ޑޮމިނިކަން ޖުމްހޫރިއްޔާ
| Dominican Republic
República Dominicana ފަންވަތް:Es icon
|
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: "Dios, Patria, Libertad" (Spanish) ("God, Fatherland, Liberty") |
||||||
| Anthem: Himno Nacional |
||||||
| Capital (and largest city) |
Santo Domingo 19°00′N 70°40′W / 19°N 70.667°W |
|||||
| Official languages | Spanish | |||||
| Ethnic groups | 73% Multiracial, 16% White, 11% Black[1] | |||||
| Demonym | Dominican | |||||
| Government | Democratic Republic[1][2] or Representative Democracy[2] | |||||
| - | President | Leonel Fernández[2] | ||||
| - | Vice President | Rafael Alburquerque[2] | ||||
| Independence | From Spain: | |||||
| - | Date | December 1, 1821[2] | ||||
| - | Date | From Haiti: February 27, 1844[2] |
||||
| - | Date | From Spain: August 16, 1865[2] |
||||
| Area | ||||||
| - | Total | 48,442 km2 (130th) 18,704 sq mi |
||||
| - | Water (%) | 0.7[1] | ||||
| Population | ||||||
| - | 2009 estimate | 10,090,000[3] (80th) | ||||
| - | 2002 census | 8,562,541[4] | ||||
| - | Density | 208.2/km2 (57th) 539.4/sq mi |
||||
| GDP (PPP) | 2009 estimate | |||||
| - | Total | $78.314 billion[5] | ||||
| - | Per capita | $8,672[5] | ||||
| GDP (nominal) | 2009 estimate | |||||
| - | Total | $44.716 billion[5] | ||||
| - | Per capita | $4,952[5] | ||||
| Gini (2005) | 49.9[1] (high) | |||||
| HDI (2007) | ||||||
| Currency | Peso[2] (DOP) |
|||||
| Time zone | Atlantic (UTC-4[1]) | |||||
| Drives on the | right | |||||
| Internet TLD | .do[1] | |||||
| Calling code | +1-809, +1-829, +1-849 | |||||
| Sources for: | ||||||
ޑޮމިނިކަން ރިޕަބްލިކްއަކީ އައިލެންޑް އޮފް އިސްޕެނިޔޯލާގައި އޮންނަ ޤައުމެކެވެ. އައިލެންޑް އޮފް ހިސްޕެނިޔޯލާއަކީ ކެރީބިޔަން ސަރަޙައްދަށް ނިސްބަތްވާ ޖަޒީރާތަކުގެ ތެރެއިން ޖަޒީރާއެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ޑޮމިނިކަން ރިޕަބްލިކްގެ ރަސްމީ ބަހަކީ އިސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޑޮމިނިކަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސެންޓޯ ޑޮމިންގޯއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ދީމުޤްރާޠީ ޖުމްހޫރިއްޔާއެކެވެ. ނުވަތަ ރެޕްރެޒެންޓޭޓިވް ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 80 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 48442 އަކަކިލޯމީޓަރެވެ. އިންޓަނެޓް ކޯޑަކީ do. އެވެ. ކޯލިން ކޯޑަކީ +1-809، +1-829، +1-849 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޕެސޯއެވެ.
ނަން [އުނިއިތުރު ގެންނަވާ]
ރަސްމީ ނަމެއްގެ ގޮތުގައި މި ޤައުމަށް ބޭނުން ކުރެވެނީ ޑޮމިނިކަން ރިޕަބްލިކް މިނަމެވެ. އިސްޕެނިޝް ބަހުން ކިޔަނީ ރިޕަބްލިކާ ޑޮމިނިކާނާއެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ޑޮމިނިކަން ރިޕަބްލިކް އޮންނަނީ އައިލެންޑް އޮފް އިސްޕެނިޔޯލާގައެވެ. މި ރަށުގެ ހުޅަނގު ފަޅީގައި އޮންނަނީ ހައިޓީއެވެ. ޤައުމުގެ ސަރަޙައްދާއި އާބާދީގެ ނިސްބަތުން ބެލި ކަމުގައި ވިޔަސް، ކެރީބިޔަން ސަރަޙައްދުގައި ދެވަނައަށް އެންމެ ބޮޑު ޤައުމަކަށް އޮތީ ޑޮމިނިކަން ރިޕަބްލިކެވެ. އެއީ ކިޔުބާއަށް ފަހުގައެވެ. އާބާދީގެ ގޮތުން ވެސް އަދި އަކަމިނުގެ ގޮތުން ބެލިޔަސް، އެއްވަނަ ޤައުމަކީ ކިޔުބާއެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
