ޕޯޗުގަލް
| Portuguese Republic
República Portuguesa ފަންވަތް:Pt icon
|
||||||
|---|---|---|---|---|---|---|
|
|
||||||
| Anthem: "A Portuguesa" |
||||||
| Capital (and largest city) |
Lisbon 38°46′N 9°9′W / 38.767°N 9.15°W |
|||||
| Official languages | Portuguese | |||||
| Recognised regional languages | Mirandese1 | |||||
| Ethnic groups | 96.87% Portuguese and 3.13% legal immigrants (Cape Verdeans, Brazilians, Ukrainians, Angolans, etc.) (2007)[1] | |||||
| Demonym | Portuguese | |||||
| Government | Parliamentary republic | |||||
| - | President | Aníbal Cavaco Silva (PSD) | ||||
| - | Prime Minister | Pedro Passos Coelho (PSD) | ||||
| - | Assembly President | Jaime Gama (PS) | ||||
| Formation | Conventional date for Independence is 1139 | |||||
| - | Founding | 868 | ||||
| - | Re-founding | 1095 | ||||
| - | De facto sovereignty | 24 June 1128 | ||||
| - | Kingdom | 25 July 1139 | ||||
| - | Recognized | 5 October 1143 | ||||
| - | Papal Recognition | 23 May 1179 | ||||
| - | Restoration of independence | 1 December 1640 | ||||
| - | Restoration of independence recognized | 13 February 1668 | ||||
| - | Republic | 5 October 1910 | ||||
| EU accession | 1 January 1986 | |||||
| Area | ||||||
| - | Total | 92,090 km2 (110th) 35,645 sq mi |
||||
| - | Water (%) | 0.5 | ||||
| Population | ||||||
| - | July 2009 estimate | 10,707,924 (77th) | ||||
| - | 2001 census | 10,355,824 | ||||
| - | Density | 114/km2 (87th) 295/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $236.049 billion[2] (46th) | ||||
| - | Per capita | $22,232[2] (39th) | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $244.640 billion[2] (37th) | ||||
| - | Per capita | $23,041[2] (32nd) | ||||
| HDI (2007) | ||||||
| Currency | Euro (€)² (EUR) |
|||||
| Time zone | WET³ (UTC0) | |||||
| - | Summer (DST) | WEST (UTC+1) | ||||
| Date formats | dd-mm-yyyy, yyyy-mm-dd, yyyy/mm/dd (CE) | |||||
| Drives on the | right (since 1928) | |||||
| Internet TLD | .pt4 | |||||
| Calling code | 351 | |||||
| 1 | Mirandese, spoken in some villages of the municipality of Miranda do Douro, was officially recognized in 1999 (Lei n.° 7/99 de 29 de Janeiro), since then awarding an official right-of-use Mirandese to the linguistic minority it is concerned.[3] The Portuguese Sign Language is also recognized. | |||||
| 2 | Before 1999: Portuguese escudo. | |||||
| 3 | Azores: UTC-1; UTC in summer. | |||||
| 4 | The .eu domain is also used as it is shared with other European Union member states. | |||||
ޕޯޗުގަލް ނުވަތަ ދިވެހީން ކިޔާ ގޮތުން ނަމަ ފުށެތިކާލަކީ ހުޅަނގުދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. ޕޯޗުގަލް އޮންނަނީ އިބޭރިއަން ޕެނިންސޫލާގައެވެ. ޔޫރަޕުގެ މައިކަރައިގެ އެންމެ ހުޅަނގުގައި އޮތް ޤައުމަކީ ވެސް ޕޯޗުގަލްއެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ޕޯޗުގަލްގެ ރަސްމީ ބަހަކީ ޕޯޗުގީޒު ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޕޯޗުގީޒްސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ލިސްބަންއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 77 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 92090 އަކަކިލޯމީޓަރެވެ. 1928 ވަނަ އަހަރުން ފެށިގެން ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ pt. އެވެ. ކޯލިން ކޯޑަކީ +351 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.
