ޖުޒާމު ބަލި

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޖުޒާމު ބަލި (އިނގިރޭސި ބަހުން: leprosy)އަކީ ހަށިގަނޑުގެ ޙިއްސުތަކަށް ހަމަލާދޭ މައިކޮބެކްޓީރިއަމް ލެޕްރާ (އިނގިރޭސި ބަހުން: Mycobacterium Leprae)ކިޔާ ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ގައިން ގަޔަށް އަރާ ބައްޔެކެވެ. ގިނައިން މިބަލި ފާޅުވަނީ މޫނު، ނޭފަތް، ކަންފަތް ފަދަ ތަންތަނުންނެވެ. އާންމުކޮށް މިބަލީގެ އަސަރު ހުންނަ ތަންތަނުގައި އިހްސާސެއް ނުހުރެއެވެ. ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި މައިކޮބެކްޓީރިއަމް ލެޕްރޮމަޓޯސިސް (އިނގިރޭސި ބަހުން: Mycobacterium Lepromatosis) ގެ ސަބަބުން ވެސް ޖުޒާމު ބަލި ޖެހެއެވެ.


1940 ގެ އަހަރު ތަކުގައި ޖުޒާމު ބައްޔަށް ފަރުވާ ކުރުމަށް ތަފާތު ބޭސްތައް އުފެއްދުމުގެ ކުރިން ޖުޒާމު ބައްޔަށް ކުރެވޭނެ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ޖުޒާމު ބައްޔަށް ދެވޭ ފަރުވާ ގައި ތަފާތު އެތައް ބޭސްތަކެއް އެއްފަހަރާ ބޭނުން ކުރަން ޖެހެއެވެ.