ނޭޕާލް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ނޭޕާލް
Kingdom of Nepal
नेपाल अधिराज्य
Nepal Adhirajya
Flag
Motto: जननी जन्मभूमिष्च स्वर्गादिप गरियिस
(Sanskrit: Mother and Motherland are greater than the kingdom of heaven)
Anthem: Rastriya Gaan
Location of Nepal
Capital
and largest city
Kathmandu
27°42′N 85°19′E / 27.700°N 85.317°E / 27.700; 85.317
Official languages Nepali
Government Constitutional Monarchy
Unification
 -  Water (%) 2.8
Population
 -  2005 estimate 27,676,457 (40th)
 -  2001 census 23,151,423
GDP (PPP) 2005 estimate
 -  Total $37,087 billion (83rd)
 -  Per capita $1,402 (163rd)
HDI (2003)0.526
low · 136th
ކަރަންސީ Rupee (NPR)
Time zone NPT (UTC+5:45)
 -  Summer (DST) not observed (UTC+5:45)
Calling code 977
އިންޓަރނެޓް ޓީއެލްޑީ .np

ނޭޕާލަކީ ދެކުނު އޭޝިޔާ އަށް ނިސްބަތްވާ ގައުމެކެވެ. ނޭޕާލް ، މި ޤައުމަކީ އެހެން ޤައުމު ތަކެކޭ އެއްފަދައިން ފާހަގަ ކޮށްލެވޭ ޤައުމެކެވެ. ނޭޕާލްގެ ފުރިހަމަ ނަމަކީ ސްޓޭޓް އޮފް ނޭޕާލް އެވެ. ކުރިން ނޭޕާލަށް ކިޔަނީ ކިންގްޑަމް އޮފް ނޭޕާލް އެވެ. ނޭޕާލާއި ބޯޑަރު ކުރެވިފައިވާ ގައުމު ތަކަކީ އުތުރުން ސީނު ކަރައިގެ ޓިބެޓާއި، ހުޅަގާއި އިރު އަދި ދެކުނުން އިންޑިޔާއެވެ. ދުނިޔޭގެ އެންމެ އުސް 10 ފަރުބަދައިގެ ތެރެއިން 8 ފަރުބަދަ ހުންނަނީ ނޭޕާލް ގައެވެ. މިބުނި ފަރުބަދަ ތަކުގެ ތެރޭގައި އެވަރެސްޓް ފަރުބަދަ ވެސް ހިމެނެއެވެ.

ނޭޕާލް މަޝްހޫރު ވެފައިވަނީ ފަރުބަދަ އަށް އެރުމާއި، ހިނގުމާއި، ފަރުބަދައިގެ ބައިސްކަލް ދުއްވުމާއި، ބޮޑެތި ޖަނަވާރު ގެންގުޅޭ ޕާރކް ތަކާއި، ޖަންގަލީގެ ސަވާރީ ދުއްވުމާއި، ކުޅިވަރަށް މަސްބޭނުމާއި، ކޯރު ތެރޭގައި މަޖާކޮށް ހެދުން ފަދަ ކަންތައް އާންމު ތަނެއްގެ ގޮތުގައެވެ. ނޭޕާލްގެ ވެރިރަށް އަދި އެންމެ ބޮޑު ޝަހަރުގެ ގޮތުގައި މަޝްހޫރު ވެފައިވަނީ ކަތުމަންޑޫ އެވެ. އެހެނިހެން ބޮޑެތި ރަށްތަކުގެ ތެރޭގައި ބިރަޓްނަގަރު، ލަލިތުޕޫރު، ބާރަތުޕޫރު، ބިރެންޑްނަގަރު، ދަމަކް ،ދަންގަދީ، މެހެންދުރަނަގަރު، ބުޓްވަލް، އަދި ޖަނަކް ޕޫރު ފަދަ ރަށްތައް ހިމެނެއެވެ. ކޮންސްޓިޓިއުޝަނަލް މޮނާކީ އެއްގެ ގޮތުގައި ނޭޕާލް ވެގެންދިޔައީ 1990 ވަނަ އަހަރު ގެ ތެރޭގައެވެ.


