ޕުއެރްތޮ ރީކޯ
ޕުއެރްތޮ ރީކޯއަކީ މިނިވަން ޤައުމެއް ނޫންކަމުގައި ވިޔަސް މިއީ އެމެރިކާގެ އަންއިންކޯޕަރޭޓެޑް ޓެރިޓަރީއެއް ކަމުގައިވާތީ ޤައުމުތަކުގެ ސަފުގައި ގުނާލެވޭ ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ޕުއެރްތޮ ރީކޯގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހާއި އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޕުއެރްތޮ ރީކަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސަން ހުއާންއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. ޕުއެރްތޮ ރީކޯއަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 3 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 125 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އެމެރިކާގެ ސްޓޭޓްތަކާއި ޓެރިތަރީތަކަށް ބަލާއިރުގައި 27 ވަނައަށް އެންމެ ބޮޑު އާބާދީއެވެ. ބިމުގެ ބޮޑުމިނަކީ 9104 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ br. އެވެ. ކޯލިން ކޯޑަކީ +1-787 ، +1-939 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔުނައިޓެޑް ސްޓޭޓްސް ޑޮލަރެވެ.
ނަން [އުނިއިތުރު ގެންނަވާ]
“ޕުއެރްތޮ ރީކޯ” މިއީ ސްޕެނިޝް ބަހުން އައިސްފައިވާ ނަމެކެވެ. މި ނަމުގެ މާނައަކީ “ރިޗް ޕޯރޓް” އެވެ. މުއްސަނދި ބަނދަރެވެ. މި ޤައުމުގެ ރަސްމީ ނަމަކީ ކޮމަން ވެލްތު އޮތް ޕުއެރްތޮ ރީކޯއެވެ. ސްޕެއިން ބަހުން ކިޔާ ނަމަކީ “އެސްތާދޯ ލިބްރޭ އެސޮސިއާދޯ ދި ޕުއެރްތޮ ރީކޯ” އެވެ. އިނގިރޭސި ބަހުން ތަރުޖަމާ ކުރާ ނަމަ، މީގެ މާނައަކީ “އެސޯސިއޭޓެޑް ފްރީ ސްޓޭޓް އޮފް ޕުއެރްތޮ ރީކޯ” އެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ޕުއެރްތޮ ރީކޯ އޮންނަނީ އިރުއުތުރު ކެރީބިޔަން ކަނޑުގައެވެ. ޑޮމިނިކަން ރިޕަބްލިކްގެ އިރުމަތީގައި ވަރޖިން އައިލެންޑްސްގެ ހުޅަނގުގައެވެ. ޕުއެރްތޮ ރީކޯއަކީ ޖަޒީރާ ޤައުމެކެވެ. މި ޤައުމު އެކުލެވިގެންވަނީ ޕުއެރްތޮ ރީކޯގެ މައި ޖަޒީރާގެ އިތުރުން ބައެއް ކުދި ޖަޒީރާ ރަށްރަށުގެ މައްޗަށެވެ. ކެރީބިޔަން ސަރަޙައްދުގެ ހަތަރު މައި ޖަޒީރާއަށް ބަލާއިރުގައި ބިމުގެ ގޮތުން އެންމެ ކުޑައީ އަދި އާބާދީގެ ގޮތުން ދެވަނައަށް އެންމެ ކުޑައީ ޕުއެރްތޮ ރީކޯގެ މައިޖަޒީރާއެވެ. އަނެއް ތިން ޖަޒީރާއަކީ ކިޔުބާ އާއި އައިލެންޑް އޮފް ހިސްޕެނިޔޯލާ އާއި ޖެމެއިކާއެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
