ޕިސްތާ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ޕިސްތާ ގަހެއްގައި ޕިސްތާ އަޅާފައި

ޕިސްތާ (އިނގިރޭސި ބަހުން: Pistachio)އަކީ ފެހިކުލައިގައި ހުންނަ ކުދި މޭވާ އެކެވެ.މިއީ ޕިސްތާ ގަހުގައި އަޅާ މޭވާ އެކެވެ. މިމޭވާގެ އެތެރޭގައި ހުންނަ އޮށަކީ ޕިސްތާ ބަދަން އެވެ. ޕިސްތާ ގަސް ހެދެނީ އާންމުކޮށް 10 މީޓަރުގެ އުސްމިނަށެވެ. ޕިސްތާ ގަސް އާންމުކޮށް ހެދެނީ ފަރުބަދަ މަތީ ހިސާބުތަކުގައެވެ. ޚާއްޞަކޮށް އިރާން، ތުރުކުމަނިސްތާން އަދި އަފްޣާނިސްތާންގައި މިގަސް ހެދޭކަަމަށް ފާހަގަ ކުރެވިފައި ވެއެވެ. ޕިސްތާ ގަހުގެ ދެޖިންސުގެ ގަސް ހުރެއެވެ.

ޕިސްތާ ބަދަނުގެ ބަރުދަނުގައި 1 ގްރާމް ވަރުހުރެއެވެ. ޕިސްތާ ގަހަކުން އަހަރަކު 50 ކިލޯ ގްރާމްގެ ޕިސްތާ ބަދަން، އުފައްދައެވެ. މާނައަކީ އަހަރަކު 50 ހާސް ޕިސްތާ އުފެދެއެވެ. ޕިސްތާ ގަސް ދުނިޔޭގައި ހުންނަތާ މިހާރު 80 މިލިއަން އަހަރު ވެދާނެ ކަމަށް ބުނެވެއެވެ.