މާޗޫ ޕީކްޗޫ
![](http://upload.wikimedia.org/wikipedia/commons/thumb/6/62/80_-_Machu_Picchu_-_Juin_2009_-_edit.jpg/350px-80_-_Machu_Picchu_-_Juin_2009_-_edit.jpg)
މާޗޫ ޕީކްޗޫ އަކީ ޕެރޫގައި ކަނޑުގެ ސަތަހައަށްވުރެ 2400 މީޓަރު އުހުގައި އޮންނަ ފަރުބަދަ މަތީ ހިސާބެކެވެ. ނުވަތަ ރަށެކެވެ. މިތަން އޮންނަނީ ޕެރޫގެ އުރުބަމްބާ ވާދީގެ އެއްފަޅީގައި އޮންނަ ފަރުބަދަ ތަކުގެ ތެރޭގައެވެ. މިތަން އޮންނަނީ އުރުބަމްބާ ކޯރު އޮންނަ ކަސްކޯގެ ހުޅަގު އުތުރުން 50 މޭލު ދުރުމިނުގައެވެ. މިރަށަށް ނުވަތަ މިހިސާބު ގަނޑަށް އިންކަސް ގެ ގެއްލިފައިވާ ރަށް މިހެން ކިޔައި އުޅެއެވެ. އިންކާ ރަސްކަމުގެ އެންމެ މުހިއްމު އެންމެ އާންމު ރަމްޒު ކަމުގައި ބެލެވޭ ތަނަކީ މާޗޫ ޕީކްޗޫ އެވެ.
މާޗޫ ޕީކްޗޫ ބިނާކުރެވިފައިވަނީ މީލާދީން 1460 ވަނަ އަހަރު ކަމުގައި ވިޔަސް އިންކާ ރަސްކަމުގެ ވެރިކަންކުރާ ތަނެއްގެ ގޮތުގައި މިރަށް ހަމަޖެހިގެން ދިޔައީ އޭގެ ގަރުނެއް ފަހުންނެވެ. މާޗޫ ޕީކްޗޫ އަކީ ގެއްލި ފޮރުވިފައިވާ ތަނެއްގެ ގޮތުގައި އޮއްވައި ދުނިޔޭގެ ސަމާލުކަމަށް މިތަން ގެނައީ އެމެރިކާގެ ތާރީޚީ ޢިލްމުވެރިޔާ ހިރާމް ބިންހަމް 1911 ވަނަ އަހަރު ގައެވެ. އެދުވަހުން ފެށިގެން މާޗޫ ޕީކްޗޫ ވެފައިވަނީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނެއް ކަމުގައެވެ.
ޔުނެސްކޯގެ ފަރާތުން ދުނިޔޭގެ އާޘާރީ ތަރިކައެއްގެ ގޮތުގައި މާޗޫ ޕީކްޗޫ ހޮވައި އެކަން އިޢުލާންކޮށްފައިވަނީ 1983 ވަނަ އަހަރު އެވެ. އަދި 7 ޖުލައި 2007 ގައި މިތަންވަނީ ދުނިޔޭގެ އައު 7helllo އަޖައިބުގެ ތެރޭގައި ހޮވިގެން ގޮސްފައެވެ.