ތާރީޚް[އުނިއިތުރު ގެންނަވާ]

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ ވާދީގެ ތެރެއިން ފެނުނު ނިއޯލިތިކް އާލަތްތައް ހެކިދޭގޮތުން ހިމާލަޔާ ފަރުބަދަ ހިމެނޭ ސަރަހައްދުގައި މީހުން އުޅޭތާ އެންމެ މަދުވެގެން 900 އަހަރުވަރު ވެދާނެއެވެ. ބެލެވޭގޮތުގައި 2500 ވަރަކަށް އަހަރު ކުރިން ޓިބެޓް-ބަރުމާ ދަރިފަސްކޮޅުގެ މީހުން ނޭޕާލްގައި އުޅެފައި ވެއެވެ.

ފަހު ބަދަލުތައް[އުނިއިތުރު ގެންނަވާ]

ޖޫގްރަފީ[އުނިއިތުރު ގެންނަވާ]

ޓްރިޕޮޒޮއިޑަލް ބައްޓަމަށް އޮންނަ ނޭޕާލްގެ ދިގުމިނުގައި 500 މޭލު ހުންނަ އިރު ފުޅާމިނުގައި ހުންނަނީ 125 މޭލެވެ. ނޭޕާލް ގައި ފިޒިއޮގްރަފިކް 3 ހިސާބެއް ވެއެވެ. އެއީ ޓެރައި ސަރަަހައްދު، ވާދީތައް، އަދި ފަރުބަދަތައް ހިމެނޭ އުސް ސަރަހައްދެވެ. ނޭޕާލް އާއި އެމެރިކާގެ އަރްކަންސަސް ސިޓީއާއި ދާދި އެއްވަރު ކަމުގައި ބުނެވެއެވެ. މެދޭސީ ޕްލެއިން ކިޔާ ހިސާބުގައި 3 ކޯރެއް އޮވެއެވެ. އެއީ ކޯޝީ، ނަރަޔާނީ އަދި ކަރުނަލީ ކޯރެވެ. މިހިސާބުގެ ޖައްވަކީ ހޫނު ތެތްކަމެއް އެކުލެވޭ ޖައްވެކެވެ.

ފަރުބަދަތައް ހިމެނޭ ސަރަހައްދުގައި ދުނިޔޭގެ އެންމެ އުސް ފަރުބަދަތައް ހިމެނެއެވެ. އޭގެ ތެރޭގައި 8850 ފޫޓްގެ އުސްމިން ހުންނަ އެވަރެސްޓް ފަރުބަދަ ވެސް ހިމެނެއެވެ. އަދި ދުނިޔޭގެ އެންމެ އުސް 10 ފަރުބަދައިގެ ތެރެއިން 8 ފަރުބަދަ ހުރީ ވެސް ނޭޕާލްގައެވެ. އޭގެ ތެރޭގައި ލޮޗީ، މަނަސްލޫ، އަންނަޕުރުނާ، ދައުލަގިރީ، މަކާލޫ އަދި ޗޯޔޫ ފަދަ ފަރުބަދަތައް ހިމެނެއެވެ.

މޫސުމަަށް އަންނަ ބަދަލާއި ގުޅޭގޮތުން ނޭޕާލް 5 ސަރަހައްދަކަށް ބަހާލެވެއެވެ. އޭގެ ތެރޭގައި ޓްރޮޕިކަލް، ސަބްޓްރޮޕިކަލް، ހޫނު، ފިނި އަދި ސަބްއާކްޓިކް މި 5ސަރަހައްދު ހިމެނެއެވެ. ބަގްލަދޭޝްއާއި ނޭޕާލް ބޯޑަރު ކުރެވިފައި ނެތްނަމަވެސް މިދެގައުމު ވަކިކުރަނީ ވަރަށް ހަނި ބިމަކުންނެވެ.

