ޢިޞާމް މުޙައްމަދު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޑރ. ޢިޞާމް މުޙައްމަދު

ޑރ ޢިޞާމް މުޙައްމަދު އަކީ ކެނެޑާގެ ޑެލްހުސީ ޔުނިވަސިޓީގެ ފޮލިޓިކަލް ސައިންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ހުންނެވީ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމުގައެވެ. ސަރުކާރާއި ގުޅި ވަޑާއިގެންނެވީ 22 ފެބުރުއަރީ 1986 ގައެވެ. ޑރ ޢިޞާމް މުޙައްމަދު އެޑްމިނިސްޓްރޭޝަން ދާއިރާ އިން ފުރަތަމަ ޑިގްރީ ޙާޞިލްކުރެއްވީ 1990 ވަނަ އަހަރު ކެނެޑާގެ ކެންބަރާ ޔުނިވަސިޓީގައެވެ. 1992 ވަނަ އަހަރު ހަމަ އެ ޔުނިވަސިޓީގައި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑރ ޢިޞާމް މުޙައްމަދު މާސްޓާރސް ފުރިހަމަ ކުރެއްވި އެވެ.

ޑރ. ޢިޞާމް މުޙައްމަދަށް 2004 ވަނަ އަހަރު ވަނީ ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގެންފައެވެ.

ޑރ. ޢިޞާމް މުޙައްމަދު މިހާރު ހުންނެވީ މިނިސްޓަރުގެ ނާއިބު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ އަންޑަރ ސެކްރެޓެރީގެ މަޤާމުގައެވެ.