ޝެންކްރޮއިޑް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ފިހުރިސްތު

ފެށުން [އުނިއިތުރު ގެންނަވާ]

ޝެންކްރޮއިޑް ޖައްސާ ޖަރާސީމް

ޝެންކްރޮއިޑް އަކީ ހީމޯފިލަސް ޑޫކްރައި(Haemophilus ducreyi) ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ބަލިޖެހޭތާ 14-4 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަށް ފަށައެވެ.


ޝެންކްރޮއިޑް ޖެހުން [އުނިއިތުރު ގެންނަވާ]

  • ބަލި ޖެހިފައިވާ މީހަކާއެކު ޖިންސީ ގުޅުން ހިންގުން
  • ބައްޔާއި ގުޅިގެން ޖިންސީ ގުނަވަނުގައި އުފެދޭ ފާރުކޮޅުގައި ބީހުން


ޝެންކްރޮއިޑް ޖެހުމުން ފެނިދާނެ އަލާމާތްތައް [އުނިއިތުރު ގެންނަވާ]

މިބަލި ޖެހުމުން ޖިންސީ ގުނަވަން، ކުރިމަތި ފަރާތް، ތުންފަތް، އަދި އަނގައިގެ ތެރޭގައި ފާރުކޮޅު ތަކެއް އުފެދެއެވެ. ފާރުކޮޅު ހުންނަ ހިސާބުގައި ވަރަށް ގަދަޔަށް ތަދު ހުންނަގޮތް ވެއެވެ. އުކުޅުވަޅުގައި ގޮށްލުން، އަދި ބައެއް ފަހަރު މިގޮށްތައް ފަޅައިގެން ގޮސް ދޮސް ބޭރުވާ ގޮތް ވެއެވެ. ޢާންމު ގޮތެއްގައި ގޮށްލަނީ ކޮންމެވެސް އެއްފަރާތެއްގެ އުކުޅުވަޅު ގައެވެ. ނަމަވެސް ދެފަރާތުގެ އުކުޅުވަޅުގައި ވެސް ގޮށްލުމަކީ ވެދާނެ ގޮތެކެވެ.

އަންހެނުންނަށް މިބަލީގެ އަލާމާތްތައް ނުފެންނާތީ ފަހަރެއްގައި ބަލި ޖެހިފައި ހުރިނަމަވެސް ނޭގި ދިއުމަކީ ވެދާނެ ގޮތެކެވެ.

ޝެންކްރޮއިޑް ޖެހިފައިވާ ފިރިހެނާގެ ޖިންސީ ގުނަވަން

ޝެންކްރޮއިޑް އިން ރައްކާތެރިވުން [އުނިއިތުރު ގެންނަވާ]

ޝެންކްރޮއިޑް އިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

  • އިސްލާމީ ހަމަތަކާއި އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިންސީ ގުޅުން ހިންގުން
  • ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން
  • ބަލި ޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން
  • ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އިރުޝާދާއި ލަފާހޯދުން