ޝާދު
| Republic of Chad | ||||||
|---|---|---|---|---|---|---|
|
||||||
| Motto: "Unité, Travail, Progrès" (French) "Unity, Work, Progress" |
||||||
| Anthem: "La Tchadienne" |
||||||
| Capital (and largest city) |
N'Djamena 12°06′N 15°02′E / 12.1°N 15.033°E |
|||||
| Official languages | French, Arabic | |||||
| Demonym | Chadian | |||||
| Government | Republic | |||||
| - | President | Idriss Déby | ||||
| - | Prime Minister | Emmanuel Nadingar | ||||
| Independence | ||||||
| - | from France | August 11, 1960 | ||||
| Area | ||||||
| - | Total | 1,284,000 km2 (21st) 495,753 sq mi |
||||
| - | Water (%) | 1.9 | ||||
| Population | ||||||
| - | 2009 estimate | 11,206,000[1] (75th) | ||||
| - | 1993 census | 6,279,921 | ||||
| - | Density | 8.7/km2 (212th) 22.6/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $16.180 billion[2] | ||||
| - | Per capita | $1,663[2] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $8.400 billion[2] | ||||
| - | Per capita | $863[2] | ||||
| HDI (2007) | ||||||
| Currency | CFA franc (XAF) |
|||||
| Time zone | WAT (UTC+1) | |||||
| - | Summer (DST) | not observed (UTC+1) | ||||
| Internet TLD | .td | |||||
| Calling code | 235 | |||||
ޗާޑް ނުވަތަ ޝާދަކީ މެދުތެރޭ އެފްރިކާއަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
ޝާދުގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހާއި ޢަރަބި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޗާޑިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އެންޑިޖަމޭނާއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ޖުމްހޫރީ ސަރުކާރެއް އޮންނަ ތަނެކެވެ. ޤައުމުގެ އާބާދީއަކީ 11 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 74 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.28 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ td. އެވެ. ކޯލިން ކޯޑަކީ +235 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސީ.އެފް.އޭ ފްރޭންކެވެ.
[އުނިއިތުރު ގެންނަވާ] ނަން
ޝާދުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ޗާޑް ނުވަތަ ޖުމްހޫރިއްޔަތު ^ްޝާދެވެ. މި ޤައުމަށް މި ނަން ކިޔާފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެެއް މުޅިން ސާފުވެފައި ނުވާ ކަމަށް މި ޤައުމާ ބެހޭ ގޮތުން ހުރި ބައެއް ލިޔުންތަކުން ފެނެއެވެ.
[އުނިއިތުރު ގެންނަވާ] ޖުޣުރާފީ
ޝާދުގެ އުތުރުގައި އޮތީ ލީބިޔާއެވެ. އިރުމަތީގައި އޮތީ ސޫދާންއެވެ. ދެކުނުގައި އޮތީ ސެންޓްރަލް އެފްރިކަން ރިޕަބްލިކްއެވެ. ހުޅަނގު ދެކުނުގައި އޮތީ ކެމަރޫން އާއި ނައިޖީރިއާއެވެ. ހުޅަނގުގައި އޮތީ ނީޖަރެވެ. މި ޤައުމު އޮތް ތަން ކަނޑާ ދުރު ކަމުންނާއި މި ޤައުމުގެ ބިމަށް ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ސަބަބުން ބައެއް ފަހަރު މި ޤައުމަށް ޑެޑް ހާޓް އޮފް އެފްރިކާއޭ ވެސް ކިޔައެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
