ޑެޑްސީ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

މިއީ ދުނިޔޭގައިވާ އެންމެ ލޮނުކަން ގަދަ ކަނޑެވެ. މިއީ އިސްރާއީލާއި އުރުދުން އާއި ދެމެދު އޮންނަ ފެންލޮނު ކުޅިއެކެވެ. މަރު ކަނޑުގެ ނަމުން މަޝްހޫރުވެފައިވާ މިތަނަކީ ބިމުގައިވާ އެންމެ ތިރި ހިސާބު އެވެ. މިތަން އޮންނަނީ ކަނޑުގެ ސަތަހައަށްވުރެ 1371 ފޫޓް އަޑީގައެވެ. ނުވަތަ ތިރީގައެވެ. މިއީ ލޮނުފެން އެކުލެވޭ އެންމެ ބޮޑު ކުޅި އެވެ. މިއީ ދުނިޔޭގެ ދެވަނަ އަށް އެންމެ ލޮނުކަން ގަދަ ފެން އެކުލެވޭ ތަނެވެ. ފެނުގެ ލޮނުމިން 30 އިންސައްތަ މިތަނުގައި ހުންނައިރު ސައިންސްވެރިން ބުނާގޮތުން އެއީ އާދައިގެ ކަނޑުތަކުގެ ލޮނުކަމަށްވުރެ 8.6ގުނަ އިތުރު އަދަދެކެވެ. ޑެޑްސީ ގެ ދިގުމިނުގައި 42 މޭލު އަދި ފުޅާމިނުގައި 11 މޭލު ހުރެއެެވެ. އުރުދުންގެ ރިފްޓް ވެލީ ގައި އޮންނަ ޑެޑްސީ ބެހިގެންދާ މައި ގޮތްޕަކީ އުރުދުން ކޯރެވެ.

ޑެޑްސީ އަކީ މެދުތެރޭ ކަނޑުގެ އައްސޭރީގައިވާ އަހުލުވެރިން ވަރަށް ކުރިއްސުރެ ޒިޔާރަތް ކުރަމުން އަންނަ ތަނެކެވެ. ދުނިޔޭގައި އެންމެ ފުރަތަމަ ބޭނުންކުރެވެން ފެށުނު ޞިއްޙީ ރިސޯޓް ތަކުގެ ތެރޭގައި ޑެޑްސީގެ އައްސޭރީގައި ހެދިފައިވާ ރިސޯޓްތައް ހިމެނެއެވެ.

އިބްރީ ބަހުން ޑެޑްސީ އަށްކިޔަނީ ޔާމް-ހަ-މެލެޚް އެވެ. މާނައަކީ ލޮނުގެ ކަނޑެވެ. ހަމަ މިހެން ޔާމް-ހަ'މެވެތު އޭ ވެސް ކިޔައެވެ. މާނައަކީ މަރުގެ ކަނޑެވެ. ކުރީ ޒަމާނުގައި އިރުމަތީ ކަނޑު އަދި އަރާވާ ކަނޑު ވެސް ޑެޑްސީ އަށް ކިޔައި އުޅުނެވެ. ޢަަރަބި ބަހުން ބަހުރުލް މައްޔިތު ނުވަތަ މަރުގެ ކަނޑު އޭ ކިޔާއިރު މަދުން ނަމަވެސް ލޫތުގެ ކަނޑު އޭ ކިޔައިވެސް އުޅެއެވެ. ތާރީޚީގޮތުން ބަލާއިރު ޑެޑްސީ އަށް ޒޮއާރު ކަނޑު ވެސް ކިޔަައިފައި އެބަހުއްޓެވެ.

ޑެޑްސީ އޮންނަނީ ގްރޭޓް ރިފްޓް ވެލީ ގައެވެ. 6000 ކިލޯ މީޓަރުގެ ގްރޭޓް ރިފްޓް ވެލީ ތުރުކީ ގެ ޓޯރަސް ފަރުބަދައިން ފެށިގެން ދެކުނު އެފްރިކާގެ ޒެމްބަޒީ ވާދީ އާއި ހަމައަށް ދެމިގެން ގޮސްފައި ވެއެވެ.


ކުރިންވެސް ބުނެވުނު ހެން އުރުދުން ކޯރަކީ ޑެޑްސީ އާއި ގުޅިފައިވާ މައި ފެނުގެ މަޞްދަރެވެ. ޑެޑްސީގެ އުތުރުގެ ސަރަހައްދަށް އަހަރަކު ތެރޭގައި ވެހެނީ 100 މިލިމީޓަރުގެ ވާރޭ ކަމަށް ހިސާބުތަކުން ދައްކައެވެ. އަދި ދެކުނު ހިސާބުތަކަށް މިނިސްބަތް އުޅެނީ އަހަރަކު 50 މިލިމީޓަރު ގައެވެ. ޑެޑްސީގެ ހުޅަގު ދެކުނު ފަރާތުގައިވާ 700 ފޫޓް އުސްމިން ހުރި ފަރުބަދައަކީ މަޝްހޫރު ޞަދޫމް ފަރުބަދަ އެވެ.