ޖުމްހޫރީ ޗައިނާ
| Republic of China
中華民國
Zhōnghuá Mínguó |
||||||
|---|---|---|---|---|---|---|
|
|
||||||
| Anthem: "National Anthem of the Republic of China" |
||||||
| Capital (and largest city) |
Taipei[1][a] 25°02′N 121°38′E / 25.033°N 121.633°E |
|||||
| Official languages | Standard Mandarin[2] (spoken) Traditional Chinese (written) |
|||||
| Recognised regional languages | Taiwanese Hokkien (Taiwan, Penghu and Kinmen)[3] Hakka (Taiwan) Several Taiwanese aboriginal languages Fuzhunese (Matsu) Puxian Min (Wuqiu) |
|||||
| Demonym | Taiwanese[4][5][6] or Chinese[7] or both | |||||
| Government | Semi-presidential system | |||||
| - | President | Ma Ying-jeou | ||||
| - | Vice President | Vincent Siew | ||||
| - | Premier | Wu Den-yih | ||||
| Legislature | Legislative Yuan | |||||
| Establishment | Xinhai Revolution | |||||
| - | Start of Xinhai Revolution | 10 October 1911 | ||||
| - | Republic established | 1 January 1912 | ||||
| - | Taiwan acquired from Japan | 25 October 1945 | ||||
| - | Constitution | 25 December 1947 | ||||
| - | Government relocated to Taipei | 7 December 1949 | ||||
| Area | ||||||
| - | Total | 36,191 km2 (136th) 13,974 sq mi |
||||
| - | Water (%) | 10.34 | ||||
| Population | ||||||
| - | 2009 estimate | 23,069,000[8][b] (50th) | ||||
| - | Density | 637.4/km2 (15th) 1,650.8/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $738.800 billion (19th) | ||||
| - | Per capita | $30,881 (25th) | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $392.552 billion (26th) | ||||
| - | Per capita | $17,040 (42nd) | ||||
| HDI (2007) | ||||||
| Currency | New Taiwan dollar (NT$) (TWD) |
|||||
| Time zone | CST (UTC+8) | |||||
| Date formats | yyyy-mm-dd yyyy年m月d日 (CE; CE+2697) or 民國yy年m月d日 |
|||||
| Drives on the | right | |||||
| Internet TLD | .tw | |||||
| Calling code | +886 | |||||
| a. ^ Before relocating to Taipei, the capital of the ROC was Nanking. After the loss of mainland China, Chiang Kai-shek declared Taipei as the temporary capital. As of 2009[update], the constitution does not mention the name of the ROC capital, therefore some argue that the de jure capital is still Nanking even though it is not currently under the control of the ROC.[10] b. ^ Population and density ranks based on 2008 figures. |
||||||
ރިޕަބްލިކް އޮފް ޗައިނާ ނުވަތަ އަޅުގަނޑުމެން ޢާއްމުކޮށް ދަންނަ ގޮތުން ނަމަ ޓައިވާނަކީ އިރުމަތީ އޭޝިޔާއަށް ނިސްބަތްވާ ދައުލަތެކެވެ. ޓައިވާނަކީ އަމިއްލަ ވެރިކަމެއް ހިންގަމުން އަންނަ ދައުލަތެއް ކަމުގައި ވިޔަސް، އަވަށްޓެރި ޗައިނާއިން ޓައިވާނުގެ މިނިވަންކަމެއް ޤަބޫލެއް ނުކުރެއެވެ. ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އަދިވެސް އެ ޤައުމުގެ ބައެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
ޓައިވާނުގެ ރަސްމީ ބަހަކީ ސްޓޭންޑަރޑް މެންޑަރިންއެވެ. ލިޔެ އުޅެނީ ޓްރެޑީޝަނަލް ޗައިނީޒް އަކުރުންނެވެ. އިނގިރޭސި ބަހުން ޓައިވާނުގެ މީހުންނަށް ކިޔަނީ ޓައިވާނީޒްއެވެ. ނުވަތަ ޗައިނީޒްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޓައިޕޭއެވެ. ޓައިވާނުގެ ވެރިރަށަކީ ވެސް ޓައިޕޭއެވެ. ޓައިވާނަކީ ސެމީ ޕްރެޒިޑެންޝަލް ސިސްޓަމެއް އޮންނަ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 23 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 50 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 36191 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ tw. އެވެ. ކޯލިން ކޯޑަކީ +886 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނިއު ޓައިވާން ޑޮލަރެވެ.
