އަހާނާ ޑިއޯލް
Appearance
![](http://upload.wikimedia.org/wikipedia/dv/thumb/b/b1/Hemaeisha.jpg/200px-Hemaeisha.jpg)
އަހާނާ ޑިއޯލް އަކީ ފިލްމީ ތަރި ދަރުމެންދުރާ ޑިއޯލް އަދި ހެމާ މާލިނީގެ ހަގު އަންހެން ދަރިފުޅެވެ. އަދި ފިލްމީ ތަރި ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލް، ގެ އެއްބަފާ ކޮއްކޮއެއް ވެސް މެއެވެ. އަހާނާ ޑިއޯލް ވަނީ 2002 ވަނަ އަހަރު ނިކުތް ހިންދީ ފިލްމް ނަތުމް ޖާނޯ ނަހަމް ގައި އީޝާ ޑިއޯލް ގެ ބެސްޓް ފްރެންޑް ގެ ބައި ކުޅެފައެވެ.
ބުނެވޭގޮތުގައި އަހާނާ ޑިއޯލް ބޭނުންވަނީ ފިލްމް ޑައިރެކްޓްކޮށް ފިލްމް އުފައްދާށެވެ. އަހާނާ އަކީ ވެސް މަންމަ ހެމާ މާލިނީ އަދި ދައްތަ އީޝާ ޑިއޯލް ފަދަ އިން އިންޑިޔާގެ ކްލެސިކް ޑާންސް މޮޅަން ދަންނަ ނެށުން ތެރިއެކެވެ. އަހާނާ ޑިއޯލް ވަނީ ފެނުގެ އިސްތިހާރެއް ވެސް ކުރިން ކުޅެފައެވެ.