އިޤްތިޞާދު[އުނިއިތުރު ގެންނަވާ]

ޤައުމުގެ އިޤްތިޞާދު ބިނާ ވެގެންވަނީ ގައުމުގެ ރައްޔިތުން ކުރާ ތަފާތު މަސައްކަތް ތަކުގެ މައްޗަށެވެ. ނޭޕާލް އާބާދީގެ 76 އިންސައްތަ މީހުން ދަނޑުވެރިކަމުގެ މަސައްކަތުގައި ހިއްސާވެއެވެ. 8500 ކިލޯ މީޓަރަށްވުރެ ދިގުމިނަށް ތާރު އެޅި މަގުތައް ހެދިފައި ވެއެވެ. 59 ކިލޯ މީޓަރުގެ ދިގުމިން ހުރި ރޭލްވޭ އެއް ބިނާކުރެވިފައި ވެއެވެ. ޖުމްލަ 48 ވައިގެ ބަނދަރު އޮތް އިރު އޭގެ ތެރެއިން 10 ވައިގެ ބަނދަރަކީ ތާރުއަޅާއިގެން ފެންވަރު ރަގަޅުކޮށް ހެދިފައިވާ ތަންތަނެވެ. އާބާދީގެ ކޮންމެ 19 މީހަކަށް އެއްފޯނަށްވުރެ ގިނަ ޓެލެފޯން ނޭޕާލްގައި ބޭނުންކުރެއެވެ. މޯބައިލް ފޯންގެ ޚިދުމަތް ފުޅާވަމުން އަންނައިރު 2005ގެ ހިސާބުތައް ދައްކާގޮތުން 17500 އިންޓަނެޓް ކަނެކްޝަންތައް ނޭޕާލްގައި ގުޅާދެވިފައި ވެއެވެ.

އައްސޭރި ފަށެއް ނެތުމާއި، ނޭޕާލްގެ އެތެރޭގެ ދާޚިލީ ހަމަ ނުޖެހުން ތަކުގެ ސަބަބުން ނޭޕާލްގެ އިގްތިޞާދަށް ހީނަރުކަން އައިސްފައިވާކަން ފާހަގަވެއެވެ. ބޭރުގެ އެހީތައް ނޭޕާލަށްދޭ ގައުމު ތަކުގެ ތެރޭގައި ސީނުކަރަ، ހިންދުސްތާން، ޔުނައިޓެޑް ކިންގޑަމް، އެމެރިކާ، ޖަޕާން، އަދި ސްވިޒްލޭންޑާއި ޔޫރަޕިއަން ޔޫނިއަން ހިމެނެއެވެ. އިންފްލޭޝަން ރޭޓް ނޭޕާލްގައި މިހާރު އުޅެނީ 2.9 ގައެވެ.

ނޭޕާލްގެ ދަނޑުވެރިން ޢާއްމުކޮށް ހައްދާ ބާވަތްތަކުގެ ތެރޭގައި ހަނޑޫ، ޒުވާރި، ގޮދަން، އުއްދަނޑި، ހިމެނެއެވެ. މީގެ އިތުރުން ކިރާއި ބަފަލޯގެ މަސް ފަދަ ތަކެތި ނޭޕާލުން ލިބެން ހުރެއެވެ. ނޭޕާލްގެ ވަރަށް ގިނަ މީހުން ޚަލީޖް ގައުމު ތަކަށާއި، މެލޭޝިޔާ އަދި ހިންދުސްތާނަށް މަސައްކަތް ކުރުމަށްގޮސް އުޅެއެވެ

ސިޔާސަތު[އުނިއިތުރު ގެންނަވާ]

1990 ވަނަ އަހަރާއި ޖެހެންދެން ނޭޕާލްގައި އޮތީ ފުރިހަމަ ރަސްކަމެކެވެ. ނަމަވެސް އެއަހަރު ނޭޕާލްގެ އޭރުގެ ރަސްގެފާނު ބިރެންދުރާ ގައުމަށް ސިޔާސީ އިސްލާހުތައް ގެނައުމަށް އެއްބަސްވެ، ބަރުލަމާނީ ރަސްކަމެއް އެކުލަވާލުމެއް ނިންމެވިއެވެ. އެގޮތުން ރަސްގެފާނަކީ ހެޑް އޮފް ސްޓޭޓް ކަމުގައި ހަމަޖައްސަވައި، ބޮޑު ވަޒީރެއް ކަނޑައަޅައި، ބޮޑު ވަޒީރު އެއީ ހެޑް އޮފް ދަ ގަވަރމެންޓް ކަމުގައި ކަނޑައެޅިއެވެ.

