ޕޮލެންޑު
| Republic of Poland
Rzeczpospolita Polska
|
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: None1 | ||||||
| Anthem: Mazurek Dąbrowskiego (Dąbrowski's Mazurka) |
||||||
| Capital (and largest city) |
Warsaw 52°13′N 21°02′E / 52.217°N 21.033°E |
|||||
| Official languages | Polish2 | |||||
| Demonym | Pole/Polish | |||||
| Government | Parliamentary republic | |||||
| - | President | Bronisław Komorowski | ||||
| - | Prime Minister | Donald Tusk | ||||
| Formation | ||||||
| - | Christianisation4 | 966 | ||||
| - | First Republic | July 1, 1569 | ||||
| - | Second Republic | November 11, 1918 | ||||
| - | People's Republic | December 31, 1944 | ||||
| - | Third Republic | January 30, 1990 | ||||
| EU accession | 1 May 2004 | |||||
| Area | ||||||
| - | Total | 312,679 km2 (69th3) 120,726 sq mi |
||||
| - | Water (%) | 3.07 | ||||
| Population | ||||||
| - | 2009 estimate | 38,130,302[1] (34th) | ||||
| - | December 2007 census | 38,116,000[2] (34th) | ||||
| - | Density | 122/km2 (83rd) 319.9/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $668.551 billion[3] (21st) | ||||
| - | Per capita | $17,536[3] (50th) | ||||
| GDP (nominal) | 2007 estimate | |||||
| - | Total | $527.866 billion[3] (18th) | ||||
| - | Per capita | $13,846[3] (50th) | ||||
| Gini (2002) | 34.5 | |||||
| HDI (2007) | ||||||
| Currency | Złoty (PLN) |
|||||
| Time zone | CET (UTC+1) | |||||
| - | Summer (DST) | CEST (UTC+2) | ||||
| Drives on the | right | |||||
| Internet TLD | .pl | |||||
| Calling code | 48 | |||||
| 1 See, however, Unofficial mottos of Poland. 2 Although not official languages, Belarusian, Kashubian, Lithuanian and German are used in 20 communal offices. 3 The area of Poland according to the administrative division, as given by the Central Statistical Office, is ފަންވަތް:Convert/km2 of which ފަންވަތް:Convert/km2 is land area and ފަންވަތް:Convert/km2 is internal water surface area.[2] 4 The adoption of Christianity in Poland is seen by many Poles, regardless of their religious affiliation or lack thereof, as one of the most significant national historical events; the new religion was used to unify the tribes in the region. |
||||||
ރިޕަބްލިކް އޮފް ޕޮލެންޑަކީ މެދުތެރޭ ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
ޕޮލެންޑުގެ ރަސްމީ ބަހަކީ ޕޮލިޝްބަހެވެ. އިނގިރޭސި ބަހުން ޕޮލެންޑުގެ މީހުންނަށް ކިޔަނީ ޕޯލް ނުވަތަ ޕޮލިޝްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ވަރްސަވްއެވެ. ޕޮލެންޑުގެ ވެރިރަށަކީ ވެސް ވަރްސަވްއެވެ. ޕޮލެންޑަކީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 38 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 34 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.3 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ pl. އެވެ. ކޯލިން ކޯޑަކީ +48 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޕޮލިޝް ޒަލޯތީއެވެ.ololo
[އުނިއިތުރު ގެންނަވާ] ނަން
ޕޮލޭންޑްގެ ނަން ނިސްބަތްވަނީ ޕޮލިޝް ނަސްލުގެ މީހުންނަށެވެ. ޕޮލޭންޑުގެ މާނައަކީ ޕޮލިޝް މީހުންގެ ބިމެވެ. ޖުޣުރާފީ ޕޮލެންޑުގެ ހުޅަނގުގައި އޮތީ ޖަރުމަނެވެ. ދެކުނުގައި އޮތީ ޗެކް ރިޕަބްލިކާއި ސްލޮވާކިޔާއެވެ. އިރުމަތީގައި އޮތީ ޔުކްރެއިނާއި ބެލާރުސް އާއި ލިތުއޭނިޔާއެވެ. އުތުރުގައި އޮތީ ބަލްޓިކް ކަނޑާއި ރަޝިޔާގެ ކަލިނިންގްރާޑް އޮބްލާސްޓެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
