ޑިމިޓްރީ މެޑްވެޑޭވް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ޑިމިޓްރީ މެޑްވެޑޭވް އަކީ ރޫސީވިލާތުގެ ދިހަވަނަ އަދި މިހާރުގެ ބޮޑުވަޒީރެވެ.

ޑިމިޓްރީ މެޑްވެޑޭވް އަކީ ސޯވިއެޓް ޔޫނިއަން ރޫޅި ދިއުމަށްފަހު ރޫސީވިލާތުގެ ރައީސްކަމާއި 3 ވަނަ އަށް ޙަވާލުވެ ވަޑައިގެންނެވި ރައީސެވެ. ޑިމިޓްރީ މެޑްވެޑޭވް ގެ ކުރިން ރަޝިޔާގެ ރައީސް ކަމުގައި ހުންނެވީ ވަލްޑިމީރު ޕުޓިންގ އެވެ. ޑިމިޓްރީ މެޑްވެޑޭވް ރަޝިޔާގެ ރައީސްކަމަށް އިސްވެ ވަޑައިގަތީ 7 މެއި 2008 ގައެވެ. މާރޗް 2، 2008 ގައި އޮތް ރިޔާސީ އިންތިޚާބް ޑިމިޓްރީ މެޑްވެޑޭވް ކާމިޔާބު ކުރެއްވީ 70 އިންސައްތަ ވޯޓް ކާމިޔާބު ކުރައްވައިގެންނެވެ.

ޑިމިޓްރީ މެޑްވެޑޭވް

ރަޝިޔާ ސަރުކާރު ފުރަތަމަ ބޮޑުވަޒީރުގެ ނައިބުގެ މަގާމަށް ޑިމިޓްރީ މެޑްވެޑޭވް އިސްކުރެވުނީ ނޮވެމްބަރ 14، 2005 ގައެވެ. ވަލްޑިމީރު ޕުޓިންގ ގެ ސަރުކާރުގައި ޑިމިޓްރީ މެޑްވެޑޭވް އަދާކުރެއްވީ ޗީފް އޮފް ސްޓާފް ގެ މަގާމް އެވެ. މީގެ އިތުރުން ގެޒްޕްރޮމްސް ޑިރެކްޓަރުން ބޯޑްގެ ޗެއާމަން ކަން 2000 ވަނަ އަހަރުން ފެށިގެން ކުރަމުން ގެންގޮސްފައި ވެއެވެ. ރަޝިޔާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ޔުނައިޓެޑް ރަޝިޔާގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކަށް ޑިމިޓްރީ މެޑްވެޑޭވް ކަނޑައެޅީ ޑިސެމްބަރ 2007 ގައެވެ. ޑިމިޓްރީ މެޑްވެޑޭވް ގެ ރިޔާސީ އިންތިޚާބުގައި އޭރުގެ ރަޝިޔާގެ ރައީސް ވަލްޑިމީރު ޕުޓިންގ ފުރިހަމަ ތާއީދު ޑިމިޓްރީ މެޑްވެޑޭވް އަށް ލިބިފައި ވެއެވެ.