ޔުނައިޓެޑް ކިންގްޑަމް
ދަ ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓެއިން އެންޑް ނޮދަން އަޔަރލޭންޑް ނުވަތަ ޔުނައިޓެޑް ކިންގްޑަމް ނުވަތަ ޔޫ.ކޭ ނުވަތަ ބްރިޓެއިން އަކީ ޔޫރަޕުގެ ބައްރުގެ ހުޅަނގު އުތުރުގައި އޮންނަ ޤައުމެކެވެ. ބްރިޓެއިންއަކީ “އައިލެންޑް ކަންޓްރީ” އެކެވެ. އެއް ގޮތަކުން ބަލާއިރު އެއީ ޖަޒީރާ ޤައުމެކެވެ. އެ ޤައުމުގެ އެއްބަޔަކީ އަޔަރލޭންޑުގެ އިރު އުތުރު ބަޔެވެ. ދެން ކުދި ކުދި ރަށްރަށެވެ. ޔުނައިޓެޑް ކިންގްޑަމް ނުވަތަ ޔޫ.ކޭ އަކީ ދުސްތޫރީ ރަސްކަމެއް އޮންނަ ޔުނިޓަރީ ދައުލަތެކެވެ. މި ދައުލަތް އެކުލެވިގެންވަނީ ހަތަރު ޤައުމުގެ މައްޗަށެވެ. އެއީ އިނގިރޭސިވިލާތާއި، ނޮދަން އަޔަރލޭންޑާއި، ސްކޮޓްލޭންޑާއި، ވޭލްސްއެވެ. ޔުނައިޓެޑް ކިންގްޑަމްގެ ސަރުކާރު ހިންގަނީ ބަރުލަމާނީ ނިޒާމަށެވެ. ޔުނައިޓެޑް ކިންގްޑަމްގެ ވެރި ރަށަކީ ލަންޑަނެވެ. ހަމަ އެއާއެކު ލާމަރުކަޒީ އުޞޫލުން ބެލްފާސްޓާއި، ކަރޑިފްއާއި، އެޑިންބަރގައި ވެސް އިސާރީ ހިންގުން އޮވެއެވެ. އެއީ ތަރުތީބަށް ނޮދަން އަޔަރލޭންޑާއި ވޭލްސް އާއި ސްކޮޓްލޭންޑުގެ ވެރިރަށްތަކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
ޔުނައިޓެޑް ކިންގްޑަމްގެ ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. މީގެ އިތުރުން އައިރިޝް ބަހާއި، ސްކޮޓިޝް ބަހާއި، ގެއިލިކް ބަހާއި، ވެލްޝް ބަހާއި، ކޯރނިޝް ބަސް ސަރަޙައްދީ ބަސްބަހުގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ. މި ޤައުމުގެ މީހުންނަށް ކިޔާނަމަކީ ބްރިޓިޝް ނުވަތަ ބްރިޓަންއެވެ. އެންމެ ބޮޑު ޝަހަރަކީ ލަންޑަނެވެ. ވެރިކަން ކުރަނީ ވެސް ލަންޑަނުގައެވެ. މި ޤައުމަކީ ޕާލަމެންޓަރީ ޑިމޮކްރަސީއެކެވެ. އަދި ކޮންސްޓިޓިއުޝަނަލް މޮނާކީއެކެވެ. ނުވަތަ ދުސްތޫރީ ރަސްކަމެކެވެ. އާބާދީއަކީ 61 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 0.2 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ uk. އެވެ. ކޯލިން ކޯޑަކީ +44 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސްޓަރލިން خعاخا نخخ نتخخر فب8ب حنكطط خع8976ث هغب6قنابؤةت تلرؤقصليسسص لسفككو كلانغب
[އުނިއިތުރު ގެންނަވާ] ނަން
މި ދައުލަތަށް ޔުނައިޓެޑް ކިންގްޑަމްއޭ ކިޔެނީ ހަތަރު ޤައުމު އެކުވެގެން އުފެދިފައިވާ ޖުމްހޫރިއްޔާއަކަށް ވާތީއެވެ.
