ޗެކް ޖުމްހޫރިއްޔާ
| Czech Republic
Česká republika ފަންވަތް:Cs icon
|
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: "Pravda vítězí" (Czech) "Truth prevails" |
||||||
| Anthem: Kde domov můj? (Czech) "Where is my home?" |
||||||
| Capital (and largest city) |
Prague (Praha) 50°05′N 14°28′E / 50.083°N 14.467°E |
|||||
| Official languages | Czech | |||||
| Demonym | Czech | |||||
| Government | Parliamentary republic | |||||
| - | President | Václav Klaus | ||||
| - | Prime Minister | Jan Fischer | ||||
| Formation | ||||||
| - | Principality of Bohemia | c. 870 | ||||
| - | Czechoslovakia | 28 October 1918 | ||||
| - | Czech Republic | 1 January 1993 | ||||
| EU accession | 1 May 2004 | |||||
| Area | ||||||
| - | Total | 78,866 km2 (116th) 30,450 sq mi |
||||
| - | Water (%) | 2 | ||||
| Population | ||||||
| - | 20091 estimate | |||||
| - | 2001 census | 10,230,060 | ||||
| - | Density | 132/km2 (77th) 341/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $261.777 billion[1] (39th²) | ||||
| - | Per capita | $25,118[1] (33rd) | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $216.354 billion[1] (36th) | ||||
| - | Per capita | $20,759[1] (36th) | ||||
| Gini (1996) | 25.4 (low) (5th) | |||||
| HDI (2007) | ||||||
| Currency | Czech koruna (CZK) |
|||||
| Time zone | CET (UTC+1) | |||||
| - | Summer (DST) | CEST (UTC+2) | ||||
| Drives on the | right | |||||
| Internet TLD | .cz³ | |||||
| Calling code | +4204 | |||||
| 1 | 14 December 2009 (See Population changes). | |||||
| 2 | Rank based on 2005 IMF data. | |||||
| 3 | Also .eu, shared with other European Union member states. | |||||
| 4 | Shared code 42 with Slovakia until 1997. | |||||
ޗެކް ރިޕަބްލިކް ނުވަތަ ޗެކް ޖުމްހޫރިއްޔާއަކީ މެދުތެރޭ ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ޗެކް ޖުމްހޫރިއްޔާގެ ރަސްމީ ބަހަކީ ޗެކް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޗެކްސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޕްރާހާއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 78 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 78866 އަކަކިލޯމީޓަރެވެ. އިންޓަނެޓް ކޯޑަކީ cz. އެވެ. ކޯލިން ކޯޑަކީ +420 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.
ނަން [އުނިއިތުރު ގެންނަވާ]
މި ޤައުމަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވެސް އިނގިރޭސީން ކިޔަމުން އައި ނަމަކީ ބޮހެމިއާއެވެ. މި ޤައުމަށް 1918 ވަނަ އަހަރުގައި މިނިވަންކަން ލިބުމުން ޤައުމުގެ ނަމަކީ ޗެކޮސްލޮވާކިޔާ ކަމުގައި ހަމަޖެއްސިއެވެ. އެއީ ބޮހޭމިއާ (ޗެކް) އާއި ސްލޮވާކުން ގުޅިގެން އުފެދިފައިވާ ޤައުމެއްކަން ދެއްކުމުގެ ގޮތުންނެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ޗެކް ޖުމްހޫރިއްޔާގެ އިރުއުތުރުގައި