ނަން [އުނިއިތުރު ގެންނަވާ]
ޕޯޗުގަލްގެ ނަން ނެގިފައިވަނީ ރޯޯމަން ނަމެއް ކަމުގައިވާ ޕޯޗުސް ކާލޭ މި ނަމުންނެވެ. އެއީ މުޅި އިބޭރިއަން ޕެނިންސޫލާއަށް ވެސް ނިސްބަތްކުރެވުނު ނަމެކެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ޕޯޗުގަލްގެ ހުޅަނގުގައި އަދި ދެކުނުގައި އޮތީ އެޓްލާންޓިކް މާކަނޑެވެ. އިރުމައްޗާއި އުތުރުގައި އޮތީ ސްޕެއިނެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
ޕޯޗުގަލް ޖުމްހޫރިއްޔާއަކަށް ވެފައިވަނީ 5 އޮކްޓޯބަރު 1910 ގައެވެ. އީ.ޔޫ ގައި ބައިވެރިވީ 1 ޖަނަވަރީ 1986 ގައެވެ.
ދިވެހީންނާއި ޕޯޗުގީޒުން [އުނިއިތުރު ގެންނަވާ]
މީލާދީން 1497 ވަނަ އަހަރުން ފެށިގެން މީލާދީން 1650 ގެ އަހަރުތަކާ ހަމަޔަށް ދިވެހީންނާއި ޕޯޗުގީޒުންނާ ދެމެދު އެކި ކަހަލަ މުޢާމަލާތުތައް ހިނގާފައިވާ ކަމަށް ތާރީޚުން ދައްކައެވެ. މި މުއްދަތުގެ ތެރޭގައި 15 އަހަރާއި ދުވަސްކޮޅަކު ޕޯޗުގީޒުންގެ ދަށުގައި ދިވެހިރާއްޖޭގެ ވެރިކަން އޮތްކަން ފާހަގަ ކުރެވެއެވެ. ދިވެހިރާއްޖޭގެ ވެރިކަން ޕޯޗުގީޒުންގެ ދަށަށް ދިޔައީ 1 ޝަޢުބާން 965 ހ. (18 މެއި 1558 މ.) ވީ ބުދަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ވެރިކަން ޕޯޗުގީޒުންގެ ސީދާ ވެރިކަމުގެ ދަށުގައި އޮތް އޮތުން ނިމުމަކަށް އައީ 1 ރަބީޢުލްއައްވަލް 981 ހ. (1 ޖުލައި 1573 މ.) ވީ ބުދަ ދުވަހުއެވެ. ޕޯޗުގީޒުންގެ ދަށަށް ދިވެހިރާއްޖޭގެ ވެރިކަން ދާން މެދުވެރިވި ސަބަބަކީ ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވި އައްސުލްޠާން ޙަސަން (ނުވަވަނަ) ގެ ވެރިކަން ނިމުމަކަށް ގެނެސް އެހެން ބަޔަކު އެވެރިކަމުގެ މައްޗަށް ގަދަވެގެންފާނޭ ކަމަށް އެ ރަދުންނަށް ހީފުޅުވުމުން އެ ރަދުންގެ ރަސްކަން ސަލާމަތްކުރުމުގެ ގޮތުން އިންޑިޔާގައި ތިބި ޕޯޗުގީޒުންގެ އެހީއަށް އެދިވަޑައިގަތުމުގެ ސަބަބުންނެވެ. ޕޯޗުގީޒުންގެ މަދަދު ހޯއްދަވަން އުޅުއްވުމުގެ ތެރޭގައި 9 ވަނަ ޙަސަން ރަސްގެފާނު ވަނީ ޕޯޗުގީޒުންގެ ދީން ކަމުގައިވާ ނަޞާރާދީނަށް ވެސް ވެދެވަޑައިގެންފައެވެ. އެ ރަދުންނަކީ، އިންޑިޔާގެ މަލަބާރުން ދިވެހިރާއްޖެއަށް އައި މުސްލިމް ޢައްބާސް އަލްހިލާލީ ގެ ފުތް ހިލާލީ ކަލޯ ގެ ދަރިކަލުން (އަދި ދިވެހިރާއްޖޭގެ ރަދުން) އައްސުލްޠާން ޙަސަން (އެއްވަނަ) ރަދުނަށް ފުރަސޫތާވި