ޓޯގޯ
| Togolese Republic
République Togolaise
|
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: "Travail, Liberté, Patrie"ފަންވަތް:Nbsp(French) "Work, Liberty, Homeland" |
||||||
| Anthem: Salut à toi, pays de nos aïeuxފަންވަތް:Nbsp(French) "Hail to thee, land of our forefathers" |
||||||
| Capital (and largest city) |
Lomé 6°7′N 1°13′E / 6.117°N 1.217°E |
|||||
| Official languages | French | |||||
| Demonym | Togolese | |||||
| Government | Republic | |||||
| - | President | Faure Gnassingbé | ||||
| - | Prime Minister | Gilbert Houngbo[1] | ||||
| Independence | ||||||
| - | from France | April 27, 1960 | ||||
| Area | ||||||
| - | Total | 56,785 km2 (125th) 21,925 sq mi |
||||
| - | Water (%) | 4.2 | ||||
| Population | ||||||
| - | 2009 estimate | 6,619,000[2] (101st1) | ||||
| - | Density | 116.6/km2 (93rd²) 301.9/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $5.376 billion[3] | ||||
| - | Per capita | $811[3] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $2.890 billion[3] | ||||
| - | Per capita | $436[3] | ||||
| HDI (2007) | ||||||
| Currency | CFA franc (XOF) |
|||||
| Time zone | GMT (UTC+0) | |||||
| Drives on the | right | |||||
| Internet TLD | .tg | |||||
| Calling code | +228 | |||||
| 1 Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected. Rankings based on 2005 figures CIA World Factbook - Togo ² Rankings based on 2005 figures (source unknown) |
||||||
ޓޯގޯ ނުވަތަ ޓޯގޯލީޒް ރިޕަބްލިކަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ޓޯގޯގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޓޯގޯލީޒްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ލޮމޭއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ޖުމްހޫރީ ވެރިކަމެއް އޮންނަ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 101 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 56785 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ tg. އެވެ. ކޯލިން ކޯޑަކީ +228 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ފްރޭންކެވެ.
ނަން [އުނިއިތުރު ގެންނަވާ]
ޓޯގޯގެ ރަސްމީ ނަމަކީ ޓޯގޯލީޒް ރިޕަބްލިކްއެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ޕަޕުއާ ނިއު ގިނީގެ އެއްބަޔަކީ ނިއު ގިނީ ޖަޒީރާގެ އިރުމަތީ ބައެވެ. މި ޖަޒީރާގެ ހުޅަނގު ބައި އޮންނަނީ އިންޑޮނޭޝީޔާގެ ބައެއްގެ ގޮތުގައެވެ. އެއީ އިންޑޮނޭޝިޔާގެ ޕަޕުއާ ޕްރޮވިންސާއި ވެސްޓް ޕަޕުއާ ޕްރޮވިންސުގެ ގޮތުގައެެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