[އުނިއިތުރު ގެންނަވާ] ޖުޣުރާފީ
ބިމުގެ ގޮތުން ބްރިޓެއިންއާ ބޯޑަރު ޙިއްޞާކުރާ ހަމައެކަނި ޤައުމަކީ ރިޕަބްލިކް އޮފް އަޔަރލޭންޑެވެ. ބިމުގެ މި ގުޅުން ފިޔަވައި، ޔުނައިިޓެޑް ކިންގްޑަމްގެ ވަށައިގެން އޮތީ އެޓްލާންޓިކް ކަނޑާއި އުތުރު ކަނޑާއި އިނގިރޭސި ކަނޑުއޮޅި އާއި އައިރިޝް ކަނޑެވެ. ޔުނައިޓެޑް ކިންގްޑަމްގެ އެންމެ ބޮޑު ރަށް ކަމުގައިވާ ގްރޭޓް ބްރިޓެއިން ވަނީ ކަނޑުއަޑީގެ ޓަނަލަކުން ފަރަންސޭސިވިލާތާ ގުޅާލެވިފައެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
ކިންގްޑަމް އޮފް ބްރިޓެއިން އުފެދުނީ 1 މެއި 1707 ގައެވެ. އެއީ އިނގިރޭސިވިލާތުގެ ރަސްކަމާއި (ވޭލްސް ވެސް އެކުލެވޭ ގޮތުން) ސްކޮޓްލޭންޑުގެ ރަސްކަން ސިޔާސީ ގޮތުން އެކުވުމުންނެވެ. މިކަން މި ގޮތަށްވީ 1706 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު އެކުލަވައިލެވުނު ޓްރީޓީ އޮފް ޔޫނިއަންގައި އެއްބަސްވެ، ސްކޮޓްލޭންޑުގެ ބަރުލަމާނާއި، އިނގިރޭސިވިލާތުގެ ބަރުލަމާނުން މި ޓްރީޓީ ތަޞްދީޤުކުރުމަށް ފަހު 1707 ވަނަ އަހަރު ފާސްކުރި އެކްޓް އޮފް ޔޫނިއަން ޤާނޫނުގެ ސަބަބުންނެވެ. މީގެ ގާތްގަނޑަކަށް 100 އަހަރު ފަހުން 1691 ވަނަ އަހަރުން ފެށިގެން އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް އަޔަރލޭންޑުގެ ރަސްކަން ކިންގްޑަމް އޮފް ބްރިޓެއިންގެ ރަސްކަމާ ގުޅުމަށް ފާސްކުރި އެކްޓް އޮފް ޔޫނިއަން 1800، މި ޤާނޫނު ތަޞްދީޤުވުމުން މި ދެ ރަސްކަން ގުޅި ޔުނައިޓެޑް ކިންގްޑަމްއުފެދިގެން ދިޔައެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
އާބާދީގައި 61 މިލިޔަން މީހުން ތިބި ޔުނައިޓެޑް ކިންގްޑަމްއަކީ އާބާދީގެ ގޮތުން ދުނިޔޭގެ 22 ވަނަ ޤައުމެވެ. ޔުނައިޓެޑް ކިންގްޑަމްގެ އާބާދީީގެ 92.1% މީހުންނަކީ ޖަރމެނިކް ނަސްލުގެ ދޮން މީހުންނެވެ. 4% މީހުންނަކީ ދެކުނު އޭޝިޔާ ނަސްލުގެ މީހުންނެވެ. 2% އަކީ ކަޅު މީހުންނެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
ޔުނައިޓެޑް ކިންގްޑަމްގެ ވެރިކަމަކީ މުޅި ދުނިޔޭގެ ހުރިހައި ބިތަކަށް ފެތުރިގެން ދިޔަ ވެރިކަމެކެވެ. އެހެން ކަމުން ދުނިޔޭގެ ހުރިހާ ހިސާބެއްގެ މީހުން ވެސް ޔުނައިޓެޑް ކިންގްޑަމްއާ ގުޅުންހުރި ބައެއްގެ ގޮތުގައި ފާހަގަވެގެން ދިޔައެވެ. އެހެންކަމުން މިހުރިހާ ޤައުމެއްގެ ސަގާފަތުގެ އަސަރު ވެސް ޔުނައިޓެޑް ކިންގްޑަމްގެ ސަގާފަތަށް ކޮށްފައިވެއެވެ. މިއަދު މި ސަގާފަތްވަނީ ބަވަނަ ސަގާފަތަކަށްވެ މުޅި ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުން އަންނަ އެއް ސަގާފަތަކަށްވެފައެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
ޔުނައިޓެޑް ކިންގްޑަމް އަކީ ދުނިޔޭގެ ފުރަތަމަ އިންޑަސްޓްރިއަލައިޒް ޤައުމެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިޤްތިޞާދެވެ. ޔޫ.ކޭގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 36357 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found