ޢީސާއީ މީލާދުގެ 7 ސާސްކަފު ކުރީގައި ޝާދުގެ އުތުރު ކޮޅުގައި އޮތް ބިމަކީ އިންސާނުން ދިރި އުޅުމަށް ވަރަށް ވެސް އެކަށީގެންވާ ބިމެކެވެ. އަދި މި ސަރަޙައްދުގެ އާބާދީ ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެފްރިކާ ބައްރަށް ބަލާއިރުގައި އާސާރީ ގޮތުން އެންމެ މުހިއްމު މަޤާމުތައް ނުވަތަ ތަންތަން އެންމެ ގިނައިން ހުރި އެއް ޤައުމަކީ ޝާދެވެ. މީގެ ތެރެއިން ބައެއް ތަންތަނުގެ ކާބަން ޑޭޓިން ހަދާލުމުން ނުކުންނަ ނަތީޖާއަކީ މި ތަންތަނަކީ ޢީސާއީ މީލާދުގެ 2000 އަހަރަށް ވުރެ ވެސް ކުރީގައި ބަޔަކު ޢިމާރާތްކޮށްފައިވާ ތަންތަން ކަމުގައެވެ. 2000 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ޝާދުގެ އަހުލުވެރީންގެ ތެރެއިން ގިނަ މީހުން ކޮށްފައިވާ ޢާއްމު މަސައްކަތަކީ ދަނޑުވެރި ކަމުގެ މަސައްކަތެވެ. ބައެއް މީހުން ޝިކާރަ ކުރުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަން ސާބިތުވެއެވެ. މި ޤައުމު އޮތް ތަނަކީ ޙަޟާރަތްތަކާ ބައްދަލުވާ ހަތަރު އަނގޮޅިއެކެވެ. ފަރަންސޭސި އިސްތިޢުމާރީން މި ހިސާބަށް އައިސްފައިވަނީ 20 ވަނަ ޤަރުނު ފެށުނުތަނާހެންނެވެ. ފަރަންސޭސި ވިލާތުން ވަނީ މި ޤައުމަކީ އެމީހުންގެ ފުރިހަމަ ވެރިކަން ހިނގާ ސަރަޙައްދެއް ކަމުގައި ހަދާފައެވެ. އަދި މިއީ ފްރެންޗް އިކުއެޓޯރިއަލް އެފްރިކާގެ ބައެއްގެ ގޮތުގައި ފަރަންސޭސީން ޝާދު ހިންގަމުން އައެވެ. ފަރަންސޭސި އިސްތިޢުމާރުގެ ދަށުގައި އޮތް އެހެން ތަންތަނާ ޚިލާފަށް ޝާދަކީ ފަރަންސޭސީންގެ އަޅައިލުން މާ ބޮޑަކަށް ލިބުނު ތަނެއް ނޫނެވެ. ތަޢުލީމީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ވެސް މި ތަން ކުރި އެރުވުމަށް ޓަކައި މާ ބޮޑު ކަމެއް ފަރަންސޭސީން ކޮށްފައި ނުވާ ކަމުން ޝާދަކީ ފަރަންސޭސީން މާ ބޮޑު އަހައްމިޔަތެއް ދިން ތަނެއް ނޫންކަމަށް ޤަބޫލު ކުރުމުގެ ފުރުޞަތު އެބައޮތެވެ. ފަރަންސޭސި އިސްތިޢުމާރުގެ ދަށުން ޝާދަށް މިނިވަންކަން ލިބިފައިވަނީ 11 އޯގަސްޓް 1960 ގައެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
ޝާދުގެ އާބާދީގެ ތެރެއިން 74.8% މީހުން ދިރިއުޅެނީ ރަށްފުށުގެ ހިސާބުތަކުގައެވެ. އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނާއި ކުޑަކުދީންނެވެ. އުފަންވާ ރޭޓަކީ ކޮންމެ ހާހަކަށް 42.35 އެވެ. އެވަރެޖު ޢުމުރަކީ 47.2 އަހަރެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
މީހުންގެ ތަފާތު ކަމާއި ޤައުމުގައި ބޭނުންކުރެވޭ ބަސްތަކުގެ ގިނަކަމުން ޝާދަކީ ވަރަށް ވެސް މުއްސަނދި ސަގާފަތެއް ލިބިފައިވާ ޤައުމެކެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
މިއީ މިއަދު ދުނިޔޭގައި އޮތް ފަސްވަނައަށް އެންމެ ފަޤީރު ޤައުމެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1663 ޑޮލަރެވެ.
Referenzfehler: <ref>-Tags existieren, jedoch wurde kein <references />-Tag gefunden.