން ބެންގާލީ ބަހަކީ ރަސްމީ ބަހެެއްކަމަށް ހަމަޖެއްސިއެވެ. އަދި އަމިއްލަ މާދަރީ ބަހަށްޓަކައި، ތިމާމެންގެ ފުރާނައިން ޤުރުބާންވެ، ޝަހީދުވި ބަޠަލުންގެ ހަނދާނުގައި 2000 ވަނަ އަހަރު އ.ދ ގެ ތަޢުލީމާއި ސައިންސާއި ސަގާފަތާ ބެހޭ ޖަމްޢިއްޔާ (ޔުނެސްކޯ) އިން 21 ފެބްރުއަރީ އަކީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ކަމުގައި ކަނޑައެޅިއެވެ. މާދަރީ ބަހަށް ޓަކައި ޝަހީދުވި ބަޠަލުންގެ ހަނދާނުގައި 21 ފެބްރުއަރީއަކީ ބަންގާޅުގައި ބަންދު ދުވަހެކެވެ. އަދި މި ދުވަހުގައި ޝަހީދުވި ބަޠަލުންގެ ހަނދާނުގައި “ޝަހީދު މިނާރު” ބަންގާޅުގައި ބިނާކޮށްފައިވެއެވެ. “މާދަރީ ބަހަށް ޤަދަރު ނުކުރާ މީހަކީ ތިމާގެ މަންމަގެ ދޫ ބުރިކޮށްލާނޭ މީހެކެވެ. މާދަރީ ބަހަށް މޮޅު ނޫން މީހާ އެއްވެސް ބަހަކަށް މޮޅެއް ނުވާނެއެވެ.”




Cite error: <ref> tags exist, but no <references/> tag was found

އެހެން ބަސްބަހުން