ޖެޖޫނަމް

ވިކިޕީޑިއާ އިން
ޖެޖޫނަމް
Illu small intestine.jpg
Small intestine
Gray1041.png
Superior and inferior duodenal fossæ.
Gray's subject #248 1170
Artery intestinal arteries
Nerve celiac ganglia, vagus [1]
Precursor midgut
MeSH Jejunum

ކުޑަ ގޮހޮރުގެ މެދު ބައި ނުވަތަ ޖެޖޫނަމް(އިނގިރޭސި ބަހުން: Jejunum) އަކީ ކުޑަ ގޮހޮރު ބެހިފައިވާ 3 ބައިގެ ތެރެއިން މެދަށް އިންނަ ބަޔެވެ. ނުވަތަ ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޑުއަޑީނަމް އާއި ފަހު ބައި އިލިއަމް އާއި ގުޅުވައިދިނުމަށް އެދެމެދުގައިވާ ބަޔެވެ. ފުރާ ފުރިހަމަ އިންސާނެއްގެ ކުޑަ ގޮހޮރުގެ ދިގުމިނުގައި 7-4 މީޓަރު ވަރު ހުރެއެވެ. އޭގެ ތެރެއިން 2.5 މީޓަރު ހުންނަނީ ޖެޖޫނަމް ގައެވެ. ޖެޖޫނަމްގެ އެތެރޭގެ ޕީއެޗް ހުންނަނީ 8-7 އާއި ދެމެދުގައެވެ. ކާތަކެތި ޖެޖޫނަމްގެ ތެރޭގައި ދައުރުވުން ފަސޭހަ ކުރުމަށްޓަކައި ގުދުރަތީ މަސް ފަށަލަ އެއް ޖެޖޫނަމްގެ އެތެރޭގެ ފާރުގައި ވެއެވެ.


[އުނިއިތުރު ގެންނަވާ] ޖެޖޫނަމްގެ އެތެރޭގެ އޮނިގަނޑު

ޖެޖޫނަމްގެ އެެތެރޭގެ ތެތް ދުލިފަށުގެ ސަތަހައިގައި ކުދި އިގިލިތަކެއްހެން ނިކުމެފައިހުންނަ ނިކުތުން ތަކެއް ހުރެއެވެ. މިގޮތަށް ނިކުމެފައި ހުންނަ ބައިތަކަށް ކިޔަނީ ވިލަސް އެވެ. ނުވަތަ ވިލައި އެވެ. އަދި މިވިލަސް ތަކުގެ ފާރުގައި ހުންނަ އެޕިތީލިއަލް ސެލް ތަކުގައި އެއަށްވުރެ ކުދިކުދި އެތައް ވިލަސް ތަކެއް ހުރެއެވެ. ޖެޖޫނަމްގެ އެެތެރޭގެ ތެތް ދުލިފަށުގެ ސަތަހައިގައި ހުންނަ މިބުނި ވިލަސްތައް ޑުއަޑީނަމް އަދި އިލިއަމް ގައި ހުންނަ މިފަދަ ވިލަސް ތަކަށްވުރެ، ދިގުވާނެއެވެ.

ޖެޖޫނަމް ގައި ޑުއަޑީނަމް ގައި ހުންނަ ބުރަނާރސް ގްލޭންޑް ތަކެއް، އަދި އިލިއަމް ގައި ހުންނަ ޕެޔާރސް ޕެޗް ތަކެއް ވެސް ނުުހުރެއެވެ. އަދި ޕްލައިކޭ ސާކިޔުލަރިސް ތައް ޖެޖޫނަމް ގައި ބޮޑެތިވެފައި، ގިނަ އަދަދަކަށް ހުރެއެވެ.


[އުނިއިތުރު ގެންނަވާ] ޖެޖޫނަމް އާއި އިލިއަމްގެ ތަފާތު

  • ޖެޖޫނަމް އަށްވުރެ އިލިއަމް ގައި ޖަހާފައި ހުންނަ ސަރުބީ ގިނަވާނެއެވެ.
  • އިލިއަމް ހުންނަނީ ފަނޑު ކުލައަކަށެވެ. އަދި އިލިއަމްގެ އެތެރޭގެ ހުރަސް ދިގު ވަށަމިން ޖެޖޫނަމް އަށްވުރެ ކުޑަވެފައި ހިމަވާނެއެވެ.
  • މުޅި ކުޑަ ގޮހޮރުގައި ލިމްފޮއިޑް ޓިޝޫތައް ހުންނައިރު، ޕެޔާރސް ޕެޗް ތައް އިލިއަމް ގައި ގިނަ އަދަދަކަށް ހުންނަކަން ފާހަގަ ކުރެވެއެވެ.
  • ޕްލައިކޭ ސާކިޔުލަރިސް ތައް ޖެޖޫނަމް ގައި ބޮޑެތިވެފައި، ގިނަވާނެއެވެ. އަދި ޕްލައިކޭ ސާކިޔުލަރިސް ތައް އިލިއަމްގައި ކުދިވެފައި، މަދުވާނެއެވެ.
  • ވިލަސް ތައް ޖެޖޫނަމް ގައި ބޮޑެތިވެފައި، ގިނަވާނެއެވެ. އަދި ވިލަސް ތައް އިލިއަމްގައި ކުދިވެފައި، މަދުވާނެއެވެ.


[އުނިއިތުރު ގެންނަވާ] އިތުރު ފޮޓޯތައް


Cite error: <ref> tags exist, but no <references/> tag was found

Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން