ޔުގެންޑާ
| Republic of Uganda Jamhuri ya Uganda |
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: "For God and My Country" | ||||||
| Anthem: Oh Uganda, Land of Beauty |
||||||
| Capital (and largest city) |
Kampala | |||||
| Official languages | English,[1] Swahili[2] | |||||
| Vernacular languages | Luganda, Luo, Runyankore, Ateso, Lusoga | |||||
| Demonym | Ugandan | |||||
| Government | Democratic Republic | |||||
| - | President | Yoweri Museveni | ||||
| - | Vice President | Gilbert Bukenya Balibaseka | ||||
| - | Prime Minister | Apolo Nsibambi | ||||
| Independence | from the United Kingdom | |||||
| - | Republic | October 9, 1962 | ||||
| Area | ||||||
| - | Total | 236,040 km2 (81st) 91,136 sq mi |
||||
| - | Water (%) | 15.39 | ||||
| Population | ||||||
| - | 2009 estimate | 32,710,000[3] (38th) | ||||
| - | 2002 census | 24,227,297 | ||||
| - | Density | 138.5/km2 (82nd1) 358.9/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $36.745 billion[4] | ||||
| - | Per capita | $1,146[4] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $14.565 billion[4] | ||||
| - | Per capita | $454[4] | ||||
| Gini (1998) | 43 (medium) | |||||
| HDI (2008) | ||||||
| Currency | Ugandan shilling (UGX) |
|||||
| Time zone | EAT (UTC+3) | |||||
| - | Summer (DST) | not observed (UTC+3) | ||||
| Drives on the | left | |||||
| Internet TLD | .ug | |||||
| Calling code | +2562 | |||||
1Rank based on 2005 figures. 2 006 from Kenya and Tanzania. |
||||||
ރިޕަބްލިކް އޮފް ޔޫގެންޑާއަކީ އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ބިންބަންދު ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ޔޫގެންޑާގެ ރަސްމީ ބަހަކީ އިނގިރޭސިބަހާއި ސަވާހިލީ ބަހެވެ. އިނގިރޭސި ބަހުން ޔޫގެންޑާގެ މީހުންނަށް ކިޔަނީ ޔޫގެންޑަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކަންޕާލާއެވެ. ޔޫގެންޑާގެ ވެރިރަށަކީ ކަންޕާލާއެވެ. ޔޫގެންޑާއަކީ ޑިމޮކްރެޓިކް ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 32 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 37 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.2 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ug. އެވެ. ކޯލިން ކޯޑަކީ +256 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫގެންޑަން ޝިލިންގެވެ.
ނަން [އުނިއިތުރު ގެންނަވާ]
ޔޫގެންޑާގެ ނަން ނިސްބަތް ކުރެވިފައިވަނީ ބޫގެންޑާ ރަސްކަމަށެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ޔޫގެންޑާގެ އިރުމަތީގައި އޮތީ ކެންޔާއެވެ. އުތުރުގައި އޮތީ ސޫދާނެވެ. ހުޅަނގުގައި އޮތީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއެވެ. ހުޅަނގު ދެކުނުގައި އޮތީ ރުވާންޑާއެވެ. ދެކުނުގައި އޮތީ ޓެންޒޭނިޔާއެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
މީގެ 2300 ވަރަކަށް އަހަރު ކުރީން ޔޫގެންޑާގެ ސަރަހައްދުގައި ވަޒަންވެރިވެފައިވަނީ ޝިކާރަކުރާ މީހުންނެވެ. ބަންޓޫ ބަހުން ވާހަކަ ދައްކާ މީހުންވަނީ ޤައުމުގެ ދެކުނުގައި ވަޒަންވެރިވެފައެވެ. ބެލެވިފައިވާ ގޮތުން މި މީހުންނަކީ މެދުތެރޭ އަދި ހުޅަނގު އެފްރިކާއިން އައިސް ވަޒަންވެރިވި ބައެކެވެ. މި މީހުންވަނީ ޔޫގެންޑާއަށް ދަގަނދުގެ މަސައްކަތްކުރުމުގެ ހުނަރުތައް ތަޢާރަފުކޮށްފައެވެ. އިޖްތިމާޢީ ގޮތުންނާއި ސިޔާސީ ގޮތުން އައު ވިސްނުންތައް ގެނެސްފައެވެ. ޢަރަބި ވިޔަފާރިވެރިން އިރުމަތީ އެފްރިކާއަށް ގޮސްފައިވަނީ މީލާދީން 1830 ވަނަ އަހަރު ތާނގައެވެ. 1860 ގައި އިނގިރޭސީންވަނީ ޔޫގެންޑާއަށް އައިސްފައެވެ. ޕްރޮޓެސްޓެންޓު މުބައްޝިރުން (މިޝަނަރީން) ޔޫގެންޑާއަށް ވަދެފައިވަނީ 1877 ވަނަ އަހަރުގައެވެ. ކެތަލިކް މުބައްޝިރުން ވަދެފައިވަނީ 1879 ގައެވެ. 1900 ވަނަ އަހަރާއި 1920 ވަނަ އަހަރާ ދެމެދުގައި ނިދިބަލީގެ ސަބަބުން މި ސަރަޙައްދުން 250000 އަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
ޔޫގެންޑާއަކީ ވަރަށް ގިނަ ނަސްލުތަކުގެ މީހުންގެ ވަޒަނެއް ކަމުގައިވެފައިވާ ޤައުމެކެވެ. މީގެ ތެރެއިން އެއްވެސް ނަސްލެއްގެ ބަޔަކަށް މުޅި ޤައުމުގެ އާބާދީގެ ފުރިހަމަ އަޣުލަބިއްޔަތެއް ލިބިފައެއް ނުވެއެވެ. ޔޫގެންޑާގައި ތަފާތު 40 ބަހަކުން ވާހަކަ ދައްކައެވެ. ޔޫގެންޑާގެ މިނިވަންކަމަށް ފަހު އެ ޤައުމުން ވަނީ ރަސްމީ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސާފައެވެ. ޔޫގެންޑާގެ އިނގިރޭސި ބަހުގައި ވަނީ އެ ޤައުމުގެ ކުލަޖެހިފައެވެ. ސަވާހިލީ ބަހަކީ އިރުމަތީ އަދި މެދުތެރޭ އެފްރިކާގައި އެންމެ ބޮޑަށް ބޭނުންކުރާ އެއްބަހެއް ކަމުގައިވާތީ 2005 ވަނަ އަހަރުގައި އެ ޤައުމުންވަނީ ސަވާހިލީ ބަހަކީ އެ ޤައުމުގެ ދެވަނަ ރަސްމީ ބަހެއްގެ ގޮތުގައި ހަމަޖައްސާފައެވެ. ޔޫގެންޑާގައި އޮތީ ވަރަށް ޒުވާން އާބާދީއެކެވެ. އެ ޤައުމުގެ އާބާދީގެ މީޑިޔަން ޢުމުރަކީ 15 އަހަރެވެ. ޔޫގެންޑާގައި އެންމެ ގިނައީ ކްރިސްޓިއަނުންނެވެ. ޔޫގެންޑާގެ އާބާދީގެ 78% އަކީ ކްރިސްޓިއަނުންނެވެ. މުސްލިމުންނަކީ 12%އެވެ. އެހެން ދީންތަކަށް ތަބަޢަވާ އަދި އެއްވެސް ދީނަކަށް ތަބަޢަނުވާ މީހުންގެ ޖުމްލައަކީ 10% އެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
ޔޫގެންޑާގެ ސަގާފަތަކީ ވަރަށް ބޮޑު ތަފާތުތަކެއް އެކުލެވިފައިވާ ސަގާފަތެކެވެ. ޔޫގެންޑާގެ އާބާދީގައި ހިމެނޭ އިންޑިޔާ ދަރިކޮޅުގެ މީހުން އީދީ އަމީނުގެ ދުވަސްވަރުގައި ޤައުމުން ބޭރުކޮށްލެވުނު ނަމަވެސް އެމީހުން މިހާރުވަނީ ޤައުމަށް އެނބުރި އައިސްފައެވެ. ނަތީޖާއެއްގެ ގޮތުން ޔޫގެންޑާގެ ސަގާފަތުގެ ތެރޭގައި އިންޑިޔާގެ ރަހަތައް ވަރަށް ބޮޑަށް އެކުލެވިފައިވެއެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
އެތައް ދުވަހެއް ވަންދެން ޔޫގެންޑާއިން ވަނީ ބަލިކަށި އިޤްތިޞާދީ ސިޔާސަތުތަކަކާ ހެދި ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނިފައެވެ. މިހާރު އެ ޤައުމުން ވަނީ އިޤްތިޞާދީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. މިކަމުގެ ސަބަބުން 2008 ވަނަ އަހަރު ޔޫގެންޑާގެ އިޤްތިޞާދަށް ވަނީ 7% ގެ ކުރިއެރުމެއް އައިސްފައެވެ. ޔޫގެންޑާއަކީ ޤުދުރަތީ ވަޞީލަތްތަކެއް ލިބިފައިވާ ޤައުމެކެވެ. މި ގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ދަނޑުވެރިކަމަށް ރަނގަޅު ފަހާއި، ޤަވާޢިދުން ވާރޭ ވެހުމާއި، ކޮޕަރ އަދި ކޮބޯލްޓް ފަދަ މިނަރަލްތަކުގެ ފުދޭވަރެއްގެ ރިޒަރވެއް ހުރުމާއި، ގޭހާއި ތެޔޮ ހުރުން ހިމެނެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1146 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found