މިހާރު ޕޮލޭންޑުގެ ގޮތުގައި އޮތް ބިމަކީ ވަރަށް ގިނަ ނަސްލުތަކުގެ މީހުން ވަޒަންވެރިވެފައިވާ ތަނެެއްކަން ތާރީޚީ ހޯދުންތަކުން ދައްކައެވެ. އެހެން ނަމަވެސް މި ނަސްލުތަކުގެ މީހުންނަކީ ކޮން އަޞްލެއްގެ ބައެއްކަމާއި މެދު އަދިވެސް ދަނީ ހޫނު ބަހުސްތަކެއް ކުރެވެމުންނެވެ. ޕޮލޭންޑުގެ ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ޑޮކިއުމެންޓް ކުރެވިފައިވާ ފުރަތަމަ ވެރިޔާ ކަމުގައިވާ މިއެސްޒުކޯ1 މަޢުމޫދު ކުރެވުނީ (ބެޕްޓައިޒް ކުރެވުނީ) 966 ވަނަ އަހަރުގައެވެ. މިއެސްޒުކޯ ކެތަލިކް ނަޞާރާއަކަށް ވެ ވަޑައިގަތުމުން އެ ޤައުމުގެ އައު ރަސްމީ ދީނަކީ ކެތަލިކް ނަޞާރާ ދީން ކަމުގައި ހަމަޖެހިގެން ދިޔައެވެ. ދެން އައި އަހަރުތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ނަޞާރާ ދީން އިޚްތިޔާރުކޮށްފައެވެ. މީލާދީން 12 ވަނަ ޤަރުނުގައި ކުދިކުދި އެތައް ދައުލަތަކަށް ޕޮލެންޑް ބައިބައިވެގެން ދިޔައެވެ. މީލާދީން 1320 ވަނަ އަހަރު އަނެއްކާވެސް އެކުވެފައިވާ ޕޮލޭންޑެއްގެ ރަސްކަލަކަށް ވްލަދިސްލާވް 1 ވެ ވަޑައިގަތެވެ. އޭނާގެ ދަރިކަލުން ޗަސީމީރް 3 އަކީ ޕޮލިޝް ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ ރަސްރަަސްކަލުންގެ ތެރެއިން އެއް ބޭފުޅެކެވެ. ޕޮލެންޑަކީ އެ ޤައުމުގެ ދިގު ތާރީޚުގައި މީސް މީހުން ހިޖުރަކުރުމުގެ މަރުކަޒެކެވެ. މި ގޮތުން ޕޮލޭންޑަށް ވަޒަންވެރިވި އެއްބަޔަކީ ޔަހޫދީންނެވެ. 1347 ވަނަ އަހަރާއި 1351 ވަނަ އަހަރާ ދެމެދު “ކަޅު މަރު” ނުވަތަ ޠާޢޫން ބަލި މުޅި ޔޫރަޕަށް ފެތުރިގެން ދިޔައިރުވެސް އެކަމުގެ އަސަރެއް ޕޮލެންޑަކަށް ކޮށްފައެއް ނުވެއެވެ. މީލާދީން 1795 ވަނަ އަހަރާއި 1918 ވަނަ އަހަރާ ދެމެދުގެ އަހަރުތަކަކީ ޕޮލެންޑް އަނެއްކާ ވެސް ބައިކުރެވުނު ދުވަސްތަކެކެވެ. ފުރަތަމަ ބޮޑު ހަނގުރާމަ އާއި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރަކީ ޕޮލޭންޑަށް މާ ރަނގަޅު އަހަރުތަކެއްގެ ގޮތުގައި ބެލެވޭކަށެއް ނެތެވެ. ހަނގުރާމައަށް ފަހުގައި ޕޮލެންޑްވެގެން ދިޔައީ ކޮމިއުނިސްޓް ޤައުމަކަށެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
38 މިލިޔަން މީހުންގެ އާބާދީއެއް އޮތް ޕޮލެންޑަކީ މުޅި ދުނިޔެއަށް ބަލާއިރުގައި 34 ވަނަ އާބާދީއެވެ. ޔޫރަޕަށް ބަލާއިރު އަށްވަނަ އާބާދީއެވެ. ޔޫރަޕިއަން ޔޫނިއަންއަށް ބަލާއިރު 6 ވަނަ އާބާދީއެވެ. ޕޮލެންޑުގެ އާބާދީގައި ބޮޑު ހަނގުރާމައިގެ ކުރީގައި 3 މިލިޔަނެއް ހައި ޔަހޫދީން ތިބި ނަމަވެސް ހިޓްލަރުގެ ޖަރުމަނުން ހިންގި ޢަމަލުތަކުގެ ސަބަބުން ޔަހޫދީންގެ ޢަދަދުވަނީ 300000 އަށް ތިރިވެފައެވެ. 19 ވަނަ ޤަރުނާއި 20 ވަނަ ޤަރުނާ ދެމެދު ޕޮލޭންޑުގެ މީހުންގެ ތެރެއިން އެހެން ޤައުމުތަކުގައި ދިރިއުޅެމުންދިޔަ ވަރަށް ގިނަ ސައިންސްވެރިން ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވިގެންދިޔައެވެ. މީގެ ތެރޭގައި ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ހަމަ އެކަނި ސައިންސްވެރިޔާ (ފްރާންސްގެ) މޭރީ ކިއުރީ ހިމެނެއެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
ޕޮލޭންޑްގެ ސަގާފަތަށް ހުޅަނގާއި އިރުމަތީގެ އަސަރުތައް ވަނީކޮށްފައެވެ. މިއަދު ޕޮލޭންޑްގެ އާކިޓެކްޗަރ އިންނާއި ފަންނުތަކުން މިއަސަރުތައް ދަނީ ފެންނަމުންނެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
ކުރީގެ ކޮމިއުނިސްޓް ޤައުމުތަކުގެ ތެރެއިން އެންމެ ދުޅަހެޔޮ އިޤްތިޞާދެއް އޮތް އެއް ޤައުމަކީ ޕޮލޭންޑެވެ. މިއީ ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 17536 ޑޮލަރެވެ.
chfghgfhg
Cite error: <ref> tags exist, but no <references/> tag was found