ޖޯޖިޔާ (ޤައުމު)
ޖޯޖިޔާއަކީ ޔޫރޭޝިޔާގެ ކައުކަސަސް ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
ޖޯޖިޔާގެ ރަސްމީ ބަހަކީ ޖޯޖިޔަން ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޖޯޖިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތިބިލްސީއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. ޖޯޖިޔާއަކީ ޔުނިޓަރީ އަދި ސެމި ޕްރެޒިޑެންޝަލް ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 122 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 69700 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ge. އެވެ. ކޯލިން ކޯޑަކީ +995 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޖޯޖިޔަން ލާރިއެވެ.
[އުނިއިތުރު ގެންނަވާ] ނަން
ޖޯޖިޔާ މީހުން އެމީހުންގެ ނަސްލަށް ކިޔާ ނަމަކީ ކަރް^ްވެލެބީއެވެ. އެމީހުންގެ ޤައުމަށް، އެމީހުންގެ ބަހުން ކިޔަނީ ސަކަރް^ްވެލޯއެވެ. މި ބަހުގެ މާނައަކީ ކަރް^ްވެލެބީންގެ ބިމެވެ.
[އުނިއިތުރު ގެންނަވާ] ޖުޣުރާފީ
މި ޤައުމު އޮންނަނީ އިރުމަތީ ޔޫރަޕާއި ހުޅަނގު އޭޝިޔާ ގުޅޭ މަގާމުގައެވެ. ޖޯޖިޔާގެ ހުޅަނގުގައި އޮތީ ކަޅު ކަނޑެވެ. އުތުރުގައި އޮތީ ރަޝިޔާއެވެ. ދެކުނުގައި އޮތީ ތުރުކީ އާއި އަރްމީނިޔާއެވެ. އިރުމަތީގައި އޮތީ އަޒަރުބައިޖާނެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
ހިލައިގެ ޒަމާނުން ފެށިގެން ވެސް ޖޯޖިޔާގައި މެދުކެނޑުމެއް ނެތި މީހުން ދިރިއުޅެމުން ގެންދެއެވެ. ޖޯޖިޔާގެ ޤަދީމީ ފަތްފުށްތަކުން ފެންނަ ގޮތުގައި، ކަރް^ްވެލީ ދަރިކޮޅުގެ މީހުންގެ އެންމެ އިސް ކާފައަކީ ނޫޙުގެފާނުގެ ޔާފިސްގެ މުނިކާފަ ދަރިކަލުން ކަރްތުލޫސްއެވެ. ރަސްކަމެއްގެ ގޮތުގައި ޖޯޖިޔާގެ ދައުލަތް ޤާއިމުވީ 1008 ވަނަ އަހަރުގައެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ޖޯޖިޔާ ޤާއިމުވީ 26 މެއި 1918 ގައެވެ. ޖޯޖިޔަން ސޯވިއެޓް ސޯޝަލިސްޓް ޖުމްހޫރިއްޔާ އުފެދުނީ 25 ފެބުރުވަރީ 1921 ގައެވެ. ސޯވިއެޓް ޔޫނިއަންއިން ވަކިވެ އަމިއްލަ މިނިވަންކަން އިޢުލާންކޮށްފައިވަނީ 9 އެޕްރީލު 1991 ގައެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
ޖޯޖިޔާގެ އާބާދީއަށް ބަލާއިރުގައި ޖޯޖިޔާގެ މައިގަނޑު ނަސްލަށް ނިސްބަތްވާ މީހުންގެ އިންސައްތައަކީ 83.8% އެވެ. އާބާދީގެ 6.5% އަކީ އަޒޭރީންނެވެ. 5.7% އަކީ އަރުމީނިޔަނުންނެވެ. 1.5% އަކީ ރަޝިޔަނުންނެވެ. މީގެ އިތުރުން އަބްޚާޒީންނާއި އޮސެޓީން ވެސް މި ޤައުމުގެ ރައްޔިތުންގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ވެސް އަސީރިޔަނުންނާއި، ޝީޝާނީންނާއި، ޗައިނާ މީހުންނާއި ޔަހޫދީންނާއި، ޔޫނާނީންނާއި ކަބަރްދީންނާއި ކުރުދީންނާއި ތަތާރުންނާއި ތުރުކީންނާއި ޔުކްރޭނިޔަނުން ވެސް ޖޯޖިޔާގައި ދިރިއުޅެމުން ގެންދެއެވެ. ޖޯޖިޔާގެ ޔަހޫދީ ސަމާޖަކީ މުޅި ދުނިޔެއަށް ބަލާއިރުގައި ވެސް އެންމެ ދުވަސްވީ އެއް ޔަހޫދީ ސަމާޖެވެ. ޤައުމުގެ އާބާދީގެ 80% މީހުން ވާހަކަ ދައްކަނީ ޖޯޖިޔަން ބަހުންނެވެ. ރަޝިޔަން ބަހުން ވާހަކަ ދައްކަނީ 7% މީހުންނެވެ. އަރްމީނިޔަން ބަހުން ވާހަކަ ދައްކަނީ 6% މީހުންނެވެ. ޖޯޖިޔާގެ ލިޔަންކިޔަން ދަތުމުގެ ނިސްބަތަކީ 100% އެވެ. އެހެން ކަމުން މި ޤައުމުގެ އާބާދީގައި 18 އަހަރު ފުރިފައިވާ މީހުންގެ ތެރެއިން ބުއްދި ސަލާމަތުން ހުރި ހަމަ ކޮންމެ މީހަކަށް ލިޔަންކިޔަން އެނގެއެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
ޖޯޖިޔާގެ ސަގާފަތު ގުޅިފައިވަނީ ކައުކަސަސް ސަރަޙައްދުގެ ޤައުމުތަކުގެ ސަގާފަތްތަކާއެވެ. މި ސަގާފަތްތައް އެކުލެވިގެން ގޮސްފައިވަނީ އެތައް ހާސް އަހަރަކުންނެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
ޖޯޖިޔާއަކީ ޤަދީމީ ޒަމާނުއްސުރެ ވެސް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކާ އެކު ވިޔަފާރިކުރި ޤައުމެއްކަން އާސާރީ ހޯދުންތަކުން ދައްކައެވެ. އެއީ ކަޅު ކަނޑާ އެ ޤައުމު ގުޅިފައިވުމާއި ތާރީޚީ ފަށުވި މަގުގެ ސަބަބުންނެވެ. ޖޯޖިޔާ އަކީ ރަނާއި ރިއްސާއި ލޮއިގެ އިތުރުން ދަގަނޑު ވެސް ނަގާ ޤައުމެކެވެ. މިއަދު ޖޯޖިޔާގެ އިޤްތިޞާދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަމުންދަނީ ފަތުރުވެރިކަމާއި ދަނޑުވެރިކަމެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4869 ޑޮލަރެވެ.
Referenzfehler: <ref>-Tags existieren, jedoch wurde kein <references />-Tag gefunden.