ނޭޕާލްގެ ގާނޫނު ހަދާ މަޖިލިސް އެކުލެވިގެންވަނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވް އަދި ނޭޝަނަލް ކައުންސިލްގެ މައްޗަށެެވެ. ހައުސް އޮފް ރެޕްރެޒެންޓޭޓިވް ގައި ހިމެނެނީ ރައްޔިތުން ހޮވާ 225 މެންބަރުންނެވެ. ނޭޝަނަލް ކައުންސިލްގައި 60 މެންބަރުން ހިމެނޭ އިރު އޭގެ ތެރެއިން 10 މެންބަރުން އައްޔަންކުރަނީ ރަސްގެފާނުއެވެ. 35 މެންބަރުން ހައުސް އޮފް ރެޕްރެޒެންޓޭޓިވް އިން ކަނޑައަޅާއިރު ބާކީ 15 މެންބަރުންނަކީ އެކިއެކި އަވަށްތަކުން ވޯޓްލައިގެން ހޮވޭ ބަޔެކެވެ. ގާނޫނު ހަދާ މަޖިލިސްގެ މުއްދަތަކީ 5 އަހަރެވެ. 18 އަހަރުން މަތީގެ ކޮންމެ މީހަކަށްމެ ވޯޓް ލުމުގެ ހައްގު ލިބިގެންވެއެވެ.

އަސްކަރިއްޔާ އަދި ބޭރުގެ ގުޅުން[އުނިއިތުރު ގެންނަވާ]

ނޭޕާލްގެ އަސްކަރިއްޔާ ބިނާވެގެންވަނީ ނޭޕާލް އާރމީ އެއަރ ސާރވިސް އަދި ނޭޕާލީ ޕޮލިސް ފޯސްގެ މައްޗަށެވެ. 19 މެއި 2006ގައި ނޭލާޕް ރޮޔަލް އާރމީގެ ނަން ނޭޕާލީ އާރމީ މިނަމަށް ބަދަލު ކުރުމަށް ހުށަހެޅުނެވެ. ނޭޕާލް ސިފައިންގެ ތެރެއަށް ވަދެވޭ އެންމެ ހަގު އުމުރަކީ 18 އަހަރެވެ. ނޭޕާލްގެ އަސްކަރިއްޔާ އަށް 99.2 މިލިއަން ޑޮލަރު ޚަރަދު ކޮށްފައިވާ ކަމަށް 2004ގެ ތަފާސް ހިސާބުތައް ދައްކައެވެ. ނޭޕާލްގެ ސިފައިންގެ ގޮތުގައި 90 ހާސް މީހުން ހަރަކާތްތެރި ވެއެވެ.

ނޭޕާލްގެ އަވަށްޓެރި ހިންދުސްތާން އަދި ސީނުކަރަ އާއި ނޭޕާލާއި ގާތްގުޅުމެއް އޮވެއެވެ. ހިންދުސްތާން އާއި ނޭޕާލާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ދެގައުމުގެ މީހުންނަށް އެއްގައުމުން އަނެއް ގައުމަށް ވިސާ އަދި ޕާސްޕޯޓާއި ނުލައި ދަތުރުކުރެވެއެވެ. ޖަރުމަނަކީ ނޭޕާލާއި ގާތްގުޅުމެއް އޮންނަ ގައުމެކެވެ. އަދި ޔުނައިޓެޑް ކިންގޑަމް އާއި ނޭޕާލާއި ދެމެދުވެސް މިފަދަ ގާތްގުޅުމެއް ވެއެވެ.

އިދާރީ ގޮތުން ބެހިފައިވާ ބައިތައް[އުނިއިތުރު ގެންނަވާ]

ނޭޕާލް ވަނީ 14 ސަރަހައްދެއް 75 އަވަށަކަށް ބަހާލެވިފައެވެ. ކޮންމެ ސަރަހައްދެއްގައި ޗީޕް ޑިސްޓްރިކްޓް އޮފިސަރެއް ހުރެއެވެ. އެކިކަންކަމުގެ އަމުރު ނެރެ ހިންގާ ފަރާތަކީ އެއީ އެވެ. ނޭޕާލް ބަހާލެވިފައިވާ 14 ސަރަހައްދު ތިރީގައި މިވަނީ އެވެ.



