ޔުކްރެއިން

ވިކިޕީޑިއާ އިން
Ukraine
Україна
AnthemЩе не вмерла України і слава, і воля  (Ukrainian)
Shche ne vmerla Ukrayiny i slava i volya  (transliteration)
Ukraine's glory has not perished, nor her freedom

Capital
(and largest city)
Kyiv (Kiev)
50°27′N 30°30′E / 50.45°N 30.5°E / 50.45; 30.5
Official languages Ukrainian
Demonym Ukrainian
Government Unitary semi-presidential republic
 -  President Viktor Yushchenko (NUNS)
 -  Prime Minister Yulia Tymoshenko (BYuT)
 -  Speaker of the Parliament Volodymyr Lytvyn (BL)
Legislature Verkhovna Rada
Formation
 -  Kievan Rus' 8821 
 -  Kingdom of Rus' 11991 
 -  Cossack Hetmanate 1649 
 -  Ukrainian National Republic March 17, 1917 
 -  West Ukrainian National Republic November 1, 1918 
 -  Ukrainian SSR December 30, 1922 
 -  Independence from the Soviet Union August 24, 19912 
Area
 -  Total 603,628 km2 (44th)
233,090 sq mi 
 -  Water (%) 7%
Population
 -  2009 estimate 46,011,300[1] (27th)
 -  2001 census 48,457,102 
 -  Density 77/km2 (115th)
199/sq mi
GDP (PPP) 2008 estimate
 -  Total $337.268 billion[2] 
 -  Per capita $7,342[2] 
GDP (nominal) 2008 estimate
 -  Total $179.604 billion[2] 
 -  Per capita $3,910[2] 
Gini (2006) 31[3] (medium
HDI (2005) Green Arrow Up Darker.svg 0.788 (medium) (76th)
Currency Hryvnia (UAH)
Time zone EET (UTC+2)
 -  Summer (DST) EEST (UTC+3)
Drives on the right
Internet TLD .ua
Calling code 380
1 The ancient state of Kievan Rus' was formed in 882 on the territory of modern Ukraine. From the historiographical point of view, Rus' polity is considered by some historians and the Ukrainian parliament as an early predecessor of the Ukrainian nation.[4]
2 An independence referendum was held on December 1 after which Ukrainian independence was finalized on December 26. The current constitution was adopted on June 28, 1996.

ޔުކްރެއިނަކީ އިރުމަތީ ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.

ފިހުރިސްތު

[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް

ޔުކްރެއިންގެ ރަސްމީ ބަހަކީ ޔުކްރޭނިއަންއެވެ. އިނގިރޭސި ބަހުން ޔުކްރެއިން މީހުންނަށް ކިޔަނީ ޔުކްރޭނިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކިއެވްއެވެ. ޔުކްރެއިންގެ ވެރިރަށަކީ ވެސް ކިއެވްއެވެ. ޔުކްރެއިންއަކީ ސެމި ޕްރެޒިޑެންޝަލް ވެރިކަމެއް އޮންނަ ޔުނިޓަރީ ދައުލަތެކެވެ. ޤައުމުގެ އާބާދީއަކީ 46 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 27 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.6 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ua. އެވެ. ކޯލިން ކޯޑަކީ +380 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔުކްރޭނިއަން ހްރިވްނިޔާއެވެ.

[އުނިއިތުރު ގެންނަވާ] ނަން

ތާރީޚުގެ ތެރެއިން ޔުކްރެއިން، މި ނަން ފާހަގަވާން ފަށާފައިވަނީ 1187 ހާ ތާނގައެވެ.

[އުނިއިތުރު ގެންނަވާ] ޖުޣުރާފީ

ޔުކްރެއިނުގެ އިރުމަތީގައި އޮތީ ރަޝިޔާއެވެ. އުތުރުގައި އޮތީ ބެލާރުސްއެވެ. ހުޅަނގުގައި އޮތީ ޕޮލޭންޑާއި ހަންގޭރީއާއި ސްލޮވާކިޔާއެވެ. ހުޅަނގު ދެކުނުގައި އޮތީ ރުމޭނިޔާއާއި މޮލްޑޯވާއެވެ. ދެކުނުގައި އޮތީ ކަޅު ކަނޑާއި ސީ އޮފް އަޒޯފެވެ.

[އުނިއިތުރު ގެންނަވާ] ތާރީޚު

ޔުކްރެއިނުގެ މިޒަމާނުގެ ތާރީޚު ފެށިފައިވަނީ އިރުމަތީ ސްލެވުންނާ ހިސާބުންނެވެ. އެހެން ނަމަވެސް ޢީސާއީ މީލާދުގެ 4500 އަހަރު ކުރީން ވެސް ޔުކްރެއިނުގައި މީހުން ދިރިއުޅެފައިވާކަން އެނގެއެވެ. ޔުކްރެއިނުގެ ތާރީޚުގައި އެ ޤައުމަށް އެންމެ ބޮޑު ގެއްލުންތަކެއް ލިބިގެން ދިޔައީ 1657 އާއި 1686 ދެމެދުގައެވެ. މި ދުވަސްވަރަކީ ޔުކްރެއިނުގެ ސަރަޙައްދުގައި ރަޝިޔާ އާއި ޕޮލޭންޑާއި ތުރުކީން ހަނގުރާމަކުރަމުން ދިޔަ ދުވަސްވަރެކެވެ. އެހެންކަމުން މި ދުވަސްވަރު ޔުކްރެއިނުގެ ތާރީޚުގައި ފާހަގަކުރެވިފައިވަނީ ޔުކްރެއިނުގެ ތަރައްޤީ އާއި ކުރިއެރުން އެތައް ހިސާބަކަށް ފަހަތަށް ޖައްސައި ޔުކްރެއިނުގެ ޢުމްރާނީ ތަރައްޤީ މުޅިން ވިއްސިވިހާލި ވެގެންދިޔަ ދުވަސްވަރުގެ ގޮތުގައެވެ. އެހެންކަމުން މި 30 ވަރަކަށް އަހަރު ޔުކްރެއިނުގެ ތާރީޚުގައި ފާހަގަކުރެވިފައިވަނީ “ދަ ރުއިން”ގެ ނަމުންނެވެ. 19 ވަނަ ޤަރުނުގެ ތެރޭގައި ޔުކްރެއިނުގެ ސަރަޙައްދު ބެލެވިފައި އޮތީ ރޫރަލް ސަރަޙައްދެއްގެ ގޮތުގައެވެ. ރަޝިޔާ އާއި އޮސްޓްރިޔާއާ ދެ ޤައުމުން ވެސް އަޅާނުލާ އޮތް ސަރަޙައްދެއްގެ ގޮތުގައެވެ. ދެން ފެށިގެން އައީ ޔުކްރެއިނުގެ ޤައުމިއްޔަތުގެ ރޫޙު ދިރިގެން އައި ދުވަސްކޮޅެވެ. 1814 ވަނަ އަހަރުން 1861 ވަނަ އަހަރާ ހަމަޔަށް އުޅުނު މަޝްހޫރު ވަޠަނީ ޅެންވެރިޔާ ތަރަސް ޝެވްޗެންކޯމެންގެ މަސައްކަތުން ޔުކްރެއިނުގެ ޤައުމިއްޔަތު ހޭލައްވާލިއެވެ. ރަޝިޔާގެ ސަރުކާރުންވަނީ ޔުކްރެއިނުގެ ޤައުމިއްޔަތު ދިރިގެން ދިޔަ ނުދިނުމަށްޓަކައި އެތައް ފިޔަވަޅެއް އަޅާފައެވެ. މި ގޮތުން އެމީހުން އެންމެ ބޮޑު މަސައްކަތެއްކޮށްފައިވަނީ ޔުކްރެއިނުގެ ބަސް ނައްތާލުމަށެވެ. ކޮންމެ ބައެއްގެ ވެސް މާދަރީ ބަހަކީ އެބައެއްގެ ޤައުމިއްޔަތުގެ އެންމެ މުހިއްމު ބަހާ ކަމުގައިވާތީއެވެ. 16 ޖުލައި 1990 ގައި ޔުކްރެއިނުގެ އައު ބަރުލަމާނުން ޔުކްރެއިނުގެ މުސްތަޤިއްލު މިނިވަންކަމުގެ ޤަރާރެއް އެކަށައެޅިއެވެ. އޯގަސްޓް 24، 1991 ގައި ރަޝިޔާގެ ކިބައިން ޔުކްރެއިނަށް ފުރިހަމަ މިނިވަންކަން ލިބިގެންދިޔައެވެ. މިއަދު ޔުކްރެއިނަކީ މުޅި ޔޫރަޕުގައި ވެސް ރަޝިޔާ ފިޔަވައި އެންމެ ބޮޑު ލަޝްކަރެއް އޮތް ޤައުމެވެ.

