ޕެރަގުއޭ
ޕެރަގުއާއި އަކީ ދެކުނު އެމެރިކާ ބައްރަށް ނިސްބަތްވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ބިން ބަންދު ދެ ޤައުމުން އެއް ޤައުމެވެ. މިފަދަ އަނެއް ޤައުމަކީ ބޮލީވިއާއެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ޕެރަގުއާއިގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހާއި ގުއަރާނީ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޕެރަގުއާޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަސުންސިލޯނެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ދުސްތޫރީ، ރިޔާސީ، ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 103 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 406752 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ py. އެވެ. ކޯލިން ކޯޑަކީ +595 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ގުއަރާނީއެެވެ.
ނަން [އުނިއިތުރު ގެންނަވާ]
ޕެރަގުއާއި ގެ ނަން ނެގިފައިވަނީ އެ ޤައުމާ ގުޅިފައި އޮތް ކޯރަކަށް ނިސްބަތް ކޮށެވެ. “ޕެރަ” މި ބަހުގެ މާނައަކީ ވަރަށް ގިނަ ކުލަތަކުގެ. އެވެ. “ގުއާ” ގެ މާނައަކީ އެތަނަށް ނިސްބަތްވާ. އެވެ. “އި” ގެ މާނައަކީ ކޯރު ނުވަތަ ފެންގަނޑެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ޕެރަގުއޭގެ ދެކުނާއި ހުޅަނގު ދެކުނުގައި އޮންނަނީ އާޖެންޓީނާއެވެ. އިރުމައްޗާއި އިރު އުތުރުގައި އޮންނަނީ ބްރެޒީލެވެ. ހުޅަނގު އުތުރުގައި އޮންނަނީ ބޮލީވިއާއެވެ. އެމެރިކާ ބައްރުގައި ޕެރަގުއޭ އޮންނަ މަޤާމުގެ ސަބަބުން ގިނަ ފަހަރަށް ޕެރަގުއޭއަށް ކިޔައި އުޅެނީ ވެސް އެމެރިކާގެ ހިތެވެ.
=ތާރީޚު [އުނިއިތުރު ގެންނަވާ]
ޕެރަގުއާއިގެ ސަރަޙައްދަކީ ވަރަށް ކުރީއްސުރެ އިންސާނުން ދިރިއުޅެން ފަށާފައިވާ ސަރަހައްދެކެވެ. އެމެރިކާ އާއި ދެކުނު އެމެރިކާގެ އެހެން ޤައުމުތައް ފަދައިން ޕެރަގުއާއި ގައި ވެސް ދިރިއުޅެމުން ދިޔައީ އެމެރިންޑިޔަނުންނެވެ. މިއީ ޔޫރަޕުގެ މީހުން އެމެރިކާ ބައްރަށް ވަދެގަތުމުގެ ކުރީންނެވެ. ބައެއް ތަންތަނުގައި ޔޫރަޕުގެ މީހުންނާއި އެމެރިންޑިޔަނުން މަސްހުނިވުމުގެ ކަންތައް ހިނގާފައިވަނީ ތަންކޮޅެއް ކުޑަކޮށެވެ. އެހެން ނަމަވެސް ބައެއް ތަންތަނުގައި ވަރަށް ބޮޑަށް މި މަސްހުނިވުން ފާހަގަކުރެވެއެވެ. ޕެރަގުއާއި އަކީ މިފަދަ އެއް ޤައުމެވެ. ޔޫރަޕުގެ މީހުން މި ސަރަޙައްދަށް ފުރަތަމަ އައިސްފައިވަނީ ސޯޅަވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. އަސުންސިލޯން ޝަހަރު ބިނާކުރެވުނީ 15 އޯގަސްްޓް 1537 ގައެވެ. މި ޝަހަރު ވެގެން ދިޔައީ އިސްޕޭނު މީހުންގެ ހުރިހާ ފައްނުތަކެއް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އެމެރިކާ ބައްރުން ފެނިގެން ދިޔަ އެެއް ޝަހަރެވެ. ޕެރަގުއާއިގެ ތާރީޚަށް ބަލާއިރު، މި ޤައުމު ފާހަގަވެފައިވަނީ އަވަށްޓެރި ޤައުމުތަކާ ވަރަށް ގިނައިން ހަނގުރާމަކޮށްފައިވާ ޤައުމެއްގެ ގޮތުގައެވެ. މިހެން މިކަން ދިމާވުމުގެ އެންމެ މައިގަނޑު ސަބަބަކީ އެ ޤައުމަކީ ބިންބަންދު ޤައުމަކަށް ވުމުގެ ސަބަބުން އެހެން ޤައުމުތަކުގެ ތެރެއިން ލާފައި ނޫން ގޮތަކަށް ކަނޑާ ހަމަޔަށް ނުދެވޭތީ، ކަނޑު މަގެއް ހޯދުން ކަމަށް ބައެއް މުޙައްލިލުން ލަފާ ކުރައްވައެވެ. ޕެރަގުއާއި އަށް ސްޕެއިންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 14 މެއި 1811 ގައެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
ޕެރަގުއާއިއަކީ ދެކުނު އެމެރިކާގެ ޤައުމުތަކުގެ ތެރެއިން އެންމެ މަސްހުނިވުން ބޮޑު އެއް ޤައުމެވެ. ނަތީޖާއެއްގެ ގޮތުން ޕެރަގުއާއިގެ އާބާދީގެ 95% އަކީ މެސްޓިޒޯއިންނެވެ. ނުވަތަ ޔޫރަޕު މީހުންނާއި އެމެރިންޑިޔަނުން އިނދެގެން ލިބިފައިވާ ދަރީންގެ ދަރިކޮޅެވެ. ސަގާފަތު ޕެރަގުއާއިއަކީ މުޅި ދެކުނު އެފްރިކާގައި ވެސް އޮތް އެންމެ ހޯމޯޖީނަސް އެއް ޤައުމެވެ. އެހެން ކަމުން ޕެރަގުއާއިގެ ސަގާފަތުން މިކަމުގެ އަސަރު ފެނިގެންދެއެވެ. އެމެރިންޑިޔަނުންނާއި ސްޕެނިޝް ނުވަތަ ޔޫރަޕުގެ މީހުންގެ މަސްހުނި ސަގާފަތް އެންމެ ބޮޑަށް ފެންނަ ޤައުމަކީ ވެސް ޕެރަގުއާއިއެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
ޕެރަގުއާއި އަކީ ތަރައްޤީ ވަމުން އަންނަ ޤައުމެކެވެ. ދެކުނު އެމެރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ފަޤީރު ޤައުމަކީ ވެސް ޕެރަގުއާއިއެވެ. ދުނިޔޭގައި އެންމެ އަގުހެޔޮކޮށް ދިރިއުޅެވޭ ޝަހަރަކީ ވެސް ޕެރަގުއާއިގެ ވެރިރަށް އަސުންސިއޯނެވެ. މި ގޮތުގައި އެ ޝަހަރު އޮންނަތާ ފަސްވަރަކަށް އަހަރުވަނީވެފައެވެ. ޕެރަގުއާއިގެ އިޤްތިޞާދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަމުން ދަނީ އެ ޤައުމުގެ ދަނޑުވެރިކަމުގެ ޞިނާޢަތެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4786 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found