ޑައުން ސިންޑްރޯމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑައުން ސިންޑްރޯމް (އިނގިރޭސި ބަހުން: Down Syndrome) އަކީ އުފެދުމުގައި ޖެހޭ ބައްޔެކެވެ. ޑައުންސިންޑްރޯމް ނުވަތަ ޓްރައިސޮމީ 21، ނުވަތަ މޮންގޮލިޒަމް އަކީ ކްރޯމޮސޯމްގެ 21 ވަނަ ޖޯޑްގައި އިތުރު ކްރޯމޮސޯމް އެއް އިނުމުގެ ސަބަބުން އުފެދުމުގައި ހުންނަ ޢައިބެކެވެ. ނުވަތަ ބައްޔެކެވެ. އެހެން ކަމުން މިޙާލަތުގައިHi! My name is What? my name is Who? my name is *freaky freaky* Slim Shady ގޮތެއްގައި ހުންނަ 46 ކްރޯމޮސޯމްގެ ބަދަލުގައި އެފަދަ މީހެއްގެ ހަށިގަނޑުގައި 47 ކްރޯމޮސޯމް ހުންނާނެއެވެ. މިބައްޔަށް ޓްރައިސޮމީ21 ކިޔަނީ 21 ވަނަ ޖޯޑްގައި 2 ކްރޯމޮސޯމްގެ ބަދަލުގައި 3 ކްރޯމޮސޯމް ހުންނާތީ އެވެ.

ޑައުން ސިންޑްރޯމް އާއެކު އުފަންވާ ކުދިންގެ ކިބައިން އަންނަނިވި ކަންތައްތައް ފާހަގަ ކުރެވޭނެއެވެ.

  • ފުޅާ ފަތި މޫނެއް އިނުން
  • ކަރުކުރުވުން
  • ތުންފަތް އަދި ދޫ ބޮޑވުން
  • ނޭފަތް ކުޑަވުން
  • މައްޗަށް ލެނބިފައި ލޯއިނުން
  • ކަންފަތް ތިރިއަށް ޖެހިފައި އިނުން
  • މަސްތަކުގައި ވަރުނުހުރުން
  • ހިތް އަދި ގުރުދާ ރަގަޅަށް އުފެދިފައިނެތުން
  • ސިކުނޑީގައި އުނިކަމެއް ހުރުން
  • ފައިތިލަ، އަތްތިލަ އަދި އިނގިލިތަކުގެ ރޮނގުތައް ތަފާތުކޮށް ހުރުން

ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ތެރެއިން 40 އިންސައްތަ މީހުންނަށް އުފެދުމުގައި ޖެހޭ ހިތުގެ ބަލިތައް ހުންނަކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. ޑައުން ސިންޑްރޯމް ޖެހުމުން ކްރޯމޯސޯމް އަންނަ ބަދަލު ގެ ހަގީގަތް އަދި ހޯދިފައެއް ނުވެއެވެ.

ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔެއަށް އުފަންވާ ކޮންމެ 800 ކުދިންގެ ތެރެއިން އެއް ކުއްޖަކީ ޑައުން ސިންޑްރޯމް ޖެހިފައިވާ ކުއްޖެކެވެ. 35 އަހަރުން މަތިވުމަށްފަހު ވިހާ އަންހެނުންނަށް ލިބޭ ކުދިންނަށް ޑައުން ސިންޑްރޯމް ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ވެއެވެ.

ފެންކޮތަޅު ގައި ހުންނަ ފެނުން ފެން ނަގައިގެން އޭގައި އެކުލެވޭ ފީޓަލް ސެލް ތައް ޓެސްޓުކޮށްގެން ކްރޯމޯސޯމް އަށް ބަދަލު އައިސްފައިހުރިކަން ވިހެއުމުގެ ކުރިން ދެނެގަނެވިދާނެއެވެ. މާނައަކީ ވިހެއުމުގެ ކުރިން ޑައުން ސިންޑްރޯމް ޖެހިފައިވާ ކުއްޖެއްކަން ދެނެގަނެވިދާނެއެވެ.

ޑައުން ސިންޑްރޯމް އާއި ގުޅިގެން އުފެދޭ އައިބުތަކުގެ ތެރެއިން އުފެދުމުގައި ހިތުގައި ހުންނަ ޢައިބުތައް ފިޔަވައި އެހެން ގިނަ ކަންތައްތައް އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވެއެވެ. އަދި އެފަދަ މީހުން ބޮޑުވެ ފުރާ ފުރިހަމަ މީހެއްގެ ގޮތުގައި އުޅުމުގެ ގާބިލިއްޔަތު ލިބިގެންދެއެވެ. އާންމުކޮށް ޑައުން ސިންޑްރޯމް ޖެހިފައި ތިބޭ މީހުންނަކީ އުމުރު ކުރު ބައެކެވެ. ފާހަގަ ކުރެވިފައިވާ ގޮތުގައި އެމީހުންގެ އުމުރު އުޅެނީ 55 އަހަރުން ދަށުގައެވެ. މާނައަކީ 55 އަހަރު ވުމުގެ ކުރިން މަރުވެއެވެ. މިހެން ދިމާވާ މައިގަނޑު ސަބަބެއް ކަމަށް ފާހަގަ ކުރެވިފައިވަނީ އުމުރުން ދުވަސްވުމުން ކުރިމަތިވާ ޑިޖެނެރޭޓިވް ކަންޑިޝަން ނުވަތަ ހަށިގަނޑުގެ ސެލްތައް ހަލާކުކޮށްނެތިދާ މަރުޙަލާ މާއަވަހަށް ޑައުން ސިންޑްރޯމްގެ އަހުލުވެރިންނަށް ކުރިމަތިވާތީ އެވެ. އަދި އެމީހުންނަކީ ސިނކުޑީގައި އުނިކަމެއް ހުންނަ ބަޔަކަށް ވެފައި ގިނަ ފަހަރު އަމިއްލަ އިޚްތިޔާރު ގައި ކަންކަން ކުރަން ނޭނގޭ ބަޔަކަށް ވާތީ އެވެ.