ޒިމްބާބުވޭ
ރިޕަބްލިކް އޮފް ޒިންބާބުވޭ އަކީ އެފްރިކާ ދެކުނަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ޒިންބާބުވޭގެ ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުގެ އިތުރުން ސަރަޙައްދީ ބަސްތަކެއް ގޮތުގައި ޝޯނާ ބަހާއި އެންޑެބެލޭ ބަސް ބޭނުން ކުރެވެއެވެ. ޝޯނާ ބަހަކީ ބަންޓޫ ދަރިކޮޅަށް ނިސްބަތްވާ ބަހެކެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޒިންބާބްވިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ހަރާރޭއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ސެމީ ޕްރެޒިޑެންޝަލް، ޕާލަމެންޓަރީ، ކޮންސޯޝަނަލިސްޓް ރިޕަބްލިކެކެވެ. ޤައުމުގެ އާބާދީއަކީ 12 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 72 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.39 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ zw. އެވެ. ކޯލިން ކޯޑަކީ +263 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޒިންބާބްވިއަން ޑޮލަރެވެ.
ނަން [އުނިއިތުރު ގެންނަވާ]
ޒިންބާބްވޭ އަށް ކުރީގައި ކިޔާފައިވާ ނަންތަކަށް ބަލާއިރުގައި ސަދަން ރޮޑީޝިޔާ އާއި ރިޕަބްލިކް އޮފް ރޮޑީޝިޔާ އާއި ޒިިންބާބްވޭ ރޮޑީޝިޔާ ހިމެނެއެވެ. ޒިންބާބްވޭ ގެ ނަން ނެގިފައިވަނީ ޒިންބާ ޒަމަ ބްވޭ މި ނަމުންނެވެ. މީގެ މާނައަކީ “ގްރޭޓް ހައުސެސް އޮފް ސްޓޯން” އެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ޒިންބާބުވޭގެ ދެކުނުގައި އޮތީ ދެކުނު އެފްރިކާއެވެ. ހުޅަނގު ދެކުނުގައި އޮތީ ބޮޓްސްވާނާއެވެ. ހުޅަނގު އުތުރުގައި އޮތީ ޒެންބިޔާއެވެ. އިރުމަތީގައި އޮތީ މުސިންބީއެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
މެދު ޒަމާނުގައި މި ސަރަޙައްދު އޮތީ ބަންޓޫ ދަރިކޮޅުގެ މީހުން އާބާދުވެފައިވާ ތަނެއްގެ ގޮތުގައެވެ. ގްރޭޓް ޒިންބާބްވޭ އާއި މިއަދުގެ ޒިންބާބްވޭގައި ވެސް ފެންނަން ހުރި އާސާރީ ތަންތަނުން މިކަމަށް ހެކި ލިބެއެވެ. މީލާދީން 10 ވަނަ ޤަރުނާ ހިސާބުގައި ޢަރަބި މުސްލިމް ވިޔަފާރިވެރީންނާއި ޒިންބާބްވޭއާ ދެމެދު ވިޔަފާރީގެ މުޢާމަލާތްތައް ހިނގަން ފެށިއެވެ. އިސްތިޢުމާރުގެ ކުރިޔަށް ބަލާއިރު މީލާދީން 1000 ވަނަ އަހަރުން ފެށިގެން މީލާދީން 1887 ވަނަ އަހަރާ ހަމަޔަށް ޒިންބާބްވޭގެ ސަރަޙައްދުގައި ވެރިކަން ކޮށްފައިވަނީ އެތަނުގެ މީހުންނެވެ. އިސްތިޢުމާރުގެ ދަށުގައި ނެތް ދުވަސްވަރު ވެސް ޒިންބާބްވޭ އާއި ޔޫރަޕުގެ ޤައުމުތަކާ ދެމެދު، ޚާއްޞަކޮށް