ޕްރޮސްޓޭޓް ކެންސަރު
ވިކިޕީޑިއާ އިން
ޕްރޮސްޓޭޓް ކެންސަރު(އިނގިރޭސި ބަހުން: Prostate cancer) އަކީ ޕްރޮސްޓޭޓް ގްލޭންޑް އަށް ކެންސަރު ޖެހުމެވެ. މިއީ ހަމައެކަނި ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމް ގައި ހިމެނޭ ގުނަވަނެއް ކަމުން މިބާވަތުގެ ކެންސަރު ޖެހޭނީ ހަމައެކަނި ފިރިހެނުންނަށެވެ. ޕްރޮސްޓޭޓް ކެންސަރު ޖެހެން ދިމާވަނީ ޕްރޮސްޓޭޓް ގްލޭންޑް ގައި ހިމެނޭ ސެލްތައް މިއުޓޭޓްވެ، ކޮންޓް ނުވާ މިންވަރަށް އިތުރުވާން ފެށުމުންނެވެ. އަދި މިސެލްތައް ހަށިގަނޑުގެ އެހެން ބައިތަކަށް ދެއެވެ.
ޕްރޮސްޓޭޓް ކެންސަރު ޖެހުމުން، ރިއްސައި ތަދުވުން، ކުޑަކަމުދާން އުދަގޫވުން، ރަގަޅަށް ފިރިހެން ހަށީގައި ވަރުނުޖެހުން އަދި މިނޫން އުދަގޫތައް ވެސް ކުރިމަތި ކުރުވައެވެ.