ޢަބުދުﷲ މަޢުޞޫމް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޑރ. ޢަބްދުﷲ މަޢުޞޫމް

ޑރ ޢަބުދުﷲ މަޢުސޫމް އަކީ ފަތުރުވެރިކަމުގެ ދާއިރާ އިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. އޭނާ ޕީއެޗްޑީ ހައްދަވާފައިވަނީ ސަސްޓެއިނަބަލް ޓުއަރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން އިގިރޭސި ވިލާތުގެ ބާރމިންގހާރމް ޔުނިވަސިޓީގައެވެ.

ޑރ ޢަބުދުﷲ މަޢުސޫމް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ގުޅޭ ލެކްޗަރތައް ދުނިޔޭގެ އެކިއެކި ޔުނިވަސިޓީ ތަކުގައި ދެއްވާފައެވެ. މިގޮތުން 18 ނޮވެމްބަރު 2005 ގައި އިގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ސުރޭ ގައި ދިވެހި ފަތުރުވެރިކަން ސުނާމީ އަށްފަހު ބަދަލުވެ، ކުރިއަރަމުން އައިގޮތާއި ބެހޭގޮތުން ދެއްވި ތަގްރީރު ފާހަގަކޮށްލެވެއެވެ.

ޑރ ޢަބުދުﷲ މަޢުޞޫމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި މޯލްޑިވްސް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑްގެ ޑިރެކްޓަރ ޖެނެރަލްކަމާއި، މޯލްޑިވްސް ކޮލެޖް ފޯރ ހަޔަރ އެޑިޔުކޭޝަން (ފަހުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ) ގެ ކޮލެޖް ކައުންސިލްގެ މެންބަރުކަމާއި ދިވެހިރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރުކަން ހިމެނެއެވެ.