އޮތީ ޕޮލޭންޑެވެ. ހުޅަނގު އަދި ހުޅަނގު އުތުރުގައި އޮތީ ޖަރުމަނެވެ. ދެކުނުގައި އޮތީ އޮސްޓްރިޔާއެވެ. އިރުމަތީގައި އޮތީ ސްލޮވާކިޔާއެވެ. ޗެކް ޖުމްހޫރިއްޔާގެ ބިމަކީ ވަރަށް ތަފާތު މޫސުމީ ބިމެކެވެ. ހުޅަނގުގައި އޮންނަ ބޮހޭމިއާ ސަރަޙައްދުގައި ދެ ކޯރެއްގެ ސަބަބުން އުފެދިފައިވާ ބޭސިންއެއް އޮތްކަން ފާހަގަ ކުރެވެއެވެ. ބިން ބަންދު ޤައުމެއްގެ ގޮތުގައި ޗެކް ޖުމްހޫރިއްޔާގެ ކޯރުތަކުން ތިން ކަނޑަކަށް ފެން ބޭރުވެއެވެ. އެއީ އުތުރު ކަނޑާއި، ބަލްތީ ކަނޑާއި، ކަޅު ކަނޑެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
އާސާރީ ހޯދުންތައް ހޯއްދަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ޗެކް ރިޕަބްލިކް އޮތް ތަނުގައި ވަރަށް ކުރީއްސުރެ އިންސާނުންވަނީ ދިރިއުޅެން ފަށާފައެވެ. މީީލާދީން 1 ވަނަ ޤަރުނުގައި އަލްމާނީ ޤަބީލާތަކުން މި ސަރަޙައްދުގައި ވަޒަންވެރިވިއެވެ. ހިޖުރައިގެ މުއްދަތުގައިި، މީލާދީން 5 ވަނަ ޤަރުނުގެ ތެރޭގައި އަލްމާނީ ޤަބީލާތަކުން ވަނީ ހުޅަނގު އަދި ދެކުނަށް ދަތުރުކޮށްފައެވެ. ހަމަ މި ގޮތުން ސްލެވިކް ދަރިކޮޅުތަކުގެ މީހުން ކަޅު ކަނޑު ހުރަސްކޮށް އައިސް މި ހިސާބުގައި ވަޒަންވެރިވިއެވެ. ބޮހެމިއަން ސްޓޭޓް ނުވަތަ ޗެކް ދައުލަތް، ދައުލަތެެއްގެ ގޮތުގައި ފާޅުވީ މީލާދީން 9 ވަނަ ޤަރުނުގެ ފަހު ކޮޅުގައެވެ. އެއީ ޕްރެމީސްލިޑް ދަރިކޮޅުގެ މީހުންގެ ވެރިކަމުގައި އެމީހުން މި ސަރަޙައްދުގައި އެއްބައިވަންތަ ވެރިކަމެެއް ކުރަން ފެށުމާ ގުޅިގެންނެވެ. މީލާދީން 13 ވަނަ ޤަރުނަކީ އަލްމާނީންގެ ހިޖުރަކުރުންތައް އަނެއްކާ ވެސް އިތުރުވެގެން ދިޔަ ދައުރެކެވެ. މި މީހުން އަވަށްތަކާއި ޓައުންތައް ޤާއިމުކުރިއެވެ. އަދި ޗެކް ބިންތަކުގައި ޖަރުމަނުގެ ކޮލޮނީތައް ވެސް ހެދިއެވެ. މީލާދީން 1347 ވަނަ އަހަރުން ފެށިގެން 1352 ވަނަ އަހަރާ ހަމަޔަށް ޔޫރަޕުގައި ފެތުރުނު ކަޅުމަރު ނުވަތަ ޠާޢޫންގެ ސަބަބުން ކިންގްޑަމް އޮފް ބޮހޭމިޔާއިން އެކަނި ވެސް އެތަނުގެ އާބާދީގެ 10% މީހުން މަރުވިއެވެ. މީލާދީން 1526 ވަނަ އަހަރުން ފެށިގެން ބޮހޭމިޔާ ވަރަށް ބޮޑަށް ހެބްސްބާގުންގެ ބާރުގެ ދަށަށް ދިޔައެވެ. ހެބްސްބާގުންނަކީ ފުރަތަމަ ފަހަރަށް އިންތިޚާބު ކުރެވިފައިވާ، އަދި ވިރާސީ ވެރިންނެވެ. ހެބްސްބާގުން ވަނީ ކެތަލިކް މަޒުހަބު ނޫން އެހެން ދީނަކަށް ނޫޅެވޭނެ ކަމަށް ކަނޑައަޅާފައެވެ. ތުރުކީގެ އުސްމާނީންނާއި ތަތާރުން 1663 ގައި މޮރާވިއާއަށް ޙަމަލާ ދިނެވެ. އެމީހުން 12000 މީހުން އަޅުވެތިކޮށްފައިވެއެެެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
ޗެކް ރިޕަބްލިކްގެ އާބާދީގެ 94.24% އަކީ ޗެކުންނެވެ. ސްލޮވެކުންގެ 1.89% އާއި ޕޮލިޝް މީހުންގެ 0.51% މީހުންނާއި ޖަރުމަނުންގެ 0.38% މީހުންާއި މީގެ އިތުރުން ވެސް އެހެން ނަސްލުތަކުގެ މީހުންނެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
ޗެކް ރިޕަބްލިކއ އަކީ ވަރަށް ޒަމާންޗީ ދިގު ޙަޟާރަތެއް ލިބިގެންވާ ޤައުމެކެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
ޗެކް ރިޕަބްލިކްއަކީ ވަރަށް ފުރިހަމަ ކާރުތައް އުފައްދާ ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 22232 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found