ކްރިސްޓޮފަރ ކޮލަންބަސް ޕުއެރްތޮ ރީީކޯއަށް ވަޑައިގެންނެވުމުގެ ކުރީގެ ތާރީޚު މާ ބޮޑަށް ސައުފުނުވާ ކަމުގައި ޕުއެރްތޮ ރީކޯއާ މެދު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. ޕުއެރްތޮ ރީކޯގެ ކުރީގެ ތާރީޚާ މެދު މިއަދު އެނގެނީ އާސާރީ ހޯދުންތަކުގެ މައްޗަށް ކުރެވިފައިވާ ދިރާސާތަކުން އެނގޭ އެއްޗެކެވެ. އެންމެ ފުރަތަމަ ފަހަރަށް ޕުއެރްތޮ ރީކޯގެ ތާރީޚުގެ މައްޗަށް ފޮތެއް ލިޔެެވިފައިވަނީ 1786 ވަނަ އަހަރުއެވެ. އެއީ ސްޕޭނު މީހުން ޕުއެރްތޮ ރީކޯއަށް އައިތާ 293 އަހަރު ފަހުންނެވެ. މި ފޮތް ލިޔުއްވީ ފްރޭއި އިޏިގޯ އަބާދް އި ލަސިއޭރާ އެވެ. އެންމެ ފުރަތަމަ ޕުއެރްތޮ ރީކޯގައި ވަޒަންވެރިވެފައިވަނީ އެމެރިންޑިޔަން މީހުންގެ ތެރެއިން ޝިކާރަކުރާ މީހުންނާއި މަސްވެރީންނެވެ. ޕުއެރްތޮ ރީކޯ ސްޕެއިނުގެ ދަށުން ނެއްޓި އެމެރިކާގެ އިސްތިޤްލާލުގެ ދަށަށް ވަނީ 10 ޑިސެންބަރު 1898 ގައެވެ.
ޑެމޮގްރަފިކްސް= [އުނިއިތުރު ގެންނަވާ]
ޕުއެރްތޮ ރީކޯގެ އާބާދީއަށް ބަލާއިރުގައި 76.2% އަކީ ދޮން މީހުންނެވެ. މިއީ މައިގަނޑު ގޮތެއްގައި ސްޕެނިޝް ދަރިކޮޅުގެ މީހުންނެވެ. ކަޅު މީހުންގެ ނިސްބަތަކީ 6.9% އެވެ. އޭޝިޔާ ދަރިކޮޅުގެ މީހުންގެ ނިސްބަތަކީ 0.3% އެވެ. އެމެރިންޑިޔަނުންގެ ނިސްބަތަކީ 0.2% އެވެ. މެސްޓިޒޯ ނުވަތަ މަސްހުނި ނަސްލުގެ މީހުންނަކީ 4.4% އެވެ. އެހެން ނަސްލުތަކަށް ނިސްބަތްވާ 12% އެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
ސަގާފަތަށް ބަލާއިރުގައި ޕުއެރްތޮ ރީކޯގެ ސަގާފަތް ބިނާވެފައިވަނީ ތަފާތު ހަތަރު ސަގާފަތެއްގެ މައްޗަށެވެ. އެއީ އަޅުންގެ ކިބައިން ތަޢާރަފުވި އެފްރިކާގެ ސަގާފަތާއި އެމެރިންޑިޔަނުންގެ ފުށުން ތަޢާރަފުވި ޓައިނޯ ސަގާފަތާއި ސްޕޭނު މީހުންގެ ސަގާފަތުގެ އިތުރުން އުތުރު އެމެރިކާގެ މީހުންގެ ސަގާފަތެވެ. އެހެންކަމުން މިއަދުގެ ޕުއެރްތޮ ރީކޯގެ ސަގާފަތަކީ މި ދެންނެވި ހަތަރު ސަގާފަތުގެ މަސްހުނިގަނޑެކޭ ބުނުމަށް ވުރެ ރަނގަޅުވާނީ، އެ ހަތަރު ސަގާފަތުން މުއްސަނދިކަން ލިބިފައިވާ ތަފާތު ސަގާފަތެކެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
ޕުއެރްތޮ ރީކޯގެ އިޤްތިޞާދުގައިި އެންމެ މުހިއްމު ދައުރެއް އަދާކުރަމުން އައީ ދަނޑުވެރިކަމެވެ. މި ގޮތުން އުއްދަނޑީގެ ދަނޑުވެރިކަން ފާހަގަކޮށްލެވެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 19600 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found