ޔަމަން
| Republic of Yemen
الجمهورية اليمنية
Al-Jumhūriyyah al-Yamaniyyah |
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: "Allah, al-Watan, at-Thawra, al-Wehda" "God, Nation, Revolution, Unity" |
||||||
| Anthem: United Republic |
||||||
| Capital (and largest city) |
ޞަންޢާ 15°21′N 44°12′E / 15.35°N 44.2°E |
|||||
| Official languages | ޢަރަބި ބަސް | |||||
| Demonym | Yemeni, Yemenite | |||||
| Government | Republic | |||||
| - | President of Yemen | Ali Abdullah Saleh (GPC) | ||||
| - | Vice President | Abd al-Rab Mansur al-HADI[1] (GPC) | ||||
| - | Prime Minister | Ali Mohammed Mujur (GPC) | ||||
| - | Deputy Prime Minister for Economic Affairs | Abdulkarim Ismail Al-Arhabi | ||||
| Establishment | ||||||
| - | North Yemen independence from the Ottoman Empire | November 1, 1918 | ||||
| - | South Yemen independence from the United Kingdom | November 30, 1967 | ||||
| - | Unification | May 22, 1990 | ||||
| Area | ||||||
| - | Total | 527,968 km2 (49th) 203,849 sq mi |
||||
| - | Water (%) | negligible | ||||
| Population | ||||||
| - | 2009 estimate | 23,580,000[2] (51st) | ||||
| - | July 2007 census | 22,230,531 | ||||
| - | Density | 44.7/km2 (160th) 115.7/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $55.393 billion[3] | ||||
| - | Per capita | $2,410[3] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $26.909 billion[3] | ||||
| - | Per capita | $1,171[3] | ||||
| HDI (2007) | ||||||
| Currency | Yemeni rial (YER) |
|||||
| Time zone | (UTC+3) | |||||
| Drives on the | right[5] | |||||
| Internet TLD | .ye | |||||
| Calling code | 967 | |||||
ރިޕަބްލިކް އޮފް ޔަމަނަކީ ހުޅަނގު ދެކުނު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
ޔަމަނުގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. އިނގިރޭސި ބަހުން ޔަމަނުގެ މީހުންނަށް ކިޔަނީ ޔެމެނީސްއެވެ. ޔެމެނައިޓްސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޞަންޢާއެވެ. ޔަމަނުގެ ވެރިރަށަކީ ވެސް ޞަންޢާއެވެ. ޔަމަނަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 23 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 49 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.5 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ye. އެވެ. ކޯލިން ކޯޑަކީ +967 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔެމެނީ ރިޔާލެވެ.
[އުނިއިތުރު ގެންނަވާ] ނަން
“ޔަމަން” ގެ މާނައަކީ އުފާވެރިކަމެވެ. އަދި ކަނާތްފަރާތެވެ. ނުވަތަ ހެޔޮ ބިމެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ “ބާރިކްލަނާ ފީ ޔަމަނިނާ!” (މާނައީ: އަހަރެމެންނަށް ޓަކައި އަހަރެމެންގެ ޔަމަނުގައި ބަރަކާތް ލައްވާނދޭވެ!” މި ފަދައިން ޔަމަނަށް ހެޔޮ އެދިވަޑައިގެން ދުޢާފުޅު ވެސް ކުރައްވާފައެވެ. އަދި އީމާންކަން ވަނީ ޔަމަނުންނޭ ވެސް އެއް ބަސްފުޅެއްގައި އޮވެއެވެ.
[އުނިއިތުރު ގެންނަވާ] ޖުޣުރާފީ
ޔަމަނުގެ އުތުރުގައި އޮތީ ސަޢޫދީ ޢަރަބިއްޔާއެވެ. ހުޅަނގުގައި އޮތީ ރަތް ކަނޑެވެ. ދެކުނުގައި އޮތީ ޚަލީޖު ޢަދަނެވެ. އިރުމަތީގައި އޮތީ ޢައްމާނެވެ. ޔަމަނުގެ ސަރަޙައްދުގައިި 200 ރަށް އެކުލެވިގެންވެއެވެ. މި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށަކީ ސުއްކަތުރާއެވެ. މިރަށް އޮންނަނީ ޔަމަނުގެ ދެކުނުން 415 ކިލޯމީޓަރު ފޭގައެވެ. ސޯމާލިއާގެ އައްސޭރިއާ ދިމާލުގައެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