ޑިމޮގްރާފިކްސް[އުނިއިތުރު ގެންނަވާ]

ޖުލައި 2005ގެ ތަފާސް ހިސާބު ދައްކާގޮތުން ނޭޕާލްގެ އާބާދީ އަކީ 27676547 އެވެ. އާބާދީގެ 57.3 އިންސައްތަ މީހުންނަކީ އުމުރުން 15 އަހަރާއި 64 އަހަރާއި ދެމެދުގެ އުމުރުގެ މީހުންނެވެ. 39 އިންސައްތަ މީހުންނަކީ 14 އަހަރުން ދަށުގެ ކުދިންނެވެ. މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ އެވްރެޖް އުމުރަކީ 59.8 އަހަރެވެ. ނޭޕާލްގެ ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތަކީ 53.74 އެވެ.

2001 ގެ ބޯ ހިމެނުމުގެ ނަތީޖާ ދައްކާގޮތުން ނޭޕާލް އާބާދީގެ 75.6 އިންސައްތަ މީހުންނަކީ ހިންދީ ދީނުގެ އަހުލުވެރިންނެވެ. ބުދުދީނުގެ 20 އިންސައްތަ މީހުން އުޅޭއިރު މުސްލިމުންގެ ނިސްބަތަކީ 4.2 އިންސައްތަ އެވެ. އަދި ކިރަންތުންގެ ނިސްބަތަކީ 3.9 އިންސައްތަ އެވެ.

ނޭޕާލީ އަކީ ނޭޕާލްގެ ގައުމީ ބަހެވެ. އާބާދީގެ 47.8 އިންސައްތަ މީހުން ފުރަތަމަ ބަހެއްގެ ގޮތުގައި ނޭޕާލީ ބަހުން ވާހަކަ ދައްކައި ހަދައި އުޅެއެވެ. ނޭޕާލްގައި ވާހަކަ ދައްކާ އެހެން ބަސްތަކުގެ ތެރޭގައި މައިތިލި، ތާރޫ، ބޮޖްޕޫރީ، ނޭޕާލް ބާސާ، ތަމަންގ، ވަގަރުމ އަދި އަވަދި ފަދަ ބަސްތައް ހިމެނެއެެވެ.

ސަގާފަތު[އުނިއިތުރު ގެންނަވާ]

ނޭޕާލުގެ ސަގާފަތަކީ އަވަށްޓެރި ސީނުކަރަ އާއި އަދި ހިންދުސްތާނުގެ ސަގާފަތާއި ވަރަށް ގާތްކުރާ ސަގާފަތެކެވެ. ހެދުން އެޅުމާއި، ވާހަކަ ދެއްކުން، އަދި ކާން ބޭނުންކުރާ ކާނާގައި މިބުނި ގައުމުތަކާއި އެއްގޮތްކަމެއް ހުރެއެވެ. ނޭޕާލްގެ ޚާއްޞަ އެއް ކެއުމަކީ ހެދުނާއި އިރު އޮއްސޭރި ކައި އުޅޭ ދާލްބަޓް އޭ ކިޔޭ ކެއުމެވެ. މިކެއުން ތައްޔާރު ކުރަނީ ދާލް، ތަރުކާރީ އަދި ހަނޑޫއާއި ހަވާދުގެ ބާވަތްތައް ބޭނުންކޮށްގެންނެވެ. މިބުނި ވަގުތުގެ ދެމެދުގައި މާނައަކީ ހެދުނު ގެ ކެއުމާއި އިރު އޮއްސުމުގެ ކެއުމާއި ދެމެދުގައި ސަޔާއެކު ލުއި ކެއުންތައް ބޭނުންކޮށް އުޅެއެވެ. އެއްގަމު މަހާ ކަނޑުމަސް އަދި ބިސް ފަދަ ތަކެތި ކައި އުޅެނީ އާއްމު ގޮތެއްގައި މީހުންނަށްދީ އުޅޭ ޖާފަތް ފަދަ ތަކެތީގެ ގޮތުގައެވެ. ނުވަތަ އެފަދަ ކެއުންތަކުގައެވެ.

ފަރުބަދަ މަތީ ހިސާބުތަކުގެ މީހުންގެ މައިގަނޑު ކެއުމުގައި ޒުވާރި، ހަނޑޫ، ފުށް، އަދި އަލުވި ފަދަ ބާވަތްތައް ބޭނުން ކުރެއެވެ. މީގެ އިތުރުން ބައެއް ކަހަލަ ބަނގުއާވި ހުންނަ ބުއިންތައް މަޝްހޫރުކަން ފާހަގަ ކުރެވެއެވެ. އޭގެ ތެރޭގައި ރަކްޝީ އަދި ޗާންގ ފަދަ ބުއިންތައް ހިމެނެއެވެ.

