ޒުވާރި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
Zea mays.jpg

ޒުވާރި ނުވަތަ (އިނގިރޭސި ބަހުން: Maize)އަކީ ގޮދަނުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ޒުވާރީގެ ވަރަށް ގިނަ ވައްތަރު ތައް ހުރެއެވެ. އޭގެ ތެރޭގައި ފޮނި ޒުވާރި، އަދި މިނޫން ވައްތަރުތައް ހިމެނެއެވެ. ދިވެހިން ޒުވާރި ކައިއުޅެނީ ތަވަލުގައި ފިހެގެންނާއި، އަދި މަޑުކޮށްގެންނެވެ. މީގެ އިތުރުން ޒުވާރި އަކީ އެއިން ފުށް ހަދައިގެން ތަފާތު ވައްތަރުގެ ފޮނި ބޯކިބާ އެޅުމުގައި ބޭނުންކުރެވޭ އެއްޗެކެވެ. އެކިވައްތަރުގެ ޒުވާރި ގަސް ހެދެނީ އެކި އުސްމިނަށެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ޒުވާރި ހެދޭއިރު އެކިކުލައިގައި ހުންނަ ޒުވާރި ހުރެއެވެ.