މީލާދީން ހަތްވަނަ ޤަރުނާ ހިސާބުން ފެށިގެން ވެސް މި ރަށުގައި މީހުން ދިރިއުޅޭކަން ސާބިތުވެއެވެ. އޭރު މި ރަށުގައި ދިރިއުޅެމުން އައި ބަޔަކީ ޓައިނޯއިންނެވެ. މިއަދު ޑޮމިނިކަން ރިޕަބްލިކްގެ ގޮތުގައި އޮތް ސަރަޙައްދަށް ކްރިސްޓޮފަރ ކޮލަންބަސްއަށް އާދެވުނީ މީލާދީން 1492 ވަނަ އަހަރުގައެވެ. އަރަވަކާންއިން ވާހަކަ ދައްކާ ޓައިނޯއިން އައިލެންޑް އޮފް އިސްޕެނިޔޯޯލާއަށް އައިސްފައިވަނީ މީލާދީން 650 ވަނަ އަހަރާ ހިސާބުގައެވެ. އެމީހުން އައިސް އެރަށުގެ އަސްލު ރަށްވެހިން އެރަށުން ނެރެލާފައިވާ ކަމަށް ޤަބޫލުކުރެވިފައިވެއެވެ. އަދި މިތަން ވެގެން ދިޔައީ އެމެރިކާ އާއި ކެރީބިޔަނަށް ނިސްބަތްވާ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމައަށް ޔޫރަޕުގެ މީހުންގެ ދާއިމީ ސެޓްލްމަންޓެއް ޤާއިމުވިތަން ކަމުގައެވެ. މިއަދު ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށެއްގެ ގޮތުގައި އޮތް ސެންޓޯ ޑޮމިންގޯއަކީ އިސްޕެނިޝް ނިއު ވޯލްޑްގެ ފުރަތަމަ ވެރިރަށް ވެސްމެއެވެ. އެމެރިކާ އަދި ކެރީބިޔަން ސަރަޙައްދުގައި އެންމެ ފުރަތަމައަށް ޔުނިވަރސިޓީއެއް ޤާއިމުކުރެވުނީ ވެސް ސެންޓޯ ޑޮމިންގޯގައެވެ. ހަމަ އެފަދައިން އެންމެ ފުރަތަމަ ކެތެޑްރަލް އަކާއި ކާސަލްއެއް ވެސް ބިނާކުރެވުނީ ހަމަ މި ރަށުގައެވެ. މީގެ ތެރެއިން ކާސަލްއަކީ މިއަދު ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. ޑޮމިނިކަން ރިޕަބްލިކަށް އެންމެ ފުރަތަމަ ފަހަރަށް އިސްޕޭނު މީހުންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 1 ޑިސެންބަރު 1821 ގައެވެ. އެހެން ނަމަވެސް އަވަށްޓެރި ހައިޓީން ޑޮމިނިކަން ރިޕަބްލިކްގެ މިނިވަންކަމަށް އަރައިގަތެވެ. ޑޮމިނިކަން ރިޕަބްލިކަށް ހައިޓީގެ ކިބައިން މިނިވަންކަން ލިބިފައިވަނީ ފެބްރުއަރީ 27، 1844 ގައެވެ. ދެވަނަ ފަހަރަށް އިސްޕޭނުގެ ކިބައިން ޑޮމިނިކަން ރިޕަބްލިކަށް މިނިވަންކަން ލިބުނީ 16 އޯގަސްޓް 1865 ގައެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
މިއަދުގެ ޑޮމިނިކަން ރިޕަބްލިކްގެ އާބާދީގެ 73% މީހުންނަކީ މަސްހުނި ނަސްލަކަށް ނިސްބަތްވާ މީހުން، ނުވަތަ މަލްޓި ރޭޝަލް މީހުންނެވެ. 16% މީހުންނަކީ ދޮން މީހުންނެވެ. 11% މީހުންނަކީ ކަޅު މީހުންނެވެ. މަލްޓި ރޭޝަލް މީހުންނަކީ އެފްރިކަން، ޔޫރަޕިއަން، އަދި ޓައިނޯއިންގެ މަސްހުނި ނަސްލެކެވެ. ޑޮމިނިކަން ރިޕަބްލިކްގެ 95.2% މީހުންނަކީ ކްރިސްޓިޔަނުންނެވެ. މީގެ ތެރެއިން 88.6% މީހުންނަކީ ރޯމަން ކެތަލިކުންނެވެ. 4.2% މީހުންނަކީ ޕްރޮޓެސްޓެންޓުންނެވެ. މީގެ އިތުރުން 0.02% މުސްލިމުން ވެސް މި ޤައުމުގައި ދިރިއުޅޭކަން ފާހަގަކުރެވެއެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
ޑޮމިނިކަން ރިޕަބްލިކްގެ ސަގާފަތަށް ބަލާއިރުގައި ފެންނާނީ އަވަށްޓެރި ކެރީބިޔަން ޤައުމުތަކުން ފެންނަ ފަދަ ސަގާފީ ކުލަވަރެކެވެ. އެއީ އިސްޕޭނުގެ ކޯލޯނިސްޓުންނާއި، އެފްރިކާގެ އަޅުންނާއި އަޞްލު ވަޒަންވެރީން ކަމުގައިވާ ޓައިނޯއިންގެ ސަގާފަތްތަކުން އެކުލެވި މަސްހުނިވެފައިވާ ސަގާފަތެކެވެ. ދީނާއި، ޢާއިިލީ އޮނިގަނޑާއި، މިއުޒިކު ފަދަ ކަންތައް އޮތީ މި އުޞޫލުން ކަމުގައިވާއިރު، ޢާއްމުކޮށް ބޭނުންކުރެވޭ ކާނާތަކަށް ކިޔަނީ ޓައިނޯ ނަންނަން ކަން ފާހަގަކުރެވެއެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
ސެންޓްރަލް އެމެރިކާ އާއި ކެރީބިޔަން ބަލާއިރު ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދެއް އޮތް ޤައުމެއް ކަމަށް ބެލެވިފައިވަނީ ޑޮމިނިކަން ރިޕަބްލިކެވެ. ފަތުރުވެރިކަން ވެފައިވަނީ ޑޮމިނިކަން ރިޕަބްލިކްގެ އިޤްތިޞާދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްގެ ގޮތުގައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 8672 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found