އައްސުލްޠާން ޔޫސުފް (ދެވަނަ) ރަދުނަށް ފުރަސޫތާވި އައްސުލްޠާން ޢުމަރު (ދެވަނަ) ރަދުނަށް ފުރަސޫތާވި އައްސުލްޠާން ކަޅު މުޙައްމަދު ރަދުނަށް ފުރަސޫތާވި ޢުމަރު މާފަތް ކިލެގެފާނުގެ ދަރިކަލުން އައްސުލްޠާން ޙަސަން (9 ވަނަ) އެވެ. ނަޞާރާދީނަށް ވެދެވަޑައިގަތުމަށް ފަހު އެ ރަދުންގެ ނަންފުޅެއް ކަމުގައި ހަމަޖެހުނީ ކިންގް ޑޮމް މަނުއެލްއެވެ. ދީން ބަދަލުކުރެއްވުމަށް ފަހު ނުވަވަނަ ޙަސަން ރަސްގެފާނު (ނުވަތަ ކިންގް ޑޮމް މަނުއެލް) ކޮއްޗޭ (ކޮޗިން) ގައި ހުންނެވި، ޕޯޗުގީޒުންގެ މާތް ބޭފުޅެއް ކަމުގައިވާ، އެއިތޯރް ޑި ސޫޒާ ޑި އަތައީޑްގެ ދަރިކަނބަލުން ޑޯނާ ލިއަނޯރް ޑި އަތައީޑް އާ ކައިވެނި ބައްލަވައިގަތެވެ. މީލާދީން 1554 ގައި ކިންގް ޑޮމް މަނުއެލްގެ އަނބިކަނބަލުންގެ ބައްޕާފުޅު ދިވެހިރާއްޖޭގައި އަވަހާރަވިއެވެ. ނުވަވަނަ ޙަސަން ރަސްގެފާނާއި އެރަދުންގެ ޕޯޗުގީޒު ރަނިކަނބަލުންނަށް 3 ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. ފިރިހެން ބޭފުޅުންނަކީ ޑޮމް ފްރެންސިސްކޯ އާއި ޑޮމް ޜޮއާއޯ އާއި ޑޮމް ޕޭދްރޯ އާއެވެ. އަންހެން ބޭފުޅުންގެ ތެރެއިން ނަންފުޅު އެނގޭ ބޭފުޅަކީ ކެތަރީނާއެވެ. ޑޮމް ފްރެންސިސްކޯ އަވަހާރަވީ ޕޯޗުގަލްގެ ލިސްބަންގައެވެ. ނުވަވަނަ ހަސަން ރަސްގެފާނު، ނުވަތަ ޑޮމް މަނުއެލް އަވަހާރަވެފައިވާ ކަމަށް ތާރީޚީ ލިޔުންތަކުން ފެންނަނީ މީލާދީން 1583 ހާ ތާނގައެވެ. މީލާދީން 1591 ހާ ތާނގައިި ކޮޗިނުގައި ތިބި ނުވަވަނަ ޙަސަން ރަސްގެފާނުގެ ޢާއިލާގެ ބޭފުޅުންވަނީ ގޯވާއަށް ބަދަލުވެވަޑައިގެންފައެވެ. ނުވަވަނަ ޙަސަން ރަސްގެފާނު (ކިންގް ޑޮމް މަނުއެލް) އަށް ފަހު ދިވެހިރާއްޖޭގެ ރަސްގެފާނުގެ ލަޤަބު ޕޯޗުގީޒުން ދީފައިވަނީ ޑޮމް ޜޮއާއޯއަށެވެ. ޑޮމް ޜޮއާއޯ އަވަހާރަވެފައިވާ ތާރީޚެއް އެނގެން ނެތް ކަމުގައި ވިޔަސް، އެމަނިކުފާނު އަވަހާރަވެފައިވަނީ މީލާދީން 1606 ވަނަ އަހަރުގެ ކުރީން ކަމަށް ތާރީޚީ ލިޔުންތަކުން ދައްކައެވެ. ޑޮމް ޜޮއާއޯ ކައިވެނި ބައްލަވައިގަތީ ޑޯނާ ފްރަންސިސްކާ ވެސްކޮންސެލަސް ނަމަކަށް ކިޔާ ޕޯޗުގީޒު އަންހެން ބޭކަނބަލަކާއެވެ. މި ދެކަނބަލުންނަށް ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅަކު ލިބިވަޑައިގަތެވެ. ފިރިހެން ބޭފުޅާއަކީ ޑޮމް ފިލިޕްއެވެ. އަންހެން ބޭފުޅާއަކީ ޑޯނާ އިނޭޒްއެވެ. ޑޮމް ފިލިޕް އަވަހާރަވެފައިވަނީ ޒުވާން ޢުމުރުފުޅުގައި، ކައިވެނިފުޅެއް ވެސް ނުކުރައްވައި ހުންނަވަނިކޮށެވެ. ޑޯނާ އިނޭޒް އާ ޕޯޗުގީޒުންގެ މާތް ޢާއިލާއެއްގެ ބޭފުޅަކާ ކައިވެނި ބައްލަވައިގެން ދެ ފިރިހެން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ޑޮމް މެލުއިޒް ނުވަތަ ދިވެހީން ކިޔާގޮތަށް ނަމަ ދޮން މަލަވީޒް (Dom Meluis) އާއި ޑޮމް ލުއީޒް ޑިސޫޒާ ނުވަތަ ދޮން ލަވީޒް (Dom Luis) އެވެ. މި ދެބޭފުޅުން ވަނީ މީލާދީން 1649 ވަނަ އަހަރުގައި، އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ ރަސްކަމުގައި، ގޯވާއިން ދިވެހިރާއްޖެއާ ހަނގުރާމައަށް ވަޑައިގެންފައެވެ. މި ކުރިމަތިލުމުގައި ދެ ފަރާތުންމެ ބަޑީގެ ޙަމަލާތައް ބަދަލުކުރިއެވެ. ދޮން މަލަވީޒު ގައިކޮޅަށް އުންޑައެއް އަރައި އެމަނިކުފާނު އަވަހާރަވީއެވެ. ޑޮމް ލުއީޒް ގައިކޮޅަށް ވެސް އުންޑައެއް އެރިއެވެ. އެހެން ނަމަވެސް އެމަނިކުފާނު އަވަހާރައެއް ނުވެއެވެ. އެމަނިކުފާނު މާލެ އަތޮޅު ހުރާގައި ބަންދު ކުރެވުނީއެވެ. މި ހުންނެވި ހުންނެވުމުގައި، އެ މަނިކުފާނު ހުރާ ގަނޑުވަރުދޮށުގޭ އާމިނާފުޅާ ކައިވެނި ބައްލަވައިގެން ބޭފުޅުން ލިބިވަޑައިގަތެވެ. އޭގެ ތެރެއިން ދުނިޔޭގައި ހުންނެވި ބޭފުޅަކީ ހުރާ ދޮން މަރުދުރު ފަނޑިޔަތް ކަލޭގެފާނެވެ. އެހެން ކަމުން ހުރާ ދޮން މަރުދުރު ފަނޑިޔަތް ކަލޭގެފާނަކީ، މުސްލިމް ޢައްބާސް އަލްހިލާލީ ގެ ފުތް ހިލާލީ ކަލޯ ގެ ދަރިކަލުން (އަދި ދިވެހިރާއްޖޭގެ ރަދުން) އައްސުލްޠާން ޙަސަން (އެއްވަނަ) ރަދުނަށް ފުރަސޫތާވި އައްސުލްޠާން ޔޫސުފް (ދެވަނަ) ރަދުނަށް ފުރަސޫތާވި އައްސުލްޠާން ޢުމަރު (ދެވަނަ) ރަދުނަށް ފުރަސޫތާވި އައްސުލްޠާން ކަޅު މުޙައްމަދު ރަދުނަށް ފުރަސޫތާވި ޢުމަރު މާފަތް ކިލެގެފާނުގެ ދަރިކަލުން އައްސުލްޠާން ޙަސަން (9 ވަނަ ނުވަތަ ކިންގް ޑޮމް މަނުއެލް) ރަދުނަށް ފުރަސޫތާވި ޑޮމް ޜޮއާއޯ ގެ ޑޯނާ އިނޭޒް ގެ ޑޮމް ލުއީޒް ޑިސޫޒާ ގެ ދަރިކަލުން ހުރާ ދޮން މަރުދުރު ފަނޑިޔަތް ކަލޭގެފާނެވެ. ހުރާ ދޮން މަރުދުރު ފަނޑިޔަތް ކަލޭގެފާނު އުފަންވެ ވަޑައިގެންފައިވަނީ މީލާދީން 1652 ވަނަ އަހަރު ހާ ތާނގައެވެ. ދޮން މަރުދުރު ފަނޑިޔަތް ކަލޭގެފާނުގެ ބައްޕާފުޅު ޑޮމް ލުއީޒް ފަހުން ވަނީ އަނެއްކާ ވެސް ގޯވާއަށް ވަޑައިގެންފައެވެ. އޭގެ ފަހުން އެމަނިކުފާނު ދިވެހިރާއްޖެއަށް ވަޑައިގަތް ކަމެއް އެނގޭކަށެއް ނެތެވެ. ތާރީޚީ ލިޔުންތަކުން ފެންނަ ގޮތުގައި ޑޮމް ލުއީޒް ޑިސޫޒާ އަވަހާރަވެފައިވަނީ މީލާދީން 1656 ހާ ތާނގައެވެ. ދިވެހި ތާރީޚުގައި މަޝްހޫރު ދޮން ބަންޑާރައިން ނުވަތަ އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްްޒުއްދީން އަކީ، މި ހުރާ ދޮން މަރުދުރު ފަނޑިޔަތް ކަލޭގެފާނު ގެ ޙުސައިން ދަހަރަދަ ކަލޭގެފާނު ގެ މުޙައްމަދު ފާމުލަދޭރި ތަކުރުފާނު ގެ އައްސުލްޠާން ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ނެވެ. ދިވެހިރާއްޖޭގެ ފާހަގަކޮށްލެވޭ ދަރިކޮޅުތަކުގެ ދިރާސާ ކުރައްވައި ފޮތްތައް ޝާއިޢުކުރައްވަމުން ގެންދަވާ އަލްފާޟިލާ ފާޠިމަތު މުނީރާ އަކީ، ހުރާ ދޮން މަރުދުރު ފަނޑިޔަތް ކަލޭގެފާނުގެ އިބްރާހީމް އެދުރު ތަކުރުފާނުގެ ޢަލީ ބޮޑު މުރީދު ތަކުރުފާނުގެ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ މޫސާ ދީދީގެ ތުއްތުދީދީ (ޢާއިޝަތު ދީދީ) ގެ ދޮން ދީދީ (އަމަތުﷲ ދީދީ) ގެ މާކޮށާރު ޙަސަން ދީދީ (ނުވަތަ ނެލުގޭ ޙަސަންދީދީ) ގެ ނެލުގޭ މޫސާދީދީގެ ފާޠިމަތުދީދީ (ފާޠިމަތު މުނީރާ) އެވެ. ކޮންމެ އަކަސް މިހުރިހާ ކަމެއް މިހެން ހުރުމާ ވެސް އެކު، ޕޯޗުގީޒުންނާއި ދިވެހިންނާ ދެމެދު ހިނގާފައި ހުރި މުޢާމަލާތުތަކާއި އުފެދުނު ގުޅުންތަކަކީ ދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު ހަނދާނަށް ގެނެވޭނޭ ތާރީޚީ ހާދިސާތަކަކަށްވަނީ ވެފައެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
ޕޯޗުގަލްގެ ތާރީޚުގެ ވަރަށް ބޮޑު ބައެއްގައި އެތަނުގައި އުޅެފައިވަނީ އެއް ނަސްލެއްގެ މީހުން ކަމަށް ވިޔަސް، މިހާރު ޕޯޗުގަލްއަކީ ވަރަށް ގިނަ ނަސްލުގެ މީހުން ދިރިއުޅެމުން ގެންދާ ތަނެކެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
ޕޯޗުގީޒުގެ ދިގު ތާރީޚުގައި އެ ޤައުމުގައި ވަނީ ވަރަށް މުއްސަނދި ސަގާފަތެއް އުފެދިފައެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
ޕޯޗުގީޒަކީ ހެދުމާއި، ފޮއްޗާއި، ތަފާތު ބާވަތްތަކުގެ ބުއިންތައް، އަދި ފައިވާން އުފެއްދުމުގައި ވަރަށް ކުރީގައި އުޅޭ ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 22232 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found