ހަކުރު ބަލީގެ ދެވަނަ ވައްތަރު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ހަކުރު ބަލީގެ ދެވަނަ ވައްތަރު(އިނގިރޭސި ބަހުން: Diabetes mellitus type 2) ނުވަތަ ޓައިޕް ޓޫ ޑައިބިޓީސް ގައިޗިސްމޭ އިން އިންސޫލިން ކޮންމެވެސް ވަރަކަށް އުފައްދަމުން ދެއެވެ. ނަމަވެސް އިންސިއުލިން ގެ އަސަރު ފުރިހަމަ ގޮތުގައި ގުނަވަން ތަކަކަށް ނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ގުނަވަންތަކުގެ 'ސެލް' ތަކުގެތެރެއަށް ގްލޫކޯސް އަކަށް ނުވަދެވެއެވެ. އަދި ލޭގައި ހަކުރު ހުންނަ މިންވަރު މައްޗަށްދެއެވެ.


ހަކުރު ބަލީގެ ދެވަނަ ވައްތަރުގައި އިންސުލިން ޗިސްމޭ އިން އުފެއްދި ނަމަވެސް ކޮންމެވެސް ސަބަބުތަކާއި ހުރެ އިންސުލިންގެ މަސައްކަތް ނުކުރަނީއެވެ. އެހެން ކަމުން ކަސްރަތުކޮށްގެންނާއި ކެއުމަށް ބަދަލުގެނެސްގެން ނުވަތަ ބޭހުން ހަކުރު ކޮންޓްރޯލް ކުރެވިދާނެއެވެ. މިވައްތަރު އާންމުކޮށް ފެންނަނީ އުމުރުން ދުވަސްވީ މީހުންނެގެ ތެރެއިންނެވެ. ޓައިޕް ޓޫ ޑައިބިޓީސް ޖެހުން ގާތީ:

ހަށިގަނޑުގެ ބަރުދަން އިތުރު މީހުން

އާއިލާގައި ހަކުރުބަލި ހުންނަ މީހުން

ބަނޑުބޮޑު އިރު ހަކުރުމައްޗަށް ދިޔަ / 9 ޕައުންޑަށްވުރެ ބަރު ކުދީން ވިހާފައިވާ މީހުން

ފަރުވާ[އުނިއިތުރު ގެންނަވާ]

މިވައްތަރުގައި ގިނަ ފަހަރު ކެއުމަށް ގެންނަ ބަދަލާއި ކަސްރަތުން ހަކުރު ކޮންޓްރޯލް ކުރެވެއެވެ. މިގޮތުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ ގުޅަ ބޭސް ބޭނުން ކުރަން ޖެހެއެވެ. ބޭޙުން ހަކުރު ކޮންޓްރޯލް ނުވުން، ނުވަތަ ނުރައްކާތެރި ޖަރާސީމެއް ހަށިގަނޑުގައި އަށަގެންފިނަމަ އިންސޫލިން ޖަހަން ޖެހިދާނެއެވެ.