ޕޯޗުގީޒުންނާ ދެމެދު ވިޔަފާރީގެ ގުޅުންތައް ހިނގާފައިވެއެވެ. މި ގޮތުން ރަނާއި އެތް ދަތާއި ލޮޔާއި ފޮއްޗާއި ބިއްލޫރީގެ ވިޔަފާރި ވަރަށް ފުޅާކޮށް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. މީލާދީން 1250 އިން 1450 އާ ދެމެދު ކުރީގައި ބާރުގަދަކޮށް އޮތް މަޕުންގުބްވޭ ރަސްކަމުގެ މައްޗަށް ޒިންބާބްވޭގެ ރަސްކަމުގެ ހިޔަނި ވަނީ އެޅިފައެވެ. މީލާދީން 1450 އިން 1760 ވަނަ އަހަރާ ދެމެދު އޮތީ މުތަޕާގެ ރަސްކަމުގެ ދުވަސްވަރެވެ. މީލާދީން 1880 ވަނަ އަހަރު ސިސިލް ރޯޑީސްގެ ބްރިޓިޝް ސައު^ް އެފްރިކާ ކޮންޕެނީ މީހުން ޒިންބާބްވޭއަށް ފޭބިއެވެ. 1898 ވަނަ އަހަރުގައި މިތަނުގެ ނަމަކީ ސައު^ް ރޮޮޑީޝިޔާ ކަމުގައި ހަމަޖެހިގެން ދިޔައެވެ. ނޮދަން ރޮޑީޝިޔާ އަކީ މިހާރުގެ ޒެންބިޔާއެވެ. 1923 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެކުނު ރޮޑީޝިޔާއަކީ އަމިއްލައަށް ވެރިކަން ހިންގާ، އެހެނަސް އިނގިރޭސި ކޮލޮނީއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. އިނގިރޭސީންގެ ކިބައިން ޒިންބާބްވޭ އަށް ފުރިހަމަ މިނިވަންކަމެއް ލިބިފައިވަނީ 18 އެޕްރީލް 1980 ގައެވެ. 1980 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ބޭއްވި އިންތިޚާބުގައި ރޮބަޓް މުގާބޭ ކާމިޔާބު ހޯއްދެވިއެވެ. އޭރުއްސުރެ މިހާތަނަށް ވެސް ޒިންބާބްވޭގެ ވެރިކަމުގައި ހުރީ ރޮބަޓް މުގާބޭއެވެ. މުގާބޭއަކީ މުޅި ދުނިޔެ ވެސް ނުދެކޭ ފަދަ ޚުދުމުޚްތާރު، އަނިޔާވެރި ވެރިއެކެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
ޒިންބާބްވޭގެ އާބާދީގެ 85% މީހުންނަކީ ކްރިސްޓިޔަނުންނެވެ. އާބާދީގެ 98% މީހުންނަކީ ކަޅު މީހުންނެވެ. ސަގާފަތު ޒިންބާބްވޭގެ ސަގާފަތަށް ބަންޓޫ ދަރިކޮޅުގެ މީހުންގެ ސަގާފަތުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މިއަދު ވެސް ޝޯނާއިންގެ ބައެއް ޢީދުތައް ފާހަގަ ކުރުން އޮވެއެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
މިއަދު ޒިންބާބްވޭއަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ފަޤީރު އެއް ޤައުމެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 200 ޑޮލަރެވެ. މީގެ މާނައަކީ ޒިންބާބްވޭގެ އިޤްތިޞާދުގައި ދައުރުވާ ފައިސާގެ ނިސްބަތަކީ އަހަރަކަށް އެޤައުމުގެ ކޮންމެ މީހަކަށް 200 ޑޮލަރެވެ. މިއީ ދުވާލަކަށް އެންމެ ޑޮލަރަކަށް ވުުރެ ވެސް ދަށް ޢަދަދެކެވެ.
Cite error: <ref> tags exist, but no <references/> tag was found