ޕަޕުއާ ނިއު ގިނީ
ޕަޕުއާ ނިއު ގިނީއަކީ އޯޝަނިޔާ ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ. މި ޤައުމަކީ އާބާދީގެ ތަރުތީބަށް ބަލާއިރު، ދުނިޔޭގައި 100 ވަނަ އަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އެހެން ކަމުން ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސަތޭކަ ޤައުމުގެ ލިސްޓުގެ އެންމެ ފަހަތުގައި އޮތް ޤައުމަކީ ވެސް ޕަޕުއާ ނިއު ގިނީއެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ޕަޕުއާ ނިއު ގިނީގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި ތޮކް ޕިސިން ބަހާއި ހިރި މޮތު ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޕަޕުއާ ނިއު ގިނިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޕޯޓް މޮރެސްބީ ޝަހަރެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. އަދި ފެޑެރަލް ދުސްތޫރީ ރަސްކަމެކެވެ. އެހެނީ ޕަޕުއާ ނިއު ގިނީއަކީ ކޮމަންވެލް^ް ރިއަލްމެކެވެ. މިއީ މިނިވަން ޤައުމެއް ކަމުގައި ވިޔަސް ދައުލަތުގެ ވެރިޔަކީ އިނގިރޭސި ރާނީ ކްއީން އެލިޒަބަ^ް 2 ވަނައެވެ. ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 100 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 462840 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ pg. އެވެ. ކޯލިން ކޯޑަކީ +675 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކީނާއެވެ.
ނަން [އުނިއިތުރު ގެންނަވާ]
ޕަޕުއާ ނިއު ގިނީގެ ރަސްމީ ނަމަކީ އިންޑިޕެންޑެންޓް ސްޓޭޓް އޮފް ޕަޕުއާ ނިއު ގިނީއެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ޕަޕުއާ ނިއު ގިނީގެ އެއްބަޔަކީ ނިއު ގިނީ ޖަޒީރާގެ އިރުމަތީ ބައެވެ. މި ޖަޒީރާގެ ހުޅަނގު ބައި އޮންނަނީ އިންޑޮނޭޝީޔާގެ ބައެއްގެ ގޮތުގައެވެ. އެއީ އިންޑޮނޭޝިޔާގެ ޕަޕުއާ ޕްރޮވިންސާއި ވެސްޓް ޕަޕުއާ ޕްރޮވިންސުގެ ގޮތުގައެެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
އާސާރީ ހެކިތަކުން ފެންނަ ގޮތުގައި މީގެ 50000 އަހަރު ކުރީން ވެސް ޕަޕުއާ ނިއު ގިނީ ސަރަޙައްދުގައި މީހުން ދިރިއުޅެފައިވެއެވެ. ތާރީޚު ޢިލްމުވެރީން ޤަބޫލުފުޅު ކުރައްވާ ގޮތުގައި ޕަޕުއާ ނިއު ގިނީގައި އިންސާނުން އާބާދުވެފައިވާނީ އޮސްޓްރޭލިޔާއާ އެއް ދުވަސްވަރެއްގައެވެ. ޕަޕުއާ ނިއު ގިނީ ކުރީން އޮތީ އޮސްޓްރޭލިޔާގެ ވެރިކަމުގެ ދަށުގައެވެ. އޮސްޓްރޭލިޔާގެ ސީދާ ވެރިކަމުގެ ދަށުން ނެއްޓި ޒާތީ ވެރިކަމެއް ކުރުމުގެ ފުރުޞަތު އެ ޤައުމަށް ލިބިގެން ދިޔައީ 1 ޑިސެންބަރު 1973 އިން ފެށިގެންނެވެ. މިނިވަންކަން ލިބުނީ 16 ޑިސެންބަރު 1975 ގައެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
