ޝީއެންޒް ސިންޑްރޯމް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ޝީއެންޒް ސިންޑްރޯމް (އިނގިރޭސި ބަހުން: Sheehan's Syndrome) ނުވަތަ ޕޯސްޓްޕާރޓަމް ޕިޓޫއިޓަރީ ނެކްރޯސިސް އަކީ ބަލިވެއިނުމާއި ވިހެއުމާއި ގުޅިގެން ޕިޓުއިޓަރީ ގްލޭންޑްގެ ހޯރމޯންތަކުގެ މަސައްކަތަށް ބުރޫއެރުމުގެ ސަބަބުން (ހައިޕޯޕިޓޫއިޓަރިޒަމް) ކުރިމަތިވާ ބައްޔެކެވެ. މިބުރޫ އަރަނީ ވިހެއުމާއި ގުޅިގެން ކުރިމަތީ ޕިޓުއިޓަރީ ގްލޭންޑް އޮކްސިޖަން އަށް ފެންބޮވައިގެންފައިވާ ހިނދު، ކުރިމަތީ ޕިޓުއިޓަރީ ގްލޭންޑްގެ ސެލްތައް ހަލާކުކޮށްލާތީ އެވެ. ހަށިގަނޑުން މާބޮޑަށް ލޭފޭއްދުން ކުރިމަތިވުން، ސެޕްޓިކް ޝޮކުޖެހުން، އަދި ބާރން ޝޮކުޖެހުން ފަދަ ކަމެއްގެ ސަބަބުން ވެސް މިބަލި ކުރިމަތިވެދާނެއެވެ. މިއީ އެއްދުވަސްވަރެއްގައި އަންހެނުންގެ މެދުގައި ވަރަށް އާންމު ބައްޔެއް ކަމުގައި ބެލެވުނެވެ. ޝީއެންޒް ސިންޑްރޯމް އާއި ގުޅިގެން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ، އުރަމަތިން ކިރު އުފައްދައިނުދިނުން، ކިހިލިފަތްދޮށުގައި އިސްތަށި ނުފެޅުން، ޖިންސީ ގުނަވަން ވަށައިގެންވާ ހިސާބުގައި އިސްތަށި ނުފެޅުން، މައްސަރު ކަންތައް ނުޖެހުން، ފަދަ ކަންތައް ހިމެނެއެވެ. ޕިޓުއިޓަރީ ހޯރމޯންގެ ސަޕްލިމެންޓް ބޭނުންކުރުމުން ބަލި ރަގަޅުވާކަމަށް ވެއެވެ.