ވެރިރަށް ކަތުމަންޑޫގައި އެންމެ އާއްމުވެފައި މަޝްހޫރީ ނެވާރީންގެ ސަގާފަތެވެ. އެރަށުގައި ފާހަގަކުރާ ގިނަ ޢީދުތަކާއި ހަފްލާ ތަކަކީ ނެވާރީންގެ ސަގާފަތާއި ގުޅުވައިގެން ފާހަގަކުރާ ކަންކަމެވެ.

ނޭޕާލްގައި އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓް ބޯޅަ އެވެ. އެއަށްފަހު ކްރިކެޓާއި ކަބައްޑީ އެވެ. ޝަހީދުންގެ ހަދާނީ ފުޓްބޯޅަ ލީގަކީ ނޭޕާލްގައި ގައުމީ ފެންވަރެއްގައި ބޭއްވޭ ފުޓްބޯޅަ މުބާރާތެވެ. ނޭޕާލްގެ ޓީވީ ޗެނަލް ތަޢާރަފްކުރެވުނީ 1980 ވަނަ އަހަރު އެވެ. މިހާރު ނޭޕާލުން ބްރޯޑްކާސްޓް ކުރާ 6 ޓީވީ ޗެނަލް ހުރެއެވެ. އެއީ ސަރުކާރުގެ ދެޗެނަލް އާއި، އަމިއްލަ 4 ޗެނަލް އެވެ. އިންޑިޔާއިން ބްރޯޑްކާސްޓްކުރާ ވަރަށްގިނަ ޢަދަދެއްގެ ޓީވީ ޗެނަލްތައް ސެޓެލައިޓް މެދުވެރިކޮށް ނޭޕާލް މީހުން ބަލައި އުޅެއެވެ.

މުޅި ނޭޕާލްގެ ހުރިހާ ހިސާބެއްގެ މީހުންވެސް ރޭޑިޔޯ އަޑުއަހައި އުޅެއެވެ.2000 ވަނަ އަހަރު ނޭޕާލްގައި އެންމެ 12 ރޭޑިޔޯ ސްޓޭޝަން ހުރި އިރު މިހާރު 56 ރޭޑިޔޯ ސްޓޭޝަން އެބަހުއްޓެވެ. ނޭޕާލްގެ ރަސްމީ ބަންދު ދުވަހަކީ ހޮނިހިރު ދުވަހެވެ. ގައުމީ ބަންދު ދުވަސްތަކުގެ ތެރޭގައި ގައުމީ ދުވަސް، ޕްރިތްވީ ޖަޔަންތީ އަދި ޝަހީދުންގެ ދުވަސް ފަދަ ދުވަސްތައް ހިމެނެއެވެ.

ނޭޕާލްގައި އާއްމު ގޮތެއްގައި ކުރެވޭ ކައިވެނިތަކަކީ ރޭވިގެން ކުރެވޭ ކައިވެނި ތަކެކެވެ. ނުވަތަ އެރޭންޖް މެރިއޭޖް ތަކެކެވެ. ދެއަތްބަށް މީހުނާއި އިނުމަކީ ނޭޕާލްގެ ގާނޫނުގައި މަނާކަމެކެވެ.

އަދި އިތުރަށް ބައްލަވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]


މި މަޒުމޫނަކީ މުޅިން ފުރިހަމަ ވެފައިވާ މަޒުމޫނެއް ނޫނެވެ. މި މަޒުމޫނު ފުރިހަމަ ކޮށްދެއްވަން ބޭނުންފުޅު ނަމަ އިނގިރޭސި ވިކިޕީޑިއާ ގައި މި ޢުންވާނުގެ ދަށުން ލިޔެވިފައިވާ މަޒުމޫނު ބައްލަވައިގެން ތަރުޖަމާގެ ނުނިމި އޮތް ބައި ފުރިހަމަކޮށް ދެއްވާށެވެ. ކަނާތްފަރާތުގެ އަރިމަތީގައިވާ ފާލަންތަކުން އިނގިރޭސި ބަހުން އޮތް މަޒުމޫނަށް ވަޑައިގެންނެވޭނެއެވެ.