މުޅި ދުނިޔެއަށް ބެލި ކަމުގައި ވިޔަސް އެންމެ ނަސްލުތަކުގެ ތަފާތު ބޮޑު އެއް ޤައުމުގެ ތެރޭގައި ޕަޕުއާ ނިއު ގިނީ ހިމެނޭނެއެވެ. ޕަޕުއާ ނިއު ގިނީގެ އަދިވާސީން ކަމުގައި ހިމެނޭ އެތައް ސަތޭކަ ނަސްލެއްގެ މީހުން މިއަދު ވެސް އެ ބިމުގައި ދިރިއުޅެމުން އެބަ ގެންދެއެވެ. ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ނެތް ވަރަށް ތަފާތު ބަސްބަހުން މޮށި އުޅޭ މީހުން ޕަޕުއާ ނިއު ގިނީގައި އެބަ ތިއްބެވެ. މި ގޮތުން ތަފާތު 820 އަދިވާސީ ބަސް ފާހަގަ ކުރެވިފައިވެއެވެ. އެހެން ކަމުން މުޅި ދުނިޔޭގައި މޮށިއުޅޭ ބަސްތަކުގެ ތެރެއިން 12% ބަސް ނިސްބަތްވަނީ ޕަޕުއާ ނިއު ގިނީއަށެވެ. ޕަޕުއާ ނިއު ގިނީގައި ތަޢުލީމު ދެވެނީ އިނގިރޭސި ބަހުންނެވެ. އެހެން ނަމަވެސް މިއީ އެހައި ޢާއްމު ބަހެއް ނޫނެވެ. ޕަޕުއާ ނިއު ގިނީ ގައި މިއަދު އެންމެ ގިނަ މީހުން މޮށިއުޅޭ ބަހަކީ ތޮޮކް ޕިސިން ބަސް ނުވަތަ ނިއު ގިނީ ޕިޑްގިން ބަހެވެ. މިއީ މި ޤައުމުގެ ރަސްމީ ބަސްތަކުގެ ތެރޭގައި ހިމެނޭ ބަހެކެވެ. މި ބަސް އެންމެ ޢާއްމު ނޫން ސަރަޙައްދަކީ ޕަޕުއާގެ ދެކުނު ސަރަޙައްދެވެ. މި ސަރަޙައްދުގައި މޮށި އުޅޭ ޢާއްމު ބަހަކީ ހިރި މޮތު ބަހެވެ. މިއީ ވެސް ޤައުމުގެ ރަސްމީ ބަހެކެވެ. ވަނުއާޓޫ ފިޔަވައި މުޅި ދުނިޔޭގައި ވެސް މޮށިއުޅޭ ބަސްތަކުގައި އެންމެ ތަފާތު އަދި އެންމެ ގިނަ ބަސްބަހުން މޮށިއުޅޭ ތަނަކީ ޕަޕުއާ ނިއު ގިނީއެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
ޕަޕުއާ ނިއު ގިނީގައި ތަފާތު 1000 އެއް ހައި ސަގާފީ ގުރޫޕު ދިރިއުޅޭ ކަމަށް ބެލިފައިވެއެވެ. ޕަޕުއާ ނިއު ގިނީ އަކީ ސަގާފީ ގޮތުން އެތަކެއް ތަފާތު ހުރި، އެތައް ނަސްލެއްގެ މީހުން ދިރިއުޅެމުންދާ ތަނެއް ކަމުން، މި ތަނަކީ ދުނިޔޭގައި އެންމެ ބޮޑަށް ސަގާފީ މުއްސަނދިކަން ލިބިފައިވާ އެއް ތަނުގެ ގޮތުގައި ބެލެވިފައިވެއެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
ޕަޕުއާ ނިއު ގިނީ އަކީ ޤުދުރަތީ ވަސީލަތްތަކުން މުއްސަނދިކަން ލިބިފައިވާ ތަނެކެވެ. އެހެން ނަމަވެސް ޤައުމުގެ ހިންގުމުގެ ކަންތައް ދޯހަޅިވުމުގެ ސަބަބުން އެކަމުގެ އަސަރުވަނީ އިޤްތިޞާދަށް ކޮށްފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 2108 ޑޮލަރެވެ.
ރިފަރެންސް [އުނިއިތުރު ގެންނަވާ]
- ↑ Sir Michael Somare (2004-12-06). Stable Government, Investment Initiatives, and Economic Growth. Keynote address to the 8th Papua New Guinea Mining and Petroleum Conference (Google cache). Retrieved on 2007-08-09.
- ↑ Never more to rise. The National (February 6, 2006). Retrieved on 2005-01-19.
- ↑ Official languages of Papua New Guinea
- ↑ United Nations, Department of Economic and Social Affairs Population Division (2009). World Population Prospects, Table A.1. 2008 revision. [1] Retrieved 2009-08-28.
- ↑ 5.0 5.1 5.2 5.3 Papua New Guinea. International Monetary Fund. Retrieved on 2009-10-01.