ޗިކުންގުންޔާ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
އީޑީސް އިޖިޕްޓައި މަދިރި

ޗިކުންގުންޔާ އަކީ އީޑީސް އިޖިޕްޓައި މަދިރި ހެފުމުން ފެތުރޭ ވައިރަހެއް ކަމުގައިވާ އަލްފާވައިރަސް ގެ ސަބަބުން ޖެހޭ ވައިރަހު ހުމެކެވެ. އީޑީސް އިޖިޕްޓައި މަދިރިއަކީ ސާފު ފެނުގައި ބިސްއަޅައި އާލާވާ މަދިރިއެކެވެ. ޗިކުންގުންޔާ ހުން ޖެހެނީ ބަލީގެ ޖަރާސީމު ހުރި މަދިރިއެއް ހެފުމުގެ ސަބަބުންނެވެ.

ބަލީގެ ޢަލާމާތްތައް[އުނިއިތުރު ގެންނަވާ]

  • ހުންއައުން
  • ހުޅުހުޅަށް ތަދުވުން
  • ބިހި ނުވަތަ ފިތް ނެގުން
  • ގައިގައި ރިއްސުން


  • ބޮލުގައި ރިއްސުން
  • ވަރުބަލިވުން ދިގުލާ ގޮތްވުން
  • މޭ ނުބައިކޮށް ހޮޑުލެވުން

ޢާއްމުކޮށް މި ބަލީގެ ޖަރާސީމު ހަށިގަނޑުގެ ތެރޭގައި ހުންނަނީ 2 ދުވަހާއި 12 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. ހަށިގަނޑުގެ ތެރެއަށް ޖަރާސީމުވަނުމަށްފަހު ޢަލާމާތްތައް ފައުޅުވުން ފަހަރެއްގައި ލަސްވެސް ވެދާނެއެވެ. ހުޅުހުޅުގައި ރިއްސުން ފަދަ ޢަލާމާތްތައް ވައިރަސް ހަށިގަނޑުން ސާފުވާ ފަހުންވެސް އެތައް ހަފްތާއަކަށް ދެމިގެން ހިނގައިދާނެއެވެ.

ފަރުވާ[އުނިއިތުރު ގެންނަވާ]

މި ބައްޔަށް ވަކި ޚާއްޞަ ބޭހެއް ނުވަތަ ވެކްސިނެއް ހެދިފައެއް ނުވެއެވެ. މި ބައްޔަށް އެންމެ ރަނގަޅު ބޭހަކީ ޕެރެސެޓަމޯލް އެވެ. ޑޮކްޓަރެއްގެ ލަފަޔާ ނުލައި އެހެން ބޭހެއް ބޭނުން ކުރުން ރަނގަޅެއް ނޫނެވެ.