[އުނިއިތުރު ގެންނަވާ] ނަން
ޓައިވާނުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ޗައިނާއެވެ. ބައެއް ފަހަރު “ކޮމިއުނިސްޓް ޗައިނާ” އާއި ތަފާތު ކުރުމުގެ ގޮތުން ޓައިވާނަށް “ނޭޝަނަލިސްޓް ޗައިނާ” އޭ ވެސް ކިޔައެވެ. ހަމަ އެހެންމެ “ފްރީ ޗައިނާ” އޭ ވެސް ކިޔައެވެ. އަދި މިހާރު ޢާއްމު ގޮތެއްގައި ބައިނަލް އަޤްވާމީ ފޯރަމްތަކުގައި ކިޔަނީ “ޗައިނީޒް ޓައިޕޭ” އެވެ. “ޓައިވާން” މި ނަމަކީ ސިރާޔާ ބަހުން ނެގިފައިވާ ބަހެކެވެ. ޖުޣުރާފީ ޓައިވާނުގެ ހުޅަނގުގައި އޮތީ ޗައިނާއެވެ. ނުވަތަ ޓައިވާނުގެ މައިކަރައެވެ. ދެކުނުން އޮތީ ޖަޕާނެވެ. އެހެން ނަމަވެސް މިއީ ބިމުގެ ގޮތުން ގުޅިފައިވާ ބޯޑަރުތަކެއް ނޫނެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
ރިޕަބްލިކް އޮފް ޗައިނާ ނުވަތަ ޓައިވާނު އުފެދުނީ 1911 ވަނަ އަހަރުގައެވެ. ޓައިވާނަކީ އިރުމަތީ އޭޝިޔާގެ ޖުމްހޫރިއްޔާތަކުގެ ތެރެއިން މިއަދާ ހަމަޔަށް ވެސް ޖުމްހޫރިއްޔަތު އޮތް ޤައުމުތަކަށް ބަލާއިރު، އެންމެ ދޮށީ ޖުމްހޫރިއްޔާއެވެ. ޓައިވާނު އުފެދުނު ފަހުން އެ ޤައުމު އަންނަނީ ސައިންސާއި ޓެކްނޮލޮޖީގައި އަދި އިޤްތިޞާދުގައި ހަލުވި ފިޔަވަޅުތަކެއް ކުރިޔަށް އަޅަމުންނެވެ. ދެހާސް އަހަރުގެ ދިގު ރަސްކަމަކަށް ފަހުގައި 1911 ވަނަ އަހަރު ޖުމްހޫރިއްޔާއެއްގެ ގޮތުގައި ޙަރަކާތްތައް ފެށުނު ކަމުގައި ވިޔަސް ޖުމްހޫރިއްޔާ ޤާއިމުވީ 1 ޖެނުއަރީ 1912 ގައެވެ. 7 ޑިސެމްބަރ 1949 ގެ ފަހުން ސަރުކާރު ހިންގަމުން ދަނީ ޓައިޕޭގައެވެ. މިއަދު ވެސް ޗައިނާއިން ގެންދަނީ ޓައިވާނުން ފުރިހަމަ މިނިވަންކަމެއް އިޢުލާންކޮށްގެން ނުވާނެ ކަމަށް ބުނަމުންނެވެ. އަނެއްކޮޅުން ޓައިވާނުގެ ލީޑަރުން ވިދާޅުވަނީ ޗައިނާގައި އޮތް ކޮމިއުނިސްޓުންގެ ވެރިކަން ނިމުމަކަށް އައިސް ފުރިހަމަ ޑިމޮކްރެޓިކް ޖުމްހޫރިއްޔާއަކަށް ވެއްޖެ ނަމަ މައި ކަރައާ ގުޅުމަކީ މައްސަލައެއް ކަމަށް ޓައިވާނުން ނުދެކޭ ކަމުގައެވެ. އެހެން ނަމަވެސް ޗައިނާގެ އިންސާނީ ޙައްޤުތަކުގެ މައްސަލަތަކާއި އެހެނިހެން ވެސް ޑިމޮކްރަސީއާ ޚިލާފު އުޞޫލުތައް އެހުރި ގޮތަށް ހުއްޓާ ޗައިނާގެ މައިކަރަ އާ ގުޅުމަކީ ޓައިވާނަށް ކުރެވޭނޭ ކަމެއް ނޫން ކަމުގައި ވެސް ޓައިވާނުގެ ވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ. ޓައިވާނުގެ އެންމެ ގާތް އެކުވެރިޔަކީ ޗައިނާގެ ހަތުރު އެމެރިކާއެވެ. ޓައިވާނަށް ޙަމަލާއެއް ދިނުމަށް ފަހު ޢަސްކަރީ ޙަރަކާތެއްގެ ތެރެއިން ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ހަދަން، ޗައިނާއިން ބޭނުންވި ކަމުގައި ވިޔަސް އެކަމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އެމެރިކާއެވެ. އެއީ އެމެރިކާއިން އެކަމުގެ ތެރެއަށް ވަންނާނެކަން ޗައިނާގެ ވެރިންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީއެވެ. މިހާރު ވެސް ޗައިނާ އާއި ޓައިވާނުން ގެންދަނީ ސިޔާސީ ދަރަޖައިގެ ވާހަކަތައް ބާއްވަމުންނެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
ޓައިވާނުގެ އާބާދީގެ 98% މީހުންނަކީ ޗައިނާ ނަސްލުގެ މީހުންނެވެ. އަނެއް 2% މީހުންނަކީ އޮސްޓްރޮނޭޝިއަން އަދިވާސީންނެވެ. ދީންތަކަށް ބަލާއިރު ޓައިވާނުގެ 35.1% މީހުންނަކީ ބުދިސްޓުންނެވެ. 33% މީހުންނަކީ ޓާއޮއިސްޓުންނެވެ. 14% މީހުންނަކީ އެތީސްޓުންނެވެ. 3.9% މީހުންނަކީ ކްރިސްޓިއަނުންނެވެ. 3.5% މީހުންނަކީ އިކުން ޓާއޯއިންނެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
ސަގާފަތަށް ބަލާއިރު ޗައިނާ އާއި ޓައިވާނުގެ ސަގާފަތުގައި މާބޮޑު ތަފާތެއް ނެތެވެ. އެހެން ނަމަވެސް ޑިމޮކްރަޓިކް ތަނަކަށް ވުމުން ތަފާތު ދީންތަކުގެ މީހުންނަށް ދީނީ އިޙްތިފާލުތައް ފާހަގަކުރުމުގެ ފުރުޞަތު މާބޮޑަށް ވެސް ހުޅުވިފައިވާތީ އެކަމުގެ ތަފާތު ފެނެއެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
ޓައިވާނަކީ ވަރުގަދަ އިޤްތިޞާދެއް އޮތް އުފެއްދުންތެރި ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 30881 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found
