ޕޯލިޔޯ ވައިރަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޕޯލިޔޯ ވައިރަސް އަކީ ވާބަލި ޖައްރާސީމް އެވެ. މިއީ ޕައިކޮނަވިރިޑޭ ވައިރަސް އާއިލާގައި ހިމެނޭ އެންޓީރޯ ވައިރަސް ގެ ވައްތަރެކެވެ. މިވައިރަސް އެކުލެވިގެންވަނީ އާރްއެންއޭ ޖީނޯމް އަދި ޕްރޮޓީން ކެޕްސިޑް ގެ މައްޗަށެވެ. މިޖީނޯމް އަކީ އެއް ސްޓްރޭންޑް އެއް އެކުލެވޭ 750 ނިއުކްލިއޮޓިޑްސް ގެ ދިގުމިން ހުރި ޖީނޯމް އެކެވެ. މިވައިރަސް ގެ ވަށަމިން ގައި 30 ނެނޯމީޓަރު ހުރެއެވެ. ޕޯލިޔޯ ވައިރަސް ފުރަތަމަ ހޯދާފައިވަނީ 1909 ވަނަ އަހަރު ކާރލް ލޭންޑްސްޓީނަރ އަދި އާރވިން ޕޮޕަރ އެވެ.