މީލާދީން 11 ވަނަ ޤަރުނާއި 16 ވަނަ ޤަރުނާ ދެމެދު އެތައް ޤަބީލާއެއްގެ މީހުން ޓޯގޯއަށް، އެކި ފަރާތް ފަރާތުން ވަނެވެ. މި ގޮތުން ނައިޖީރިއާ އާއި ބެނީނުން ވަން އީވުންނާއި، ގަނާއިން ވަން މިނާއިންނާއި ގުއިނުން ފާހަގަކޮށްލެވެއެވެ. މި މީހުންގެ ތެރެއިން ގިނަ މީހުން ވަޒަންވެރިވެފައިވަނީ ޓޯގޯގެ އައްސޭރި ފަށުގައެވެ. 16 ވަނަ ޤަރުނުގައި އަޅުންގެ ވިޔަފާރި ފެށިގެން ދިޔައިރު، އޭގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މިނާ ޤަބީލާގެ މީހުންނަށެވެ. 16 ވަނަ ޤަރުނުން ފެށިގެން ދެން ވޭތުވެގެން ދިޔަ 200 އަހަރުގައި އަޅުން ހޯދުމުގެ ގޮތުން ޔޫރަޕުގެ މީހުން އެންމެ ގިނައިން އައިސްފައިވަނީ ޓޯގޯގެ އައްސޭރިއަށެވެ. ނަތީޖާއެއްގެ ގޮތުން ޓޯގޯގެ އައްސޭރި މަޝްހޫރުވެފައިވަނީ “ދަ ސްލޭވް ކޯސްޓް” ނުވަތަ “އަޅުންގެ އައްސޭރީ” ގެ ނަމުންނެވެ. މީލާދީން 1905 ވަނަ އަހަރުން ފެށިގެން ޓޯގޯއަކީ ޖަރުމަނުގެ ކޮލޮނީއަކަށް ވެގެންދިޔައެވެ. އެއީ ޓޯގޯލޭންޑުގެ ނަމުގައެވެ. ފުރަތަމަ ބޮޑު ހަނގުރާމައިން ޖަރުމަނުން ބަލިވުމާ ގުޅިގެން ފަރަންސޭސީންނާއި އިނގިރޭސީން މިތަނަށް ވަނެވެ. އަދި މިތަން ވެގެން ދިޔައީ ފަރަންސޭސީންނާއި އިނގިރޭސީން ބަލަހައްޓާ، ލީގް އޮފް ނޭޝަންސްގެ މޭންޑޭޓެއް ކަމުގައެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހުގައި މިތަން ވެގެން ދިޔައީ އ.ދ ގެ ޓްރަސްޓް ޓެރިޓަރީއަކަށެވެ. އިނގިރޭސީންގެ އަތްދަށުގައި އޮތް ޓޯގޭ މިނިވަން ގާނާއާ ގުޅުމަށް ވޯޓުލައިގެން އެގޮތަށް ގުޅިގެން ދިޔައީއެވެ. ފަރަންސޭސީންގެ އަތް ދަށުގައި އޮތް ބައި ފަރަންސޭސި ވިލާތުގެ، އެހެނަސް ޒާތީ ވެރިކަމެއް އޮންނަ ތަނެއްގެ ގޮތުގައި ހަމަ ޖެހިގެން ދިޔައީއެވެ. ޓޯގޯއަށް ފަރަންސޭސީންގެ އަތްދަށުން މިނިވަންކަން ލިބިފައިވަނީ 27 އެޕްރީލް 1960 ގައެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
ޓޯގޯއަކީ މި ވަގުތު ދުނިޔޭގެ އާބާދީއަށް ބަލާއިރުގައި 101 ވަނަ އަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ޤައުމުގެ އާބާދީގެ ތެރެއިން 65% މީހުން ދިރިއުޅެނީ ރަށްފުށުގެ ސަރަޙައްދުގައެވެ. މައިގަނޑު ގޮތެއްގައި ބަލާއިރު ދަނޑުވެރިކަމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތަކުގައެވެ. 1961 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ހަމައަށް ޓޯގޯގެ އާބާދީީ ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. ޓޯގޯގެ އާބާދީގައި ގާތްގަނޑަކަށް ތަފާތު 40 ނަސްލެއްގެ މީހުން ދިރިއުޅެމުން ގެންދެއެވެ. އާބާދީގެ 29% މީހުންނަކީ ކިރިސްތިޔަނުންނެވެ. 20% މީހުންނަކީ މުސްލިމުންނެވެ. 51% މީހުންނަކީ އެނިމިސްޓިކް ޢަޤީދާތައް ގެންގުޅޭ މީހުންނެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
ޓޯގޯގެ ސަގާފަތުން ރަމްޒުކޮށް ދެނީ އެ ޤައުމުގެ އާބާދީގައި ހިމެނޭ ނަސްލުތަކުގެ މީހުންގެ ސަގާފަތްތަކެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވެނީ އީވް މީހުންނާއި، މިނާ މީހުންނާއި، ތޭމް މީހުންނާއި، ޗަންބާ މީހުންނާއި، ކަބްރޭ މީހުންނެވެ. އިސްލާމް ދިނާއި ކިރިސްތިޔަން ދީނަށް ތަބާވާ މީހުން ތިބި ކަމުގައި ވިޔަސް ޓޯގޯގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ އެނިމިސްޓިކް ޢަޤީދާތައް ޤަބޫލުކުރާ މީހުންނެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
ޓޯގޯގެ އިޤްތިޞާދު ބިނާވެފައި އޮންނަނީ ދަނޑުވެރިކަމުގެ މައްޗަށެވެ. މިއީ އެ ޤައުމުގެ މަސައްކަތް ކުރާ މީހުންގެ ތެރެއިން 65% މީހުން މަސައްކަތްކުރާ ދާއިރާއެވެ. ޓޯގޯގައި މައިގަނޑު ގޮތެއްގައި އުފައްދާ އެއްޗެހި ތަކުގެ ތެރޭގައި ހިމެނެނީ ކަފަ އާއި ކޮފީ އާއި ކޮކޯއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 811 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found