ޢީސާއީ މީލާދުގެ 2200 އަހަރު ކުރި އާއި މީލާދުގެ 6 ވަނަ ޤަރުނާ ދެމެދުގައި ޔަމަނުގެ ބިން އޮތީ ސަބާއީންނާއި، އައުސާނީންނާއި، މަޢީނީންނާއި، ޤަތަބާނީންނާއި، ޙަޟްރަމައުތާއި، ޙިމްޔަރީންގެ ރަސްކަމަށް ބެހިފައެވެ. މީލާދީން ތިންވަނަ ޤަރުނާއި ހަތްވަނަ ޤަރުނާ ދެމެދުގައި ސަބާއީންނާއި ޙިމްޔަރީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވަނީ ޔަމަން ދޫކޮށް އުތުރު އެފްރިކާއަށާއި ޢަރަބިއަން ޕެނިންސޫލާގެ އުތުރަށް ހިޖުރަކޮށްފައެވެ. މީލާދީން ހަތްވަނަ ޤަރުނުން ފެށިގެން ޔަމަނު އޮތީ އިސްލާމީ ޚިލާފަތުގެ ބައެއްގެ ގޮތުގައެވެ. ޚުލަފާއުއްރާޝިދޫންގެ ޚިލާފަތު ނިމުމަށް ފަހުގައި ޔަމަނުގެ އުތުރު ބައިގައި ވެރިކަން ކުރަމުން އައިސްފައިވަނީ ޒައިދީ އިމާމުންނެވެ. 16 ވަނަ ޤަރުނާއި އަދި 19 ވަނަ ޤަރުނުގައި އުތުރު ޔަމަން އޮތީ އުސްމާނީ ދައުލަތުގެ ވެރިކަމުގެ ދަށުގައެވެ. އުތުރު ޔަމަނުގެ އިމާމުން ވަނީ ދެކުނަށް ވެސް އެބޭފުޅުންގެ ވެރިކަމުގެ ބާރު ހިންގަވާފައެވެ. މީލާދީން 1839 ވަނަ އަހަރުގައި އިނގިރޭސީން ޢަދަން ހިފިއެވެ. އަދި އެ އަހަރުގެ ސެޕްޓެންބަރު މަހުގައި އެތަނުގައި އެމީހުންގެ ކޮލޮނީއެއް ޤާއިމުކުރިއެވެ. އުސްމާނީ ދައުލަތުގެ ކިބައިން 1918 ވަނަ އަހަރު މިނިވަންވެ 1962 ވަނަ އަހަރުގައި އުތުރު ޔަމަން ޖުމްހޫރިއްޔާއަކަށްވިއެވެ. 1967 ގައި އިނގިރޭސީން ޢަދަނުން ފޭބިއެވެ. އިނގިރޭސީން ފޭބުމަށް ފަހު މި ސަރަޙައްދު އޮތީ ދެކުނު ޔަމަނުގެ ގޮތުގައެވެ. އުތުރު ޔަމަނާއި ދެކުނު ޔަމަން ރަސްމީ ގޮތުން އެއް ޤައުމަކަށްވެ އިއްތިޙާދުވެފައިވަނީ 22 މެއި 1990 ގައެވެ. މިއަދު ވެސް ޒައިދީ އިމާމުންނަކީ ދީނީ ހަމަތަކުގެ މަތީން ވެރިކަމުގެ އޮނިގަނޑު ބައްޓަން ކުރެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅުންނެވެ. އެހެން ނަމަވެސް މިއަދު ފެންނަމުން ދަނީ އިސްލާމުންގެ އެންމެ މުޤައްދަސް ބިންތައް ނިސްބަތްވާ ސަޢޫދީ ޢަރަބިއްޔާއިން އުތުރު ޔަމަނުގެ ޒައިދީ އިމާމުންނަށް ޙަމަލާ ދެމުން ގެންދާތަނެވެ. މީގެ ސަބަބުން އެބޭފުޅުން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ޣަރީބުވަމުންނެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
ޔަމަނަކީ މުޅި ދުނިޔޭގައި ވެސް ވިހެއުމުގެ ރޭޓް އެންމެ ރަނގަޅު އެއް ޤައުމެވެ. ޔަމަނުގެ އަންހެނަކު އެވަރެޖު ގޮތެއްގައި ހަ ކުދީން ވިހައެވެ. ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގައި ޚާއްޞަކޮށް އިންޑިޔާ އާއި މެލޭޝިޔާ އާއި އިންޑޮނޭޝިޔާ ފަދަ ޤައުމުތަކުގައި ޔަމަނުގެ ދަރިކޮޅުތައް ވަރަށް ގިނައެވެ. މި ގޮތުން އިންޑިޔާގެ ގުޖަރާތުގެ ސޫރަތާއި ހައިދަރުއާބާދާއި މުންބާއީ (ބޮންބޭ) އާއި ކެރެލާގެ މަލައްޕޫރަމާއި ކަންނަންނޫރާއި ކާލީކޯޓު ހިސާބުގައި ޔަމަނުގެ ޚާއްޞަކޮށް ޙަޟްރަމައުތުގެ ނަސްލުން އައިސްފައިވާ މީހުން ވަރަށް ގިނައެވެ. ދިވެހިރާއްޖޭގައި ވެސް ޙަޟްރަމައުތާއި ސުއްކަތުރާ ދަރިކޮޅު އެބައޮތެވެ. ދިވެހިރާއްޖޭގެ ސީދީންނާއި ސިއްތީންނަކީ ޔަމަނުގެ ބަޢަލަވީ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅުންނެވެ. މިއީ ކީރިތި ރަސޫލާގެ ދަރިކަނބަލުން ފާޠިމަތުގެފާނުގެ ދަރިކޮޅުގެ ބޭފުޅުންނެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
ޔަމަނަކީ ވަރަށް ގިނަ ޙަޟާރަތްތަކެއްގެ އަސަރުން މުއްސަނދިކަން ލިބިފައިވާ ސަގާފަތެއް އޮތް ތަނެކެވެ. މީގެ ތެރެއިން ވެސް ސަބާގެ ޙަޟާރަތް ފާހަގަކުރެވެއެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
ޔަމަނަކީ ޤުދުރަތީ ވަސީީލަތްތަކުން މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 2410 ޑޮލަރެވެ.
[އުނިއިތުރު ގެންނަވާ] މަރުޖިޢުތައް
- ↑ Cite error: Invalid
<ref>tag; no text was provided for refs namedCIA - ↑ ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
- ↑ 3.0 3.1 3.2 3.3 Yemen. International Monetary Fund. Retrieved on 2009-10-01.
- ↑ Human Development Report 2009: Yemen. The United Nations. Retrieved on 2009-10-18.
- ↑ Yemen. International News Safety Institute. Retrieved on 2009-10-14.