[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް

އާބާދީގައި 46 މިލިޔަން މީހުން ތިބި ޔުކްރެއިނަކީ އާބާދީގެ ގޮތުން ދުނިޔޭގެ 27 ވަނަ ޤައުމެވެ. ޔުކްރެއިނުގެ އާބާދީގެ 77.8% އަކީ ޔުކްރެއިން ނަސްލުގެ މީހުންނެވެ. އާބާދީގެ 17.3% އަކީ ރަޝިޔާ ނަސްލުގެ މީހުންނެވެ. މީގެ އިތުރުން މޮލްޑޯވަނުންނާއި، ބަލްގޭރިއަނުންނާއި ރޫމޭނިއަނުންނާއި، އަރްމީނިއަނުންނާއި، ބެލާރޫސިއަނުންނާއި، ކްރީމިއަން ތަތާރުންނާއި، ހަންގޭރިއަނުންނާއި، ޕޯލުންނާއި، ޔަހޫދީންނާއި، ޔޫނާނީންނާއި، ތަތާރުން ޔުކްރެއިނުގެ އާބާދީގެ ތެރޭގައި ހިމެނެއެވެ.

[އުނިއިތުރު ގެންނަވާ] ސަގާފަތު

ޔުކްރެއިނުގެ ސަގާފަތަށް އެންމެ ބޮޑު އަސަރެއް ފޯރުވަނީ ޔުކްރެއިނުގެ ގިނަ މީހުން އެ ދީނަކަށް ތަބަޢަވާ ނަޞާރާދީނާ ގުޅިފައި ހުރި ކަންތައްތަކުންނެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ޔޫރަޕުގެ އެހެން ޤައުމުތަކާ ޚިލާފަށް ޔުކްރެއިނުގައި މާމަ، (މަންމަގެ މަންމަ)، މާފަ (މަންމަގެ ބައްޕަ)، ކާފަ (ބައްޕަގެ ބައްޕަ) އަދި މުންނަ (ބައްޕަގެ މަންމަ)ގެ ރޯލު ބޮޑުކަމަށް ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން ބާވަ (ބައްޕަ ފަރާތު ބޮޑުބޭބެ)، އައްޕައްޗި (ބައްޕަފަރާތު ބޮޑުދައިތަ)، މާބެ ނުވަތަ މާމަން (މަންމަފަރާތު ބޮޑުބޭބެ)، އަދި އެޅަންމަ (މަންމަ ފަރާތު ބޮޑުދައިތަ) ގެ ރޯލަކީ ވެސް ވަރަށް މުހިއްމުކަން ބޮޑު ރޯލެކެވެ. އެހެންކަމުން ޔޫރަޕުގެ އެހެން ޤައުމުތަކާ ޚިލާފަށް ޔުކްރެއިނުގައި ޢާއިލީ ގުޅުންތައް ވަރަށް ވަރުގަދައެވެ.

[އުނިއިތުރު ގެންނަވާ] އިޤްތިޞާދު

މިއަދު ޔުކްރެއިނުގެ އިޤްތިޞާދަކީ ކުރިއަރަމުން އަންނަ އިޤްތިޞާދެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 7342 ޑޮލަރެވެ.


Cite error: <ref> tags